ފުލްކްރޫގްގެ ލަނޑުން ސްވިޒަލެންޑް އަތުން ޖަރުމަނު ސަލާމަތްވެއްޖެ

Jun 23, 2024, 8:56 PM
ޖަރުމަނުގެ ފުލްކްރޫގް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ޖަރުމަނުގެ ފުލްކްރޫގް ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.

ފްރޭންކްފާޓް (ޖޫން 24) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ އިތުރު ވަގުތުގައި ޖަރުމަނުގެ ނިކްލަސް ފުލްކްރޫގް ޖެހި ގޯލުން 1-1 އިން އެއްވަރުކޮށް، ސްވިޒަލެންޑް އަތުން ބަލިނުވެ ޖަރުމަނު ސަލާމަތްވެއްޖެ އެވެ.

ޖަރުމަނާ ދެކޮޅަށް އެންމެ ފަހުން ކުޅުނު ހަަތަރު މެޗުން ވެސް ސްވިޒަލެންޑު ބަލިވެފައިނުވެ އެވެ. އެކަމަކު، ފަހު ވަގުތު ޖެހި ގޯލުން ހޯދި ޕޮއިންޓާ އެކު ޖަރުމަނު ވަނީ ގްރޫޕް އޭގެ އެއް ވަނަ ހޯދައިފަ އވެ.

ގްރޫޕް އޭގެ އެއް ވަނަ ޖަރުމަނުން ހޯދީ ހަތް ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްވިޒަލެންޑަށް ފަސް ޕޮއިންޓް ލިބިފައިވެ އެވެ. ހަންގޭރީން ވަނީ 1-0 އިން، ސްކޮޓްލެންޑް ބަލިކޮށް ގްރޫޕްގެ ތިން ވަނަ ހޯދައިފަ އެވެ. ގްރޫޕްގެ ފުލުގައި ނިންމާލީ އެއް ޕޮއިންޓާ އެކު ސްކޮޓްލެންޑް އެވެ. އެންމެ ރަނގަޅު ނަތީޖާ ނެރުނު ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން ގަދަ 16 އަށް ދިއުމުގެ ފުރުސަތު ހަންގޭރީ އަށް އެބައޮތެވެ.

މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ވެސް ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، ޖަރުމަނުން ވަނީ 17 ވަނަ މިނިޓްގައި ރޮބާޓް އަންޑްރިޗްގެ ގޯލުން ލީޑުނަގައިފަ އެވެ. އެކަމަކު، އޭރިއާބޭރުން އަންޑްރިޗް ޖެހި ގޯލު ބަލައިނުގަންނަން ނިންމީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލިއިރު، އެ އެޓޭކުގައި ޖަރުމަނުގެ ޖަމާލް މުސިއާލާ ބޯޅަ އަށް އެރިއިރު، ސްވިޒަލެންޑްގެ މިޗެލް އަބީޝޭ އަށް ފައުލުކޮށްފައިވާތީ އެވެ.

އޭގެ 10 ވަަރަކަށް މިނިޓް ފަހުން، ސްވިޒަލެންޑުން ވަނީ އެ ޓީމުން ކުރި ފުރަތަމަ ރަނގަޅު އެޓޭކުގައި ލަނޑު ޖަހައި ލީޑުނަގައިފަ އެވެ. މި ލަނޑު ޖެހީ، ޑޭން އެންޑޯއި އެވެ. މިއީ، އޭރިއާތެރެއިން ސްވިޒަލެންޑްގެ ރެމޯ ފްރެއުލާ ނަގައިިދިން ބޯޅައަކުން ވެއްޓިގެންފައި، އެންޑޯއި ޖެހި ލަނޑެކެވެ. މިއީ ގައުމީ ޓީމަށް އެންޑޯއި ޖެހި ލަނޑެކެެވެ.

ލީޑުނެގިތާ ކުޑައިރުކޮޅެއް ފަހުން، އެންޑޯއި ވަނީ ދެ ވަނަ ލަނޑެއް ޖަހައިދިނުމާ ގާތަށް ޖެހިލައިފަ އެެވެ. އޭރިއާތެރެއިން އެންޑޯއި ޖެހި ބޯޅަ ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ އަތުގައި ޖެހިފައި ދިޔައީ ބޭރަށެވެ.

ދެ ވަނަ ހާފު ފަށައިގެން، ހަތަރު ވަނަ މިނިޓްގައި މުސިއާލާ ޖެހި ޝޮޓެއް ސްވިޒަލެންޑުގެ ކީޕަރު، ޔެން ސޮމާ ވަނީ މަތަކޮށްފަ އެވެ. އޭގެ އިރުކޮޅެއް ފަހުން، ކްރޫސް އޭރިއާބޭރުން ޖެހި ބޯޅަ ދިޔައީ ބޭރުންނެވެ.

މެޗުގެ 70 ވަނަ މިނިޓްގައި ޖަރުމަނުގެ ޔޯސުއާ ކިމިކް އަށް ރަނުގެ ފުރުސަތެއް ލިބުނެވެ. ޖަރުމަނުގެ ފްލޯރިއަން ވާޓްޒް ދިން ބޯޅައެއް ކޮންޓްރޯލް ކުރުމަށް ފަހު، ކިމިކް ޖެހި ބޯޅަ ގޯލާ ހަމައަށް ދިއުމުގެ ކުރިން ސްވިޒަލެންޑްގެ ޑިފެންޑަރު މެނުއަލް އަކަންޖީ ވަނީ ބްލޮކްކޮށްފަ އެވެ.

ސްވިޒަލެންޑުން ވަނީ މެޗުގެ 82 ވަަނަ މިނިޓްގައި ލަނޑެއް ޖަހައިފަ އެވެ. ބަދަލަކަށް ކުޅެން އެރި ރުބެން ވާގާސް ޖެހި ގޯލު ވަނީ އޮފްސަައިޑް ކަމަށް ނިންމައިފަ އެވެ. އޭގެ ފަހުން، ޖަރުމަނުގެ ކައި ހަވާޓްޒް ކޯނަރެއްގައި އައި ބޯޅައަކުން ބޮލުން ޖަހަން މަސައްކަތް ކުރި ބޯޅަ ރަނގަޅަށް ފޮނުވާނުލެވުނެވެ.

މެޗުގެ 88 ވަނަ މިނިޓްގައި ސްވިޒަލެންޑްގެ ކެޕްޓަން، ގްރޭނިޓް ޝަކާ ޖެހި ބާރު ޝޮޓެއް ޖަރުމަނުގެ ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފަ އެވެ.

ޖަރުމަނުން އެއްވަރުުކުރީ މެޗުގެ އިތުރު ވަގުތުގެ ފުރަތަމަ މިނިޓްގައި ނިކްލަސް ފުލްކްރޫގް ޖެހި ގޯލުންނެވެ. މިއީ ޑޭވިޑް ރައުމް ނަގައިދިން ހުރަހަކުން ފުލްކްރޫގް ޖެހި ލަނޑެކެވެ. މި ދެ ކުޅުންތެރިން ވެސް ކުޅެން އެރީ ބަދަލެއްގެ ގޮތުގަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox