ފްރާންސްގެ ގޯލްކީޕަރު މައިންނޯން ޕެނަލްޓީ ގަވާއިދަށް "ޖޯކު" ޖަހައިފި

Jun 27, 2024, 4:48 AM
ފްރާންސްގެ ގޯލްކީޕަރު މައިންނޯން ޕެނަލްޓީ ގަވާއިދަށް "ޖޯކު" ޖަހައިފި

ޑޯޓްމަންޑް (ޖޫން 27) - ޕެނަލްޓީ ގަވާއިދުގައި ބުނާގޮތުން ގޯލްކީޕަރުންނަށް އޮތް އުނދަގޫތަކަށް ނިސްބަތްކޮށް، އެ ގަވާއިދަށް ފްރާންސްގެ ގައުމީ ފުޓްބޯޅަ ޓީމުގެ އެއް ވަނަ ގޯލްކީޕަރު، މައިކް މައިންނޯން ޖޯކު ޖަހައިފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ފްރާންސް އިން ގްރޫޕް ސްޓޭޖުގައި ކުޅުނު ފަހު މެޗުގައި، ޕޮލެންޑާ ވަނީ 1-1 އިން އެއްވަރުވެފަ އެވެ. ފްރާންސް އިން ލީޑުނަގައިފައި އޮއްވައި، ޕޮލެންޑުން އެއްވަރުކުރީ ރޮބަޓް ލެވަންޑޯސްކީ ޖެހި ޕެނަލްޓީންނެވެ. ލެވަންޑޯސްކީ، މި ޕެނަލްޓީ ކާމިޔާބުކުރީ ދެ ވަަނަ ފަހަރަށް ފޮނުވާލަން ލިބުނު ފުރުސަތުގަ އެވެ. ފުރަތަމަ ފަހަރު ޖެހި ޕެނަލްޓީ، ކީޕަރު މައިންނޯން މަތަކުރި އެވެ. އެކަަމަކު، އަލުން އެ ޕެނަލްޓީ ޖަހަން ދިނީ، އެ ބޯޅަ ހުއްޓުވަން، މައިންނޯން މާ ކުރިން ކުރިއަށް ޖެހި ހުރި ކަމަށް ބަލައިފަ އެވެ.

އެ މެޗަށް ފަހު، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއް މެދުވެރިކޮށް، މައިންނޯން، 28، ވަނީ، ޕެނަލްޓީގައި ކީޕަރުންނަށް އޮންނަ ގޮންޖެހުންތައް ހިމަނައި، ގަވާއިދަށް ޖޯކު ޖަހައިފަ އެވެ.

އެ ގޮތުން، މައިންނޯން ބުނެފައިވަނީ، އެޓޭކަރު ޕެނަލްޓީ ޖަހަން ދުއްވައިގަތް ފަހުން، 87 ވަނަ ފެއިންޓް ހަދާފައިވާ ކަމަށެވެ.

"އައިފެބް އިން 2026 ވަނަ އަހަރު ހަދާނެ ގަވާއިދެއް، ގޯލްކީޕަރުން ހުންނަން ޖެހޭނީ ޕެނަލްޓީ ޖަހާއިރު އަނެއް ފަރާތަށް އެނބުރިގެން. އެހެން ހުއްޓައި، ބޯޅަ މަތަކުރެވިއްޖިއްޔާ، ނުސީދާ ޖެހުމެއް ލިބޭނެ،" އޭސީ މިލާނަށް ކުޅެމުން އަންނަ މައިންނޯން، ގަވާއިދަށް ޖޯކު ޖަހަމުން ބުންޏެވެ.

ލެވަންޑޯސްކީ ފޮނުވާލި ފުރަތަމަ ޕެނަލްޓީ.

މައިންނޯން، ދެން ހިމެނީ 2023 ވަނަ އަހަރު އައިފެބް އިން ހެދި ގަވާއިދެއްގައި، ބުނެފައިވަނީ، އެޓޭކަރު ޕެނަލްޓީ ޖަހަން އައުމުން، އޭނާ އަށް އުނދަގޫވާ ގޮތަށް ގޯލްކީޕަރުންގެ ހަރަކާތްތައް ނުބެހެއްޓޭނެ ކަމަށެވެ. މިސާލަކަށް ގޯލުގެ ދަނޑިޔާއި ހުރަސް ދަނޑީގައި އަތްލުން ހިމެނެ އެވެ.

އަދި ޕެނަލްޓީ ފޮނުވާލާއިރު، ގޯލްކީޕަރުގެ އެއް ފައި، ގޯލުގެ ރޮނގުމަތީގައި ނޫނީ ރޮނގަށް ވުރެ ފަހަތުގައި ބަހައްޓަން ލާޒިމެވެ. އެހެން ނޫންނަމަ އަލުން ޖަހަން ދޭނެ އެވެ. ލެވަންޑޯސްކީ ފޮނުވާލި ފުރަތަމަ ޕެނަލްޓީގައި، މައިންނޯން އަށް ދިމާވީ މި ހާލަތެވެ. އަލުން ޖަަހަން ދިނީ އެކަމާ ހުރެ އެވެ.

ގަވާއިދު ބުނާގޮތުން، ދުއްވައިގަތުމަށް ފަހު، ޕެނަލްޓީ ޖަހާ ކުޅުންތެރިޔާ އަށް، ބޯޅަ ޖެހުމަށް ފެއިންޓެއް ނުހެދޭނެ އެވެ. އެކަމަކު، ދުވުމުގައި މަޑުކަމެއް ގެނެސް، ފެއިންޓެއް ހެދޭ ގޮތަށް އޮވެ އެވެ. އޭގެ ފައިދާ އެޓޭކަރުން ނަގާތީ، ކީޕަރުންގެ ޝަކުވާ ބޮޑެވެ.

ގިނަ އަހަރުތަކެއް ވަންދެން ފްރާންސްގެ ގޯލު ބެލެހެއްޓި، ހޫގޯ ލޮރީސް، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕަށް ފަހު ރިޓަޔާކުރިއިރު، އެ ފަހުން އެ ޓީމުގެ އެއް ވަނަ ކީޕަރުގެ މަގާމު ލިބުނީ މައިންނޯން އަށެވެ. މައިންނޯން، ފްރާންސާ އެކު، ފުރަތަމަ ކީޕަރެއްގެ ގޮތުގައި މި ކުޅެނީ ބޮޑު ފުރަތަމަ މުބާރާތުގަ އެވެ. ފްރާންސަށް އޭނާ ވަނީ 19 މެޗު ކުޅެދީފަ އެވެ.

މުބާރާތުގެ ގަދަ 16 ބުރުގައި ފްރާންސް ކުޅޭނީ ބެލްޖިއަމްއާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox