އަލަތު މުބާރާތުގައި ޕޯޗުގަލް އަތުން ތާރީހީ މޮޅަކާ އެކު ޖޯޖިއާ ދެ ވަނަ ބުރަށް

Jun 26, 2024, 9:10 PM
އަލަތު މުބާރާތުގައި ޕޯޗުގަލް އަތުން ތާރީހީ މޮޅަކާ އެކު ޖޯޖިއާ ދެ ވަނަ ބުރަށް

ގެލްސެންކާޗެން (ޖޫން 27) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މުޅިން އަލަށް ވާދަކުރި ޖޯޖިއާ އިން 2-0 ޕޯޗުގަލް ބަލިކޮށް، މުބާރާތުގެ ދެ ވަނަ ބުުރުން ފުރުސަތު ހޯދައިފި އެވެ.

މި މެޗުގެ ވަރަށް ކުރީކޮޅު ޖޯޖިއާ އިން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މެޗުގެ ދެ ވަނަ މިނެޓުގައި ޖޯޖިއާ އަށް މި ގޯލު ޖަހާދިނީ ކްވިޗާ ކްރަވަޝްކޭލިލާ އެވެ. ޕޯޗުގަލްގެ ޑިފެންސް ފަހަތަށް އައި ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ، ކްރަވަޝްކޭލިއާ ވަނީ ގޯލުގެ ދުރު ކަނަށް ބޯޅަ ފޮނުވާލައިފަ އެވެ.

އޭގެ ފަހުން، ޕޯޗުގަލުން ވަނީ މެޗުގެ ކޮންޓްރޯލް ނަގައި ޖޯޖިއާގެ ހާފަށް ބާރުބޮޑުކޮށް ގިނަ ހަމަލާތަކެއް އުފައްދައިފަ އެވެ. އެ ގޮތުން، މެޗުގެ 16 ވަނަ މިނެޓުގައި ޕޯޗުގަލް އަށް އޭރިއާ ބޭރުން ލިބުނު ހިލޭ ޖެހުމެއް ކްރިސްޓިއާނޯ ރޮނާލްޑޯ ފޮނުވާލި ނަމަވެސް ޖޯޖިއާގެ ކީޕަރު ޖޯޖީ މަމަޑާޝްވިލީ ވަނީ ހުށިޔާރުކަމާއެކު ދިފާއު ކޮށްފަ އެވެ.

ވަރުގަދަ ޑިފެންސެއް ކުރަމުން އައި ޖޯޖިއާގެ ގޯލަށް ޕޯޗުގަލް އަށް މި ހާފުގައި މާ ގިނަ ހަމަލާ އެއް އުފެއްދިފައިނުވާއިރު، ފުރަތަމަ ހާފުގެ ފަހުކޮޅު ރޮނާލްޑޯ އާއި, ޖާއޯ ފީލިކްސް ވަނީ ނުރައްކާތެރި ހަމަލާ އެއް އުފައްދައިފަ އެވެ. ރޮނާލްޑޯގެ ޖޯޒީގައި ހިފެހެއްޓުމުން ޕެނަލްޓީ ނުދޭތީ އޭނާ އެޕީލްކުރުމުން ރެފްރީ ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ.

މިރޭގެ މެޗުގެ ތެރެއިން ރޮނާލްޑޯ ހިތްހަަމަނުޖެހުން ފާޅުކުރަނީ.

މެޗުގެ ދެ ވަނަ ހާފު ފަށައިގެން ވެސް ޕޯޗުގަލުން މެޗު ކޮންޓްރޯލް ކޮށްގެން ކުޅުނެވެ. އެކަމަކު، މެޗުގެ 57 ވަނަ މިނެޓުގައި ޖޯޖިއާގެ ޖޯޖެސް މިކައުޓްޒޭ ވަނީ ލިބުނު ޕެނަލްޓީ އަކުން އެ ޓީމަށް ލީޑު ފުޅާކޮށްދީފަ އެވެ. ގްރޫޕް ސްޓޭޖުގެ ތިން މެޗުގައި ވެސް ލަނޑު ޖެހި މިކައުޓްޒޭ އަކީ މި ފަހަރުގެ ޔޫރޯގެ ޓޮޕް ސްކޯރާ އެވެ.

މިއީ ޕޯޗުގަލްގެ އެންޓޯނިއޯ ސިލްވާ ޖޯޖިއާގެ ކުޅުންތެރިއަކަށް ކުރި ފައުލަކާއި ގުޅިގެން ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު ރެފުރީ ދިން ޕެނަލްޓީ އެކެވެ.

މެޗުގެ ފަހު ވަގުތުކޮޅު ޕޯޗުގަލުން ވަނީ ފުލުފުލުގައި ޖޯޖިއާގެ ގޯލަށް ހަމަލާ ފޮނުވާލައިފަ އެވެ. އެކަމަކު ޕޯޗުގަލުން ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ ޖޯޖިއާގެ ކީޕަރު މަމަޑާޝްވިލީ އެވެ.

ގްރޫޕް އެފްގެ އެއް ވަނަ ޓީމުގެ ގޮތުގައި ޕޯޗުގަލުން ދެ ވަނަ ބުރަށް ދަތުރުކުރީ ކުޅުނު ތިން މެޗުން ހަ ޕޮއިންޓް ހޯދައިގެންނެވެ. އަދި ދެ ވަނަ ޓީމުގެ ގޮތުގައި ތުރުކީ އަނެއް ބުރަށް ދިޔައީ، މިރޭ 2-1 އިން ޗެކް ރިޕަބްލިކް ބަލިކޮށް ހަ ޕޮއިންޓް ހޯދައިގެންނެވެ. ތިން ވަނަ ޓީމުގެ ގޮތުގައި ޖޯޖިއާ ދެ ވަނަ ބުރުން ޖާގަ ހޯދީ ތިން މެޗުން ހަތަރު ޕޮއިންޓް ހޯދައިގެންނެވެ.

ގަދަ 16 ބުރުގެ މެޗުތައް:

ސްވިޒަލެންޑް - އިޓަލީ

ޖަރުމަނު - ޑެންމާކް

އިންގްލެންޑް - ސްލޮވާކިއާ

ސްޕެއިން - ޖޯޖިއާ

ފްރާންސް - ބެލްޖިއަމް

ޕޯޗުގަލް - ސްލޮވީނިއާ

ރުމޭނިއާ - ނެދަލެންޑްސް

އޮސްޓްރިއާ - ތުރުކީ

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox