އެންވީޑިއާ އަދި އުރީދޫން އޭއައި ރެޑީ ޕްލެޓްފޯމެއް ތަރައްގީކުރަނީ

އުރީދޫއާއި އެންވީޑިއާ ޕާޓްނާޝިޕެއްގައި ސޮއިކުރުން -- ފޮޓޯ: އުރީދޫ މޯލްޑިވްސް

އުރީދޫއާއި އެންވީޑިއާ ޕާޓްނާޝިޕެއްގައި ސޮއިކުރުން -- ފޮޓޯ: އުރީދޫ މޯލްޑިވްސް

އެމެރިކާގެ މަޝްހޫރު ޓެކް ކުންފުނި އެންވީޑިއާ އާއި އުރީދޫގެ ޕާޓްނާޝިޕް އެއްބަސްވުމުގެ ދަށުން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ގެ ހިދުމަތް ރާއްޖެއަށް ލިބުމަށް މަގުފަހިވެއްޖެ އެވެ.

މި ޕާޓްނާޝިޕަކީ އުރީދޫއިން އެންވީޑިއާ ކްލައުޑް (އެންސީޕީ) ޕާޓްނަރަކަށްވެ، މެދުއިރުމައްޗާއި އުތުރު އެފްރިކާ ސަރަހައްދުގެ އިތުރުން ރާއްޖޭގައި އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ފޯރުކޮށްދޭ ކުންފުންޏަކަށްވުމުގެ ސްޓްރެޓެޖީއާ އެއްގޮތުގެމަތިން ވެވުނު ޕާޓްނާޝިޕެކެވެ.

މި ޕާޓްނާޝިޕް މެދުވެރިކޮށް އެންވިޑިއާގެ ޒަމާނީ ކޮމްޕިއުޓިން ޕްލެޓްފޯމް ބޭނުންކޮށްގެން މި ސަރަހައްދުތަކުގައި އޭއައި އިންގިލާބެއް މަގުފަހި ކޮށްދިނުމަށް އުރީދޫއިން މަސައްކަތްކުރަމުންދާނެ ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެ އެވެ.

Advertisement

:"އުރީދޫގެ ހިދުމަތްތައް ފޯރުކޮށްދޭ ގައުމުތަކުގައި، އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ހައިޕަކަނެކްޓިވިޓީއަށް މާކެޓުގައި އޮތް ބޮޑު ޑިމާންޑާއި ބޭނުންތަކާ އެއްގޮތަށް އައު ފުރުސަތުތައް ފަހިކޮށްދިނުމުގެ ގޮތުން، އެންވީޑިއާގެ އީޖާދީ ހިދުމަތްތަކުގެ އެހީގައި އޭއައި ރެޑީ ޕްލެޓްފޯމެއް އަންނަނީ ތަރައްގީ ކުރަމުން،" އުރީދޫ މޯލްޑިވްސް އިން ބުންޏެވެ.

މި ޕްލެޓްފޯމަކީ ސަރުކާރަށް އެހީތެރިކަން ފޯރުކޮށްދީ، ވިޔަފާރިތަކާއި ސްޓާޓްއަޕްތަކުގެ ޑޭޓާސެޓްތައް ރައްކާތެރިކަމާއެކު ޕްރޮސެސް ކުރުމަށް ބާރުވެރިކުރުވުމުގެ އިތުރުން، އެ ޕްލެޓްފޯމް ބޭނުންކުރާ ފަރާތްތަކަށް އަގުހުރި މައުލޫމާތުތަކެއް ފޯރުކޮށްދީ، އެފަރާތްތަކުގެ ވިޔަފާރި އިތުރަށް ފުޅާކުރުމަށް އެހީތެރިވެދޭނެ ޕްލެޓްފޯމެއް ކަމަށް އުރީދޫ މޯލްޑިވްސްއިން ބުނެ އެވެ.

އުރީދޫގެ ގްރޫޕް ސީއީއޯ އަޒީޒް އަލްއުސްމާން ފަހްރޫ ވިދާޅުވީ އެކްސެލެރޭޓެޑް ކޮމްޕިއުޓިން އަދި ޖެނެރޭޓިވް އޭއައިއަށް ހާއްސަކޮށްފައިވާ އެންވިޑިއާގެ ފުލް ސްޓޭކް ޕްލެޓްފޯމް ތަންފީޒުކުރުމާއި އެކު، އުރީދޫ ވެގެންދާނީ މީނާގެ އޭއައި އިންގިލާބުގެ އެންމެ ކުރީ ސަފުގައި ހަރަކާތްތެރިވުމުގެ ގާބިލުކަން ލިބިފައިވާ ކުންފުންޏަށް ކަމަށެވެ.

"މި ސަރަހައްދުގެ އެންމެ ބޮޑު ޑިޖިޓަލް އިންފްރާސްޓްރަކްޗާ ޕްރޮވައިޑަރުގެ ގޮތުގައި، ޑިޖިޓަލައިޒޭޝަން އަދި އިނޮވޭޝަން ކުރިއެރުވުމުގައި އެންމެ އިސްދައުރެއް އަދާކުރާ ކުންފުންޏަކަށް. އެންވިޑިއާއާއި ގުޅިގެން އަޅުގަނޑުމެން މަސައްކަތް ކުރާނީ އެޑްވާންސް އޭއައި މޮޑެލްތަކަށް ބޭނުންވެފައިވާ އެކްސެލެރޭޓެޑް ކޮމްޕިއުޓިން އިންފްރާސްޓްރަކްޗާ ފޯރުކޮށްދިނުމަށް," އަޒީޒް އަލްއުސްމާން ފަހްރޫ ވިދާޅުވި އެވެ.

ނެކްސްޓް ޖެނެރޭޝަން އޭއައި އަދި ޖީޕީޔޫ އޮފާތަކާއެކު އެކި ސިނާއަތްތަކަށް އިންގިލާބީ ބަދަލުތަކެއް މި އެއްބަސްވުމުގެ ދަށުން ގަތަރު، އަލްޖީރިއާ، ޓިއުނީޝިއާ، އޮމާން، ކުވައިތު އަދި ރާއްޖޭގެ ސަރުކާރުތަކާއި ވިޔަފާރިތަކާއި ސްޓާޓްއަޕްތަކަށް އެންވީޑިއާ ގެ އެންމެ ފަހުގެ އޭއައި ޕްލެޓްފޯމް ލިބިގެންދާނެ އެވެ.

އުރީދޫގެ ޑޭޓާ ސެންޓަރުތަކުގައި އެތައް ހާސް އެންވީޑިއާ ޓެންސާ ކޯ ޖީޕީޔޫ ބަހައްޓައިގެން މި ސަރަޙައްދުތަކަށް ޒަމާނީ އިންފްރާސްޓްރަކްޗާ، ވަސީލަތްތައް އަދި ސޮފްޓްވެއާތަކާއެކު އެންމެ ޒަމާނީ އޭއައި ޕްލެޓްފޯމެއްގެ ބޭނުން ހިފުމުގެ ފުރުސަތުތައް ފަހިވެގެންދާނެ އެވެ.

މިކަމުގެ ސަބަބުން ޕްރޮސެސްތައް އިތުރަށް ފުރިހަމަވެ، އެކި ސިނާއަތްތަކުގައި އޮޕަރޭޝަނަލް މަސައްކަތް އިތުރަށް ހަރުދަނާ ވެގެންދާނެ އެވެ. އަދި އުރީދޫގެ ޖީޕީޔޫ ހިދުމަތާއި އެކު އެންމެ ޒަމާނީ އޭއައި އަދި މެޝިން ލާނިން ޓޫލްސް ހިމެނޭނެ އެވެ.

"އުރީދޫއިން އިންފްރާސްޓްރަކްޗާ އަދި އޭއައި ހޯސްޓިން ސޮލިއުޝަންސްތަކާއި އެކު ސަރަހައްދީ ކުރިއެރުމަށް މަގުފަހިކޮށްދެނީ އެންވީޑިއާ އާއި އުރީދޫ ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ އުރީދޫ ގެ ހިދުމަތްދޭ ސަރަޙައްދުތަކުގައި އޭއައި އިންފްރާސްޓްރަކްޗާ ކުރިއެރުވުމަށް. ލޯކަލް ސްޓޭންޑަޑްތަކާ އެއްގޮތްވާ ގޮތުގެ މަތިން ސެކިއުރިޓީ އިތުރުކޮށް، އޮޕްޓިމައިޒްޑް ޕާފޯމަންސް އަދި ކަސްޓަމައިޒޭޝަން އަށް މަގުފަހިކޮށްދިނުމުގެ ގޮތުން ކުރިއަށް ގެންދާ މަސައްކަތެއް،" އުރީދޫ މޯލްޑިވްސްއިން ބުންޏެވެ.

ނަތީޖާއެއްގެ ގޮތުން އުރީދޫ ހިންގާ ގައުމުތަކުގައި އަމިއްލަ ކްލައުޑްތައް ގާއިމުކޮށް، އަމިއްލަ އޭއައި އީކޯސިސްޓަމްތަކާއި އެޕްލިކޭޝަންތައް ތަރައްގީ ކުރުމަށް މަގުފަހިވެ، ޑޭޓާ ސެކިއުރިޓީގެ ފިޔަވަޅުތައް ހަރުދަނާ ކުރެވޭނެ އެވެ.

އެކްސެލެރޭޓެޑް ކޮމްޕިއުޓިން އިންޓަގްރޭޓް ކުރުމުގެ ފުރުސަތު ނުވަތަ އަމިއްލަ އަށް ހޯސްޓް ކުރުމުގެ ފުރުސަތު ލިބިގެންދާނެ އެވެ. މިކަމުގެ ސަބަބުން ކަސްޓަމަރުންނަށް އެންމެ ހަރުދަނާ އަދި ތަރުތީބުކުރެވިފައިވާ އޭއައި ޕްރޮސެސްކުރުމުގެ ގާބިލުކަން ޔަގީންވެގެންދެ އެވެ.

މި މަސައްކަތުގެ ސަބަބުން އެންމެ ޒަމާނީ އޭއައި ކްލައުޑް ޕްލެޓްފޯމަކުން ކަސްޓަމަރުން ބާރުވެރިކުރުވައި، އިގްތިސާދީ ކުރިއެރުމާއި ވަޒީފާ އުފެއްދުމާއި އުފެއްދުންތެރި އައު ޓެކްނޮލޮޖީގެ އީޖާދުކުރުމަށް މި ސަރަޙައްދުތަކުގައި މަގުފަހިވެގެންދާނެ އެވެ.

މީގެއިތުރުން އުރީދޫއިން ކޮންމެ ގައުމެއްގެ ސްޓޭކްހޯލްޑަރުންނާ ގުޅިގެން، އެ ގައުމެއްގެ ބޭނުންތަކާ އެއްގޮތަށް އޭ.އައި.ގެ ލަނޑުދަނޑިތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox