ޕޮލެންޑާ ދެކޮޅަަށް އެމްބާޕޭ ކުޅޭނީ މެޑިކަލް ޓީމުން ހުއްދަދީފިނަމަ

Jun 25, 2024, 7:42 AM
ޕޮލެންޑާ ދެކޮޅަަށް އެމްބާޕޭ ކުޅޭނީ މެޑިކަލް ޓީމުން ހުއްދަދީފިނަމަ

ޑޯޓްމަންޑް (ޖޫން 25) - މެޑިކަލް ޓީމުން ހުއްދަދީފިނަމަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ، މިރޭ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޮލަންޑާ ދެކޮޅަށް ފްރާންސުން ކުޅޭ މެޗުގައި ފެންނާނެ ކަމަށް އެ ޓީމުގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި އެމްބާޕޭގެ ނޭފަތު ކަށިގަނޑަށް ލިބުނު އަނިޔާއާ ހެދި އެ މެޗުގައި އޭނާ ބަދަލުކުރި އެވެ. އޭގެ ފަހުން ފްރާންސް އިން 0-0 ގެ ނަތީޖާ އަކުން ނެދަލެންޑްސްއާ އެއްވަރުވި މެޗުގައި އެމްބާޕޭ އިނީ ބެންޗުގަ އެވެ.

ޕޮލަންޑް މެޗުގެ ކުރިން އެމްބާޕޭ މި މެޗުގައި ފެންނާނެތޯ ނޫސްވެރިން ކުރި ސުވާލަށް ސީދާ ޖަވާބެއް ޑެޝޯމްޕްސް ދީފައި ނުވެ އެވެ. އެކަމަކު، ނުސީދާ ގޮތެއްގައި ޑެޝޯމްޕްްސް ބުނީ, މެޑިކަލް ޓީމުން ހުއްދަ ދީފި ނަމަ އެމްބާޕޭ ޕޮލަންޑް މެޗުގައި ކުޅޭނެ ކަމަށެވެ.

"އެމްބާޕޭ ދުވަހެއް ދުވަހަކަށް އަންނަނީ ރަނގަޅުވަމުން. ޓީމާއެކު ވެސް މިހާރު އަންނަނީ ފަރިތަކުރަމުން. މެޑިކަލް ޓީމުން ހުއްދަ ދީފި ނަމަ ކުރިއަށް އޮތް މެޗުގައި (ޕޮލަންޑް މެޗުގައި) ފެންނާނެ." ޑެޝޯމްޕްސް ބުންޏެވެ.

ނޫސްވެރިންގެ ބައްދަލުވުމުގައި ބައިވެރިވި, ފްރާންސްގެ މިޑްފިލްޑަރު އެންގޯލޯ ކާންޓޭ ވެސް ވަނީ ޕޮލަންޑް މެޗުގައި އެމްބާޕޭ ފެނިދާނެ ކަމުގެ އިޝާރާތެއް ދީފަ އެވެ.

"ނެދަލަންޑްސް މެޗުގައި އަހަރެމެން އަށް ނަސީބު ވެސް އެހީނުވި، ޕޮލަންޑް މެޗުގައި އެމްބާޕޭ އެނބުރި އައިސް ގޯލުތަކެއް ޖަހާދާނެ" ކާންޓޭ ބުންޏެވެ.

ފްރާންސް އިން ޖަރުމަނުގެ ކްލަބެއް ކަމަށްވާ ޕަޑެބޯންގެ 21 އަހަރުން ދަށުގެ ޓީމާ ދެކޮޅަށް ކުޅުނު ޕްރެކްޓިސް މެޗުގެ 60 މިނިޓް އެމްބާޕޭ ވަނީ ކުޅެފަ އެވެ. އެހެންކަމުން، ޕޮލެންޑް މެޗުގައި ކޮންމެ ވެސް ވަރަކަށް އެމްބާޕޭ ބޭނުންކުރާނެ ކަމަށް ބެލެވެ އެވެ.

ގްރޫޕް އޭ އާއި ގްރޫޕް ބީގެ މެޗުތައް ނިމުނު ގޮތުން، ފްރާންސަށް ވަނީ ނޮކައުޓް ބުރު ޔަގީންވެފަ އެވެ.

އެކަމަކު، ގްރޫޕްގެ އެއް ވަނަ ޓީމުގެ ގޮތުގައި ދެ ވަނަ ބުރަށް ދިއުމަށް ފްރާންސް އިން މިރޭގެ މެޗުގައި ޕޮލަންޑް އަތުން ކާމިޔާބު ހޯދަން ޖެހޭނެ އެވެ. މިރޭގެ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox