ކޮސްޓަ ރިކާ އިން ވަރުގަދަ ބްރެޒިލް މޮޅުވިޔަނުދީ ހިފަހައްޓައިފި

Jun 25, 2024, 3:16 AM
ކޮސްޓަ ރިކާ އިން ވަރުގަދަ ބްރެޒިލް މޮޅުވިޔަނުދީ ހިފަހައްޓައިފި

ކެލެފޯނިއާ (25 ޖޫން) - ކޮޕަ އެމެރިކާ ފުޓުބޯޅަ ,މުބާރާތުގެ ގްރޫޕް ސްޓޭޖުގައި ބްރެޒިލުން ކުޅުނު ފުރަތަމަ މެޗުން އެ ޓީމު މޮޅުވިޔަ ނުދީ ކޮސްޓަ ރިކާ އިން ބްރެޒިލް ހިފަހައްޓައިފި އެވެ. ބްރެޒިލުން ގިނަ ހަމަލާތަކެއް އުފެއްދި މި މެޗު އެއްވަރުވީ 0-0 ގެ ނަތީޖާ އަކުންނެވެ.

މެޗު ފަށައިގެން ބްރެޒިލް އިން މެޗުގެ ކޮންޓްރޯލް ނަގާ ކޮސްޓަ ރިކާ ކޮޅަށް ގިނަ ހަމަލާތަކެއް އުފެއްދި އެވެ.

އެ ގޮތުން, މެޗުގެ 12 ވަނަ މިނެޓުގައި ބްރެޒިލްގެ ރޮޑްރީގޯ އަށް ވަނީ ލަނޑު ޖަހަން ރަނގަޅު ފުރުސަތެއް ލިބި ބޭކާރުވެފަ އެވެ. ކޮސްޓަ ރިކާގެ ތިން ކުޅުންތެރިން ކައިރިން ނައްޓާލުމަށް ފަހު, ރޮޑްރީގޯ ފޮނުވާލި ހަމަލާ ދިޔައީ ގޯލުގެ އަރިމަތީ ދަނޑި ކައިރިން ބޭރަށެވެ.

އޭގެ ފަހުން، މެޗުގެ 22 ވަނަ މިނެޓުގައި ކައުންޓަ އެޓޭކުގައި, އޭރިއާ ބޭރުން ލޫކަސް ޕަކޭޓާ ފޮނުވާލި ހަމަލާ ވެސް ދިޔައީ ދަނޑި ކައިިރިން ބޭރަށެވެ. އޭގެ ދެ މިނެޓު ފަހުން ވިނީޝިއުސް އޭރިއާ ތެރެއަށް ހުސްކޮށްލި ބޯޅަ އެއް, މުޅިން ހުސްކޮށްހުރެ ރަފީނިއާ ފޮނުވާލި ނަމަވެސް ކޮސްޓަ ރިކާގެ ކީޕަރު ޕެޓްރިކް ސަކުއެރާ ވަނީ ހުށިޔާރުކަމާ އެކު ދިފާއުކޮށްފަ އެވެ.

ބްރެޒިލްގެ މާކުއީނިއޯސް މެޗުގެ 30 ވަނަ މިނެޓުގައި ގޯލު ޖެހި ނަމަވެސް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރް) ބެލުމަށްފަހު, އޭގެ ކުރިން ރަފީނިއާ އޮފްސައިޑްގައި ހުރުމުން ރެފުރީ ވަނީ އެއީ ގޯލެއް ނޫން ކަމަށް ނިންމައިފަ އެވެ.

މެޗުގެ ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރެޒިލްގެ ރޮޑްރީގޯ, ކޮސްޓަ ރިކާ ކުޅުންތެރިއެއް ކައިރިން ނައްޓާލުމަށް ފަހު, އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ ވެސް ދިޔައީ ގޯލުގެ ހުރަސް ދަނޑި ކައިރިން ބޭރަށެވެ.

ދެ ވަނަ ހާފު ފަށައިގެން ވެސް ބްރެޒިލުން ފެނުނީ މެޗުގެ ކޮންޓްރޯލް ނަގައި ކޮސްޓަ ރިކާ ހާފަށް ބާރުބޮޑު ކުރި މަންޒަރެވެ. މެޗުގެ 63 ވަނަ މިނެޓުގައި ޕަކޭޓާ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާގެ ހުރަހަކަށްވީ ގޯލުގެ އަރިމަތި ދަނޑި އެވެ.

މެޗުގެ 78 ވަނަ މިނެޓުގައި ވެސް ބްރެޒިލުން ވަނީ އޭރިއާ ބޭރުން ގޯލެއް ޖެހޭތޯ މަސައްކަތް ކޮށްފަ އެވެ. އެ ގޮތުން ޖާއޯ ގޮމޭޒް ފޮނުވާލި ބާރު ހަމަލާ ކޮސްޓަ ރިކާގެ ކީޕަރު ސަކުއެރާ ވަނީ ދިފާއު ކޮށްފަ އެވެ.

މެޗުގެ އިތުރު ވަގުތުގައި ބްރެޒިލްގެ ބްރޫނޯ ގިމާރޭސް އޭރިއާ ތެރެއިން މުޅިން ހުހަށްހުރެ ފޮނުވާލި ބާރު ހަމަލާ ވެސް ގޯލާ އަމާޒުނުވެ ދިޔައީ ބޭރަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox