ޝޯގެ އަނިޔާގެ ވާހަކައާ އެކު ޓެން ހާގަށް ސައުތުގޭޓްގެ ރައްދެއް

Jun 24, 2024, 6:56 AM
ޝޯގެ އަނިޔާގެ ވާހަކައާ އެކު ޓެން ހާގަށް ސައުތުގޭޓްގެ ރައްދެއް

ލަންޑަން (ޖޫން 24) - މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯ އަށް ޔޫރޯގެ ގްރޫޕް ސްޓޭޖުގައި ނުކުޅެވޭނެ ކަމަށް އެ ޓީމުގެ ކޯޗު އެރިކް ޓެން ހާގު ބުނެފައިވަނިކޮށް، އެ އަށް ރައްދު ދީ އިންގްލެންޑްގެ ކޯޗު ގަރެތު ސައުތުގޭޓް ވާހަަކަ ދައްކައިފި އެވެ.

ޔުނައިޓެޑްގެ ކޯޗު ޓެން ހާގް ވަނީ އިންގްލެންޑުން ގްރޫޕް ސްޓޭޖުގައި ކުޅޭ މެޗުތަކުގައި ޝޯ ފެނުމުގެ ފުރުސަތު ނެތް ކަމަށް ބުނެފަ އެވެ.

ގްރޫޕް ސްޓޭޖުގައި އިންގްލެންޑުން ކުޅުނު ފުރަތަމަ ދެ މެޗުގައި އަނިޔާގެ ސަބަބުން ލޫކް ޝޯ ކުޅެފައިނުވެ އެވެ. ޓީމު ޓްރެއިނިންތަކުގައި ވެސް ޝޯ މާ ރަނގަޅަށް ބައިވެރިނުވެ އެވެެ. އެކަމަކު، ފަހު މެޗުގައި އޭނާ ކުޅުމުގެ ފުރުސަތު އެބައޮތް ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

އަނިޔާއިން ސަލާމަތްވެ, ޝޯ އަންނަނީ އިންގްލެންޑްގެ ޓީމާ އެކު، މިހާރު ފަރިތަކުރުންތަކުގައި ބައިވެރިވަމުންނެވެ.

ފެބްރުއަރީ މަހުން ފެށިގެން އަނިޔާގެ ސަބަބުން ޝޯ މެޗެއް ކުޅެފައިނުވާއިރު، ސައުތުގޭޓް ބުނީ އިންގްލެންޑުގެ ސްކޮޑުގައި މިހާރު ތިބި ކުޅުންތެރިންނަކީ އެ ކުޅުންތެރިން ކުޅޭ މަގާމަށް ބަލާއިރު އެންމެ މޮޅެތި ކުޅުންތެރިން ކަމަށެވެ.

"މި ސްކޮޑު ވަރަށް ބެލެންސް. މިހާރު ސްކޮޑުގައި މިތިބި ކުޅުންތެރިންނަށް ބަލާއިރު, މި ތިބީ އެއް ފެންވަރެއްގައި ކުޅޭ ކުޅުންތެރިން" ސައުތުގޭޓް ބުންޏެވެ.

ޝޯ އަކީ އިންގްލެންޑް ޓީމުގައި ވާތު ބެކަށް ކުޅެން ނެގި ކުޅުންތެރިޔާ އެވެ. އެކަމަކު، އޭނާ ފިޓްނުވާތީ، ސައުތުގޭޓް އަންނަނީ އެ މަގާމަށް އެހެން ކުޅުންތެރިން ބޭނުންކުރަމުންނެވެ. އޭގެ ތެރެއިން އެއް ކުޅުންތެރިއަކީ ކަނާތު ބެކަށް އާންމުކޮށް ކުޅޭ ކިއެރަން ޓްރިޕިއޭ އެވެ.

އިންގްލެންޑް ޓީމަށް ކުރިން ކުޅެފައިވާ ލެޖެންޑުން ދެކޭގޮތުގައި، ސައުުތުގޭޓް މި ފަހަރުގެ ޔޫރޯ އަށް ސްކޮޑު ނެގީ އެންމެ ރަނގަޅަށް ބަލާފައި، ނެގެން އޮތް އެންމެ ރަނގަޅު ކުޅުންތެރިން ނޫން ކަމަށެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox