ސައުތުގޭޓް ބުނީ ޓީމު ބަދަހި ކަމަށާއި އިންގްލެންޑްގެ ސަޕޯޓަރުން ޓީމާއެކު ތިބެން ޖެހޭ ކަމަށް

Jun 26, 2024, 9:41 AM
ސައުތުގޭޓް ބުނީ ޓީމު ބަދަހި ކަމަށާއި އިންގްލެންޑްގެ ސަޕޯޓަރުން ޓީމާއެކު ތިބެން ޖެހޭ ކަމަށް

ފްރޭންކްފާޓް (ޖޫން 26) - އިންގްލެންޑް ފުޓުބޯޅަ ޓީމުގެ ކުޅުންތެރިން ތިބީ ބަދަހިކޮށް ކަމަށާއި، އެކަމަކު ސަޕޯޓަރުން ޓީމާ އެކު ހަމަ އެ ގޮތަށް ތިބެންޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތުގައި އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވެފައި ވަނީ އިންގްލަންޑް ޓީމަށެވެ. އެ ޓީމުން މި މުބާރާތުގައި ދެއްކި ދަށް ކުޅުމާ އެކު, ވެސް ގްރޫޕް ސީގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރުން ޖާގަ ހޯދި އެވެ. އެ ޓީމަށް ކުޅުނު ތިން މެޗުން ފަސް ޕޮއިންޓް ލިބުނެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ސްލޮވީނިއާ އަތުން 0-0 ގެ ނަތީޖާ އަކުން އެއްވަރުވި މެޗަށްފަހު ވާހަކަ ދައްކަމުން ސައުތުގޭޓް ބުނީ މުބާރާތުގެ ތިން މެޗު ކުޅެވުނުއިރު, ފެނިގެންދިޔައީ ކުޅުންތެރިން ބަދަހިކޮށް އެކަތިގަނޑެއްގެ ގޮތުގައި ތިބިކަން ކަމަށެވެ.

އެކަމަކު އެ މަންޒަރު ސަޕޯޓަރުންގެ ފަރާތުން ނުފެންނާތީ ކަންބޮޑުވާ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

"އަހަރެންއަށް މި ފެންނަނީ ކުޅުންތެރިން މުބާރާތް ފެށުނީއްސުރެ ބަދަހިކޮށް ކާމިޔާބު ހޯދަން އަޒުމު ކަނޑައަޅައިގެން ތިބިތަން. އެ މަންޒަރު އަހަރެން އަށް ސަޕޯޓަރުންގެ ފަރާތުން ނުފެނޭ. ސަޕޯޓަރުން އެބަ ޖެހޭ ބަދަހި ކޮށް ޓީމާއެކު ތިބެން" ސައުތުގޭޓް ބުންޏެވެ.

ރޭގެ މެޗަށް ފަހު އިނގިރޭސި ސަޕޯޓަރުން ވަނީ ސައުުތުގޭޓާ ދިމާލަށް އެއްޗެހި ވެސް އުކައިފަ އެވެ.

ސައުތުގޭޓް ބުނީ އޭނާ އަށް އަމާޒުކޮށް އަންނަ ފާޑުކިޔުންތަކަށް މަރުހަބާ ކިޔާ ކަމަށާއި، އެކަން އަމިއްލަ އަށް ވެސް ގަބޫލުކުރާ ކަމަށެވެ. އަދި އަމާޒުވާ ފާޑުކިޔުންތައް ރަނގަޅުކުރަން މަސައްކަތް ކުރާނެ ކަމަށް ވެސް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

ވަރުގަދަ ސްކޮޑަކާ އެކު, މުބާރާތައް ނުކުތް އިންގްލަންޑަކީ މުބާރާތް ފެށުނުއިރު, ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެކެވެ.

އެކަމަކު، ގްރޫޕް ސްޓޭޖުގައި އެ ޓީމުން ކުޅުން ތިން މެޗުގެ ތެރެއިން މޮޅުވެވުނީ އެންމެ މެޗަކުންނެވެ. އެކަމާ ހުރެ، އެ ޓީމަށް އަންނަނީ ބޮޑެތި ފާޑުކިޔުންތަކެއް އަމާޒުވަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox