ޕެރަގުއޭ ބަލިކޮށް ބްރެޒިލުން ހާސްކަން ފިލުވާލައިފި

Jun 29, 2024, 3:27 AM
ޕެރަގުއޭ ބަލިކޮށް ބްރެޒިލުން ހާސްކަން ފިލުވާލައިފި

ލަސް ވޭގަސް, ޔުނައިޓެޑް ސްޓޭޓްސް (ޖޫން 29) - ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި 4-1 އިން ޕެރަގުއޭ ބަލިކޮށް ބްރެޒިލުން އެ ޓީމަށް ކުރިމަތިވެފައިވާ ޕްރެޝަރަށް ލުޔެއް ހޯދައިފި އެވެ.

ބްރެޒިލް ވަނީ ފުރަތަމަ މެޗުގައި ކޮސްޓަ ރިކާއާ ލަނޑެއް ނުޖެހި އެއްވަރުވެފަ އެވެ. އެހެންވެ، މި މެޗަށް ނުކުތްއިރު އެ ޓީމަށް އޮތީ ޕްރެޝަރު ކުރިމަތިވެފަ އެވެ.

އެލިގަންޓް ސްޓޭޑިއަމްގައި ކުޅުނު މި މެޗުގައި ބްރެޒިލަށް ލީޑުނަގަން 31 ވަަނަ މިނިޓްގައި ލިބުނު ޕެނަލްޓީން ލޫކަސް ޕަކޭޓާ ފޮނުވާލި ބޯޅަ ގޯލާ ސީދާނުވި އެވެ. އެކަމަކު އޭގެ ހަތަރު މިނިޓް ފަހުން، ވިނީޝިއުސް ޖޫނިއާ ވަނީ ބްރެޒިލަށް ލީޑުނަގައިދީފަ އެވެ.

Advertisement

ބްރެޒިލުން ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން، އިތުރު ދެ ގޯލު ޖަހައިފަ އެވެ. އެ ގޮތުން، ބްރެޒިލުން ލީޑުފުޅާކުރި ގޯލަކީ 43 ވަނަ މިނިޓްގައި، ސާވިއޯ ޖެހި ލަނޑެކެވެ. މިއީ، ރީބައުންސަކުން ލިބުނު ފުރުސަތެއްގައި ސާވިއޯ ޖެހި ލަނޑެކެވެ. މިއީ ގައުމީ ޓީމަށް އޭނާ ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.

ވިނީޝިއުސް ވަނީ ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ބްރެޒިލްގެ ތިން ވަނަ ލަނޑު ޖަހައިފަ އެވެ.

ދެ ވަނަ ހާފު ފެށުނުތާ ތިން މިިނިޓް ތެރޭ ޕެރަގުއޭގެ އޮމާރް އަލްޑެރޭޓޭ ފެނާންޑޭޒް ވަނީ ގޯލެއް ޖަހައި އެ ޓީމަށް އުންމީދެއް ހޯދައިދީފަ އެވެ. އެކަމަކު މެޗުގެ 65 ވަނަ މިނިޓްގައި ލިބުނު ޕެނަލްޓީއެއް ކާމިޔާބުކޮށް ޕަކޭޓާ ވަނީ ބްރެޒިލަށް ފުރަތަމަ މޮޅު ޔަގީންކޮށްދީފަ އެވެ.

ޕެރަގުއޭ އިން މެޗު ނިންމާލީ އެއް ކުޅުންތެރިއަކު މަދުކޮށެވެ. މެޗުގެ 81 ވަނަ މިނިޓްގައި އެ ޓީމުގެ މިޑްފީލްޑަރު އަންދްރޭސް ކޫބާސް އަށް ވަނީ ސީދާ ރަތެއް ދައްކައިފަ އެވެ.

މި ގްރޫޕްގައި ކުޅުނު އަނެއް މެޗުން ކޮލަމްބިއާ ވަނީ 3-0 އިން ކޮސްޓަ ރިކާ ބަލިކޮށް، ކުއާޓާ ފައިނަލުން ޖާގަ ހޯދައިފަ އެވެ. ގްރޫޕްގެ ދެ ވަނައިގައި އޮތް ބްރެޒިލުން ގްރޫޕްގެ ފަހު މެޗުގައި ކުޅޭނީ ކޮލަމްބިއާއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox