އެމެރިކާގައި ފަލަސްތީނު ކުއްޖަކު މަރާލަން އުޅުނު އަންހެނަކަށް ދައުވާކޮށްފި

އެމެރިކާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ކަންކަމާ ދެކޮޅަށް އިހުތިޖާޖު ކުރުން -- ފޮޓޯ: ރޮއިޓާސް

އެމެރިކާގައި މުސްލިމުންނާ ދެކޮޅަށް ހިންގާ ކަންކަމާ ދެކޮޅަށް އިހުތިޖާޖު ކުރުން -- ފޮޓޯ: ރޮއިޓާސް

އެމެރިކާގެ ޓެކްސަސްގައި ފަލަސްތީނުގެ ތިން އަހަރުގެ ތުއްތު އަންހެން ކުއްޖަކު މަރާލަން އުޅުނު އަންހެނަކަށް ދައުވާކޮށްފި އެވެ.

އެމެރިކަން އިސްލާމިކް ރިލޭޝަންސް ޓެކްސަސްއިން ބުނީ މެއި 19، ގައި ހިނގި މި ހާދިސާގައި އެލިޒަބެތު ވޮލްފް، 42، ނަމަކަށް ކިޔާ އަންހެނަކު ތުއްތު ކުއްޖާ މަރާލަން އުޅުނީ އާއިލާއާއެކު އުޅެނިކޮށް، ސްވިމިން ޕޫލަކަށް ގަންބާލައިގެންނެވެ.

ނަމަވެސް އެ ކުއްޖާގެ މަންމަ ވަނީ ސްވިމިން ޕޫލަށް ފުންމާލައި، އެ ތުއްތު ކުއްޖާ ސަލާމަތް ކޮށްފައި ކަމަށް އެ ކައުންސިލުން ބުނެ އެވެ.

"އެ ތުއްތު ކުއްޖާ ޕޫލަށް ދިޔައީ އޭނާގެ މަންމައާއި ހަ އަހަރުގެ ބޭބެއާއެކު. ކުއްލިއަކަށް އަންހެނަކު އެތަނަށް އައިސް ބުރުގާ އަޅައިގެން ހުރި ތުއްތު ކުއްޖާގެ މަންމައާ ދިމާލަށް އެއްޗެހި ގޮވުމަށްފަހު ޕޫލަށް ފުންމާލައި ކުއްޖާ ގަންބާލަން އުޅުނު. ނަމަވެސް ކުއްޖާގެ މަންމަ ވަނީ އެ ކުއްޖާ ސަލާމަތްކޮށްފައި،" ސިވިލް ރައިޓްސް ގްރޫޕުން ބުންޏެވެ.

ހާދިސާ ހިނގިތާ މާ ގިނައިރުތަކެއް ނުވަނީސް ފުލުހުން އެ ތަނަށް ގޮސް ވޮލްފް ވަނީ ހައްޔަރު ކޮށްފަ އެވެ.

ތުއްތު ކުއްޖާގެ މަންމަ ބުނީ އޭނާއަކީ ފަލަސްތީނަށް ނިސްބަތްވިޔަސް މިހާރު އެމެރިކާ މީހެއް ކަމަށާއި ނަމަވެސް މިހާރު އެމެރިކާގައި ވެސް އޭނާގެ އާއިލާއަށް ރައްކާތެރިކަން އޮތްކަމާމެދު ސުވާލު އުފެދޭ ކަމަށެވެ.

"ދަރިފުޅަށް ވަނީ ވަރަށް ބޮޑަށް އަސަރުކޮށްފައި. ކޮޓަރީގެ ދޮރު ހުޅުވިޔަސް ކުއްޖާ ހީކުރަނީ އެ އަންހެން މީހާ އެ ކުއްޖާ ގަންބާލަން އަންނަ ކަމަށް،" ކުއްޖާގެ މަންމަ ބުންޏެވެ.

މިކަމާ ގުޅިގެން ޓެކްސަސް ހައުސް އޮފް ރިޕްރެޒެންޓޭޓިވްސްގެ މެންބަރު ވިދާޅުވީ އެ ހާދިސާއާ ގުޅިގެން ކަންބޮޑުވާ ކަމަށާއި އެއްވެސް ނަސްލަކާ ދެކޮޅަށް ޓެކްސަސްގައި ނޫޅެވޭނެ ކަމަށެވެ.

އިޒްރޭލުން ގާޒާގައި ހިންގަމުންދާ ގަތުލްއާންމުގައި މިހާތަނަށް 37،000 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަކުދިންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިންފްލުއެންސަރަކު މަރުވުމުން ޔޫޓިއުބަރަކު ހައްޔަރުކޮށްފި

އިންޑިއާގެ މަޝްހޫރު ފައިނޭންސް އިންފްލުއެންސަރެއް ކަމަށްވާ ހަރިޝް އަމިއްލައަށް މަރުވުމާ ގުޅިގެން، އޭނާއަށް އިންޓަނެޓް މެދުވެރިކޮށް ފުރައްސާރަކޮށް ފައިސާ އަތުލަން އުޅުނު ކަމުގެ ތުހުމަތުގައި ޔޫޓިއުބަރަކު ހައްޔަރުކޮށްފިއެވެ. މި ހާދިސާއާ ގުޅިގެން ސޯޝަލް މީޑިއާގައި މާލީ އިރުޝާދުދޭ މީހުންގެ ނުފޫޒާއި އެފަދަ ފަރާތްތަކަށް ކުރިމަތިވާ ބުލީންގެ މައްސަލަތަކާ މެދު އިންޑިއާގައި ބޮޑު ބަހުސެއް ވަނީ އުފެދިފައެވެ.

އެއާޕޯޓަކާއި ތެޔޮ ފެސިލިޓީއަކަށް ދިން ހަމަލާގައި ހަތަރު މަރު

ޔަމަނުގެ ހޫތީން ސައުދީ އަރަބިއްޔާގެ އެއާޕޯޓަކަށާއި ތެޔޮ ފެސިލިޓީއަކަށް ދިން ޑްރޯން އަދި މިސައިލް ހަމަލާތަކެއްގައި ތަފާތު ގައުމުތަކަށް ނިސްބަތްވާ ހަތަރު މީހަކު މަރުވެ، އަށް މީހަކު ޒަޚަމްވެއްޖެއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ދައްމާމްގައި ހުންނަ ކިންގް ފަހުދު އެއާޕޯޓަށާއި އަރާމްކޯގެ ތެޔޮ ފެސިލިޓީއަކަށް ކަމަށްވާއިރު، ސައުދީ ކޯލިޝަނުން ވަނީ އިތުރު ހަމަލާތަކެއް ވައިގެ ތެރޭގައި ނާކާމިޔާބުކޮށްލާފައެވެ.

ދެކުނު ކޮރެއާގެ ސެލެބްރިޓީ މިޔަރު އަނެއްކާވެސް ބަނދަރު ތެރޭގައި

ދެކުނު ކޮރެއާގެ ބޫސާން ބަނދަރުގައި ތާށިވެފައި އޮތް "ބުކަންގީ" ނަމަކަށް ކިޔާ މިޔަރު، ކަނޑަށް ނެރުނުތާ އެއްދުވަސް ތެރޭގައި އަނބުރާ ބަނދަރަށް ވަދެފި. ފެން ހޫނުވުމާއި ކާނާ ގިނަވުމުގެ ސަބަބުން އެ ސަރަހައްދަށް ވަން މި މިޔަރު ބަލަން ގިނަ ބަޔަކު ޒިޔާރަތްކޮށްފައިވާއިރު، މިޔަރު އެހެން ތަނަކަށް ބަދަލުކުރުމުގެ އޮޕަރޭޝަނެއް މިހާރު ވަނީ ތާވަލުކޮށްފަ.

ސެކިއުރިޓީ ރިސްކާ ހެދި ބޮޑެތި ވެބްސައިޓްތައް އޮފްލައިންކޮށްފި

ދުނިޔޭގެ ބޮޑެތި އިދާރާތަކާއި ސަރުކާރުތަކުގެ ވެބްސައިޓްތައް ވަގުތީ ގޮތުން އޮފްލައިންކުރީ އޭއައިއިން ދެނެގަތް ޕީއެޗްޕީ ޕްރޮގްރާމިން ލެންގުއޭޖުން ފާހަގަވި ނުރައްކާތެރި ސެކިއުރިޓީ މައްސަލަތަކަކާ ގުޅިގެން މި މައްސަލަ ހައްލުކުރުމަށް ސެކިއުރިޓީ އަޕްޑޭޓްތައް ވަނީ ނެރެފަ.

ހަފުތާއެއް ފަހުން ކުރަފި ޕާޓީގެ ދެ ލީޑަރުން ޖަލުން މިނިވަންކޮށްފި

އިންޑިއާގެ ދިއްލީގައި މުޒާހިރާކުރުން މަނާ ސަރަހައްދަކަށް ވަދެގަތް މައްސަލައިގައި ހައްޔަރުކުރި "ކޮކްރޯޗް ޖަންތާ ޕާޓީ" (ސީޖޭޕީ) ގެ ދެ ލީޑަރުން ހައްޔަރުކުރީ އިންޑިއާގެ އިލެކްޝަން ކޮމިޝަނަރު އިސްތިއުފާ ދެއްވުމަށް ގޮވާލައި މުޒާހިރާ ކުރަނިކޮށް ކަމަށްވާއިރު، ސީޖޭޕީއަކީ ޒުވާނުންގެ ހައްގުތަކަށް ވަކާލާތުކުރާ ނުރަސްމީ ސިޔާސީ ހަރަކާތެއް.

އެމެރިކާ-އިންޑިއާ ވިޔަފާރި އެއްބަސްވުން ފައިނަލްކުރަން ގާތްވެއްޖެ

އެމެރިކާ އާއި އިންޑިއާއާ ދެމެދު އޮތް ވިޔަފާރީގެ ހިޔާލުތަފާތުވުންތައް ނައްތާލައި، އާ އެއްބަސްވުމެއްގައި ސޮއިކުރުމުގެ މަސައްކަތް ފައިނަލް މަރުހަލާއަށް ދިޔުމާ ގުޅޭގޮތުން ދެ ގައުމުގެ އިސްވެރިން މަޝްވަރާކުރައްވައިފިއެވެ. މީގެ އިތުރުން ހަކަތަ އާއި ދިފާއީ ދާއިރާއިން ގުޅުން ބަދަހިކުރުމަށާއި، ޔޫއޭއީއާ އެކު ސަރަހައްދީ އިގްތިސާދީ މަސްލަހަތުތައް ކުރިއެރުވުމަށް ވެސް މި ބައްދަލުވުމުގައި ވަނީ މަޝްވަރާކޮށްފައެވެ.

ހަމަނުޖެހުން ހިންގަނީ މުސްލިމުން ކަމަށް ވިދާޅުވުމުން ރައްދުދީފި

ފްރާންސްގައި ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ މުސްލިމް ހިޖުރަވެރިންގެ ބޮލުގައި އަޅުވައި ޓްރަމްޕް ދެއްކެވި ވާހަކަތަކަށް ރައީސް މެކްރޮން ވަނީ ވަރުގަދަ ރައްދެއް ދެއްވާފައެވެ. މެކްރޮން ވިދާޅުވީ ބޭރުގެ ލީޑަރުން ފްރާންސްގެ ދާޚިލީ ކަންކަމުގެ ނާޖާއިޒު ފައިދާ ނަގައިގެން ދޮގު މައުލޫމާތު ފަތުރަމުންދާ ކަމަށާއި، އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.

Newsletter

Get the latest news delivered straight to your inbox