ނުހައްގު މަގާމަކީ، ދެދުނިޔޭގެ ނިކަމެތިކަމެވެ.

ނުހައްގު މަގާމަކީ، ދެދުނިޔޭގެ ނިކަމެތިކަމެވެ.

ޒަމާނެއްގައި އުޅުނު ވަރަށް މުއްސަނދި ހިކުމަތްތެރިއަކަށް އޭނާގެ މަރު ގާތްވެއްޖެކަމުގެ އިހުސާސް ކުރެވުނެވެ. އަދި އޭނާ މަރުވުމުގެ ކުރިން ދަރިންނަށް ހިކުމަތްތެރި ފިލާވަޅެއް ދަސްކޮށްދިނުމުގެ ގަސްދާއެކީ އޭނާގެ ދަރިންތައް އެއްކުރި އެވެ. މަރުގާތްވެފައިވާ ބައްޕަ ގެ ވަސިއްޔަތް އަޑުއެހުމަށް ދަރިން ހާޒިރުވުމުން ބައްޕަ ބުންޏެވެ. ބައްޕަގެ އަޖަލު ދާދި ގާތްވެއްޖެ އެވެ. ބައްޕަ ތިޔަ ކުދިންނަށް ވަސިއްޔަތްކުރަނީ ދުނިޔޭގެ އެންމެ އަގުދަށް މީހާ ދެނެގަތުމަށްފަހުގައި މެނުވީ ބައްޕަގެ ތަރިކަ ތިޔަކުދިންގެ މެދުގައި ނުބެހުމަށެވެ.

ދެން މި ހިކުމަތްތެރި ސާދާގަރުގެ ދަރިން އެކިއެކި ސަހަރުތަކާއި ރަށްތަކަށް ނުކުމެގަނެއްޖެ އެވެ. އަދި ދުރު ސަހަރު ސަހަރުގެ ހަކީމުންނާއި ދުވަސްވީ މީހުންގެ ކައިރީގައި އެންމެ އަގުދަށް މީހަކީ ކާކުތޯ ސުވާލުކޮށް އުޅެން ފަށައިފި އެވެ. އެކި ހިސާބުތަކަށް ދަތުރުކޮށް އެންމެ އަގުދަށް ކަމަށް ފާހަގަވާ މީހަކު ފެނޭތޯ ގަދައަޅައި މަސައްކަތް ފަށައިފިއެވެ. މިހެން އުޅެނިކޮށް ސާދާގަރުގެ ދަރިންނަށް އެއް ސަހަރަކުން ވަރަށް އަޖައިބުކުރުވަނިވި މަންޒަރެއް ފެނިއްޖެ އެވެ.

ބޮޑު މައިދާނެއްގައި ބަހައްޓާފައި ހުރި ދެ ގޮނޑީގައި ދެ މީހަކު އިށީނދެގެން ތިބޭއިރު، އެމީހުންގެ ވަށައިގެން އެތައް ބަޔަކު ޖަމާވަމުންދެ އެވެ. އަދި އެތަނުން އެއް ގޮނޑީގައި އިން މީހާގެ ގަޔަށް ފައިވާނާއި ކުނިބުނި ފަދަ ތަކެތި އުކެމުންދެ އެވެ. އަނެއް ގޮނޑީގައި އިން މީހާގެ ގަޔަށް މައުމެލާމެލީގެ ހާރުތަކުން އުކެމުންދެއެވެ. އަދި މި އާދަކާދަ މަހެއްހާ ދުވަހަށް ދެމިގެންދާކަމުގައިވެއެވެ.

މި މަންޒަރު ފެނިފައި ސާދާގަރުގެ ދަރިން އަޖައިބުވެގެން އެސަހަރުގެ މީހުންނާ، މިއީ ކޮންފަދަ ކަމެއްތޯ ސުވާލުކޮށްފި އެވެ. އެމީހުން ޖަވާބުދިނެވެ. ތިޔަ ފެންނަނީ އިހު ހުރި ވެރި މީހާ އާއި އަލަށް އައްޔަންކުރެވުނު ވެރިމީހާ އެވެ. ފައިވާން ކިބަޔާއި ކުނިބުނިން ތެޅެމުން އެދަނީ އިހު ހުރި ވެރި މީހާ އެވެ. އަދި ކަރަށް ހާރުތައް އުކެމުންދަނީ އަލައަށް އައްޔަންކުރެވުނު ވެރި މީހާގެ ކަރަށެވެ.

ސާދާގަރުގެ ދަރިން ވަރަށް ވިސްނާފައި ބުންޏެވެ. އެމީހަކު އާންމު މައިދާނުގައި ހާމަޔަށް ބަހައްޓައިގެން ފައިވާން ކިބަތަކާއި ކުނިބުނިން ތެޅޭ މީހަކީ ޝައްކެތް ނެތް ގޮތުން ނިކަމެއްޗެކެވެ. އަގެއް ނެތް ދެރަ މީހެކެވެ. އެކަމަކު އެޔަށްވުރެ މާބޮޑަށް އަގުދަށްވެފައި ނިކަމެތިވެގެންވަނީ މައުމެލާމެލީގެ ހާރުތަކުން އުކޭއިރު، މާދަމާ އޭނާއަށް އޮތީ ފައިވާން ކިބަތަކުން ހަމަލާދެވޭނެ ފަދައިން އާންމުތަނެއްގައި ހަވަރަށްދެވި އިންތިހާއަށް ނިކަމެތިކަން ލިބިގެންދިއުންކަން އެނގޭއިރުވެސް، ވެރިމީހާކަމުގައި ވުމަށް ރުހި ގަބޫލުވެގެން ހަމަ އެކަމަށް ރުހިގެން އެ މައުމެލާމެއްޔަށް ހިނިއައިސްގެން ހުރި މީހާ އެވެ. އާއެކެވެ. ދުނިޔޭގައި އެންމެ އަގުދަށް މީހަކީ މިފަދަ މީހާ އެވެ.

މިވާހަކަ އަޅުގަނޑު ކީ ފޮތުގައި މި ސަހަރުގެ ނަމެއް ވާހަކަ ލިޔުނު މީހާ ލިޔުއްވާފައި ނެތެވެ. އެހެންނަމަވެސް އަޅުގަނޑުމެންގެ ރާއްޖޭގެ ސިޔާސީ މަސްރަހަށް ވިސްނާއިރު، އެ ސަހަރަށް ވުރެ ވެސް މި ރާއްޖެ އުޅެނީ ކުރީގަ އެވެ. މިރާއްޖޭގެ ސިޔާސީ ބޮޑު މައިދާނުގައި މީގެ ދެބާވަތުން ބެހެއްޓިފައި ހުންނަނީ ބާވަތަކުން ގޮނޑިއެއް ވެސް ނޫނެވެ. ކޮންމެ ބާވަތަކުން ގޮނޑިބަރިއެކެވެ. އެއްބަރީގައި ފައިވާންކިބައިން ހަމަލާލިބޭ ބަޔެކެވެ. އަނެއް ބަރީގައި މަލުގެ ގުލްހާރުތަކުން ވެދުންކުރެވޭ ބަޔެކެވެ. މީގެ ތެރެއިންވެސް ހަމަ އެންމެ އަގުދަށް ބަޔަކުކަމުގައި ފެންނަނީ މާދަމާ އުކޭނީ ފައިވާން ކިބަކަން އެނގޭއިރުވެސް، މަލުގެ ވަގުތީ ހާރުން ކަރު ފުރާލުމަށް ރުހިގެން ގޮނޑިބަރީގައި އިށީނދެ ތިބި މީހުންނެވެ.

މިބާވަތުން މަލުގެ ހާރުތައް މިވަގުތު ކަރަށް އުކެމުންދާ ސިޔާސީ މަގާމުތަކުގައި ތިބި މީހުންނަށް، އަޅުގަނޑު ތަކުރާރުކޮށް ހަނދާންކޮށްދޭން އޮތީ، މާތް ޞަޙާބީ އަބޫޛައްރުގެފާނަށް މާތް ނަބިއްޔާ ހަދީސް ކުރެއްވި ބަސްފުޅެވެ. އަބޫޛައްރުގެފާނު މާތް ނަބިއްޔާއާ ސުވާލު ދެންނެވީ ތަނެއްގެ ވެރިމީހެއްގެ ގޮތުގައި، މިޒަމާނުގެ ބަހުންނަމަ، ސިޔާސީ އިސް މަގާމެއްގައި އިތުރު އެކަލޭގެފާނު ބޭނުންފުޅު ނުކުރައްވާނުތޯ އެވެ!

އެހިނދު މާތް ނަބިއްޔާ ހަދީސް ކުރެއްވި އެވެ. އޭ އަބޫޛައްރެވެ. ތިބާއީ ބަލިކަށި މީހެކެވެ. އަދި އެއީ އަމާނަތެކެވެ. އަދި އެއީ ގިޔާމަތް ދުވަހުން ހުރި ނިކަމެތިކަމަކާއި މޮޅިވެރިކަމެކެވެ. އެ ހައްގުވެގެން ވެގެން އެޔާ ހަވާލުވުމަށްފަހު އޭގެ ހައްގު އަދާކޮށްފި މީހަކަށް ފިޔަވަ އެވެ.

ގާބިލުކަމެއް ނެތި ސިޔާސީ މަގާމުތަކާ ހަވާލުވުމަކީ، ކަނޑައެޅިގެން ހުއްދަ ނޫންކަމެއްކަމަށް މި ހަދީސް އިން ބާރުލިބެއެވެ. އަދި އޭގެ ޖަޒާއެއްގެ ގޮތުން ގިޔާމަތް ދުވަހުން އޭނާއަށް ލިބިގެންދާނެ ނިކަމެތިކަމާއި މޮޅިވެރިކަމުގެ ވާހަކަ ވެސް ހަދީސްގައި އެވަނީ ބަޔާންވެގެންނެވެ. ސިޔާސީ މަގާމަކާ ހަވާލުވެފައި އެކަން އެމަގަށް ނުހިނގާ، ދެ ދުނިޔޭގެ ބާއްޖަވެރިކަން ލިބިގެންދާނީ، ތިމާއަށް ހައްގު ސިޔާސީ މަގާމެއް ގަބޫލުކޮށްގެންކަމާއި، އަދި އެމަގާމު ގަބޫލުކުރުމަށްފަހު އެމަގާމުގެ މަސްއޫލިއްޔަތު ފުރިހަމައަށް އަދާކޮށްގެންކަން ވެސް މި ހަދީސުން ބާރުލިބެ އެވެ.

ހަމަ މި ބަސްފުޅާއެކު ވިސްނުން ހިންގަވާށެވެ! ގިޔާމަތްވާނީ ކޮންއިރަކުންތޯ މާތް ނަބިއްޔާއާ ސުވާލުކުރެވުނު ހާދިސާއާއި އެހާދިސާގެ ސުވާލާއި ޖަވާބުގެ އިބާރާތުގެ ލަފުޒުތަކަށްވެސްމެ އެވެ. އެމީހާ އައިސް ބޭނުންކުރެއްވި ލަފުޒުން ލަފުޒީ ތަރުޖަމާއެއް ކުރާނަމަ، އެމީހަކު އައިސް މާތް ނަބިއްޔާއަށް ދެންނެވީ، ގަޑިހަމަވުން އޮތީ ކޮންއިރަކުންތޯ އެވެ؟ މިހެންނެވެ. އެލަފުޒު ގިޔާމަތް ވާނީ ކޮން އިރަކަށްތޯ މިގޮތަށް ތަރުޖަމާކުރެވެނީ، ގިޔާމަތްދުވަހުގެ ނަމެއްގެ ގޮތުގައި އަރަބި ބަހުން ހަދީސް ގައިވާ ލަފުޒު ބޭނުންކުރެވޭތީ އެވެ. މާތް ނަބިއްޔާ ހަދީސް ކުރައްވާފައިވަނީ، ކަންކަން އޭގެ އަހުލުވެރިންނަށް ނުވާ މީހުންނާ ހަވާލުކުރެވިއްޖެ ނަމަ ދެން ގަޑިއަށް އިންތިޒާރުކުރާށެވެ!

އިއްޔެ ސަރުކާރުން ނިންމެވީ ސިޔާސީ މަގާމުތައް މަދުކުރުމަށާއި، މަސްގަންނަ އަގު ހަމަ އަގަށް ވައްޓާލުމަށާއި، ޓެކްސް ބޮޑުކުރުމަށާއި، މިބާވަތުގެ ކަންކަމެވެ. ކީއްވެގެންކަމަށްތޯ އެވެ! ރާއްޖެ މިދަނީ "ގަޑިހަމަވުމާ" ދިމާއަށެވެ. މިއަދަކު އިއްޔެއަކު ކުރި ކަމަކުން ވެގެން އުޅޭގޮތެއް ނޫނެވެ. މީގެ އެތައް އަހަރެއް ކުރިން ފެށިގެން ދައުލަތުގފެ އެކި ތަންތަނާއި ކަންކަމަށް ގާބިލު ނޫން މީހުން އައްޔަންކުރުމާއި، ބޭކާރުގޮތުގައި ސިޔާސީ މަގާމުތަކަށް މީހުން އައްޔަންކުރުމުގެ ނަތީޖާ އެވެ. ޒަމާންތަކެއް ވަންދެން ކެތްތެރިވަމުންދިޔަ ދައުލަތުގެ ދަރަނި ފުފޭނެވަރަކަށް ފުފި ފަޅައިދާން ކައިރިވީ އެވެ.

ގައުމުގެ މިހާލަތާއި، މިހާލަތާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އަޅަން ނިންމަވާފައިވާ ފިޔަވަޅުތައް ހާމަކުރައްވަމުން ގެންދަވާއިރުވެސް، އެތަކެއް ސިޔާސީ މަގާމުތަކެއްގައި ތިބި މަސަކައްތެއް ނުކުރާ މުސާރަވެރިން، ރައީސުލްޖުމްހޫރިއްޔާއަށް ފެނިވަޑައިގެން އެމީހަކު ވަކިކުރަންދެން ސިޔާސީ މަގާމުތަކުގައި އެތިބޭ ތިބުމުންވެސް އިތުރަށް ދައްކުވައިދެނީ އެހެން އެހުންނަ މީހެއްގެ ނާގާބިލުކަމެވެ. ކަމަކުން ކަމަކާ ނުލައި، ދަރާފައިވާ ދައުލަތަކުން ޤައުމަށް ހިދުމަތްކުރުމުގެ ނަމުގައި މުސާރަ ނަގަމުންދާއިރު، އަދި ދިވެހި ޤައުމުދެކެ މާލޯބިވާކަމަށް ދައުވާކުރާއިރު، ދިވެހިރާއްޖެ މިއޮއްގެން ދަނީ "ގަޑިހަމަވުމާދިމާއަށްކަން" ނޭނގޭ ވަރުގެ މީހުން ސިޔާސީ މަގާމަކަށް އަޅެ ކުފޫހަމަވޭތޯ އެވެ؟

ހަވާލުވި މަގާމާ ގުޅިގެން ތައުލީމީ ގޮތުންނާއި ތަޖުރިބާގެ ގޮތުން، ހަމަ އެއްވެސް އުރައްޕެއް ނެތް ސިޔާސީ މަގާމުތަކުގައި ތިބި ބޭފުޅުންނަށް ވަރަށް އިހުތިރާމާއެކު ދަންނަވަމެވެ. ތިޔައީ ބޮޑުވެގެންވާ އަމާނަތެކެވެ. މަގާމަށް އައުމުގެ ކުރިން، އަދި މަގާމުން ވަކިވެއްޖެނަމަ ފަހުން، ނުލިބޭނެ ވަރުގެ މުސާރައެއް މިހާރު ލިބެމުންދިޔަސް، އެޔަކީ، ޤިޔާމަތް ދުވަހުން ލިބެން އޮތް ނިކަމެތިކަމާއި މޮޅިވެރިކަމާ، ބަލާއިރު، ހަމަ އެކައްޗެއް ވެސް ނޫނެވެ. މި ލިޔުމުގެ ފެށުމުގައި އޮތް ފަދައިން، ދިވެހި ރާއްޖޭގެ ސިޔާސީ މަގާމުތަކަށް އަންނަ ގިނަ މީހުންނަށް މަގާމު ގެއްލުމާއެކު ދުނިޔެ މަތީގައިވެސް ނިކަމެތިކަމާއި މޮޅިވެރިކަން އިންތިހާއަށް ލައިގަންނައިރު، ގިޔާމަތް ދުވަހުން އަދި ކިހާ ވަރެއް ވާނޭބާވައޭ ހިތަށް އަރާ، ހޭވެރިވާންވީ ވަގުތު އަދިވެސް ނާދޭ ހެއްޔެވެ؟

ކޮމެންޓް

ފަހުގެ ޚަބަރު

ދިވެހިރާއްޖޭގައި ސެކިއުރިޓީ ރެގިއުލޭޓްކުރަނީ ކާކު؟

މި ދެކަންތައް ވެސް ހާސިލުނުވާހާ ހިނދަކު، އަޅުގަނޑުމެންނަށް މައިގަނޑު ގޮތެއްގައި ބަރޯސާވެވެން މި އޮންނަނީ ރިސޯޓުތަކުން ފަރުވާތެރިވާނެ ކަމަށާއި އެއްވެސް ގޯހެއް ނުހިނގާނެ ކަމަށެވެ. އެއީ ސްޓްރެޓެޖީއެއް ނޫނެވެ!

ރަސްމާލެ އެއްބަސްވުން ދީނީ އިލްމުވެރިންނަށް ވެސް ސިއްރު

ރަސްމާލެ ޕްރޮޖެކްޓާ ގުޅިގެން އިލްމުވެރިން ކުރައްވަންވީ ހަމަ އެންމެ ކަމަކެވެ. އެއީ އަލައްބާރުގެ އީގަލް ހިލްސްއާއި ދިވެހި ސަރުކާރާ ދެމެދު ރަސްމާލެ ބިމާ ބެހޭގޮތުން ހަދާފައިވާ އެއްބަސްވުން ދައްކާލަދޭތޯ ދިވެހި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ދެންނެވުމެވެ.

އަލްއައްބާރުގެ ދަރުބާރަށް ރައްޔިތުންގެ މަޖިލިސް ހާޒިރުކުރުވުން!

ރަސްމާލެ މަޝްރޫއު ހިންގާ އީގަލް ހިލްސް ކުންފުނީގެ ޗެއާމަން، މަޖިލިސް މެންބަރުންނާއި ކެބިނެޓް މިނިސްޓަރުންނާ ބައްދަލުކޮށް މައުލޫމާތު ދިނުމަކީ ސަރުކާރު ޖަވާބުދާރީކުރުވަން ތިބި މަންދޫބުންގެ ނުފޫޒު ފޯރުވުން ކަމަށް ބުނެ ފާޑުކިޔުންތައް ވަނީ އަމާޒުވެފައެވެ. މި މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް ކުއްޔަށް ދިނުމަށް އެއްބަސްވެފައިވާއިރު، މީގެ ސަބަބުން ދައުލަތަށް ކުރާނެ އަސަރުތަކާ މެދު ވަނީ ސުވާލު އުފެދިފައެވެ.

ރަސްމާލޭ ޕްރޮޖެކްޓާ ގުޅޭގޮތުން ކުރުން ލާޒިމު ސުވާލުތައް

ރަސްމާލެ މަޝްރޫއުގެ ދަށުން 500 ހެކްޓަރުގެ ބިން 99 އަހަރަށް އީގަލް ހިލްސް ކުންފުންޏަށް ދޫކޮށްލުމަކީ ގައުމުގެ އިގްތިސާދަށް ބޮޑު ބަދަލެއް އަންނާނެ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ. ނަމަވެސް، ދައުލަތުން ބޮޑު ހަރަދުކޮށްގެން ހިއްކި މި ބިން އެއްވެސް ކުއްޔަކާ ނުލައި ދިގު މުއްދަތަކަށް ދޫކޮށްލުމުން ލިބޭނެ ސީދާ މަންފާއާ މެދު އާންމުންގެ މެދުގައި ވަނީ ސުވާލު އުފެދިފައެވެ. އިންވެސްޓްމަންޓްގެ ބަދަލުގައި ދިވެހިންނަށް ހަގީގަތުގައި ލިބޭ އެއްޗެއް ސާފުނުވުމަކީ މި މަޝްރޫއުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެވެ.

މުހައްމަދު އަލައްބާރު؛ ޔަހޫދީންގެ މަދަދުގާރު

ރަސްމާލެއިން ފައްސަތޭކަ ހެކްޓަރު ބިމެއް ސަރުކާރުން ދީފައިވާ އީގަލް ހިލްސްގެ ފައުންޑަރަކީ އަލައްބާރެވެ. އޭނާއަކީ ޔަހޫދީންގެ ގާތް މިތުރެކެވެ. އެމިރޭޓްސްގައި ޔަހޫދީންގެ ސިއްރު ފައްޅިން ފެށިގެން ރަސްމީ ފައްޅިއެއް ހުޅުވުމާއި އިޒްރޭލާއި އެމިރޭޓްސްގެ ގުޅުންތައް ބަދަހިވުމުގެ ފަހަތުގައިވަނީ އަލައްބާރާއި ޔަހޫދީންނާ އޮތް ޒަމާންވީ ގުޅުމާއި އެކުވެރިކަމެކެވެ.

މާރްތަބާން ރުނބާ ރާއްޖެ އައި ގޮތާއި ތާރީހު

މާރްތަބާން ރުނބާއަކީ 17 ވަނަ ގަރުނުން ފެށިގެން ސިއާމްކަރަ އާއި ބަރުމާ ސަރަހައްދުން ކަނޑުމަގުން ރާއްޖެއަށް ތައާރަފުވި، މުދާ އުފުލުމަށާއި ފެނާއި ކާބޯތަކެތި ރައްކާކުރުމަށް ބޭނުންކުރި މުހިންމު އާލާތެކެވެ. މި ރުނބާތައް ރާއްޖެއަށް އައީ އިންޑިއާ ކަނޑުގެ ވިޔަފާރި ރޫޓުތަކުގެ މެދުވެރިއެއްގެ ގޮތުގައި ރާއްޖެ އޮތުމުން ކަމަށާއި، މިއީ އޭރުގެ ދަތުރުވެރިންނާއި ދިވެހިންގެ ދިރިއުޅުމުގައި ވަރަށް ބޮޑު ބޭނުމެއް ހިފި ތަކެއްޗެވެ.

ތުއްތު ކުދިންނާއި އަހުލާގު

ތުއްތު ކުދިންގެ އަޚްލާގު ބިނާކުރުމުގައި މައިންބަފައިންނާއި މުދައްރިސުންގެ ދައުރު ބޮޑުއިރު، ކުދިންނަށް އަންނަ ބަދަލުތައް ދެނެގަތުމަށް މި ދެފަރާތުގެ ގުޅުން ބަދަހިކުރުން މުހިންމެވެ. ކުދިންނަށް ފެންނަ ނުރަނގަޅު މަންޒަރުތަކާއި ބަސްމޮށުންތެރިކަމުގެ ސަބަބުން ތަރުބިއްޔަތު ކުރުމަށް ގޮންޖެހުންތައް ކުރިމަތިވާތީ، އެކަންކަމުން ކުދިން ދުރުކުރުމަކީ ބޮޑު ޒިންމާއެކެވެ. އަދި ކުދިންގެ އަޚްލާގު ރަނގަޅުކުރުމަށް ކަނޑައެޅިފައިވާ ފަސް މަރުހަލާގެ މައްޗަށް ބިނާކޮށް ސްކޫލްތަކުންނާއި ކަމާބެހޭ ފަރާތްތަކުން އިތުރަށް ސަމާލުކަން ދޭންޖެހެއެވެ.

Newsletter

Get the latest news delivered straight to your inbox