ބުރު ބަލިކޮށް އޮޑި މޮޅަކާ އެކު މުބާރާތް ނިންމައިލައިފި

އޮޑި ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

އޮޑި ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

އެފްއޭއެމް 19 އަހަރުން ދަށުގެ ޔޫތު ޗެމްޕިއަންޝިޕުގައި ބުރު ސްޕޯޓްސް ކުލަބްގެ މައްޗަށް 6-3 ގެ ނަތީޖާ އަކުން ކުރިހޯދައި އޮޑި ސްޕޯޓްސް ކުލަބުން މޮޅަކާ އެކު މުބާރާތް ނިންމާލައިފި އެވެ.

މިއަދު ހަވީރު ކުޅުނު މެޗުން ޓީސީ ސްޕޯޓްސް ކްލަބާއި ސުޕަ ޔުނައިޓެޑް ސްޕޯޓްސް (ސަސް) އެއްވަރުވުމުން އެ ދެ ޓީމަށް ވަނީ ސެމީ ފައިނަލުގެ ޖާގަ ކަށަވަރުވެފަ އެވެ. އެ ދެ ޓީމުން ކުރެ އެއްވެސް ޓީމެއް ބަލިވިނަމަ، މިރޭ އޮޑި ނެރުނު ނަތީޖާ އިން އެ ޓީމަށް ސެމީ އަށް ދެވޭނެ އެވެ.

ގްރޫޕް އޭގެ ހުރިހާ މެޗެއްގެ ކުޅުން ނިމުނުއިރު، ގްރޫޕް އޭ ގެ އެއް ވަނަ ހޯދި ސަސް އާއި ދެ ވަނަ އަށް ދިޔަ ޓީސީ އަށް ވަނީ ފަސް ޕޮއިންޓް ލިބިފަ އެވެ. ތިން ވަނަ އަށް ދިޔަ އޮޑި އަށް ވަނީ ހަތަރު ޕޮއިންޓް ލިބިފަ އެވެ. އަދި ގްރޫޕްގެ ފުލަށް ދިޔަ ބުރު އަށް ލިބުނީ އެންމެ ޕޮއިންޓެކެވެ.

ގަލޮޅު ދަނޑުގައި މިރޭ ކުޅުނު މި މެޗު ފަށައިގެން 15 ވަނަ މިނެޓުގައި ބުރުން ވަނީ ގޯލު ޖަހައި ލީޑު ނަގައިފަ އެވެ. މިއީ، އަޒްހާދް މުހައްމަދު ޒާހިދު އޭރިއާ ތެރެއަށް ހުސްކޮށްލި ބޯޅައަކަށް އަރައި ބުރުގެ ހަސަން ނާއިމް ކީޕަރު، ޒަހުރާން ހަސަން ޒިޔާދު ކައިރިން ނައްޓާލުމަށް ފަހު ހުސް ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެން ކާމިޔާބުކުރި ލަނޑެކެވެ.

އޮޑި ޓީމުގެ ކުޅުންތެރިން ލަނޑު ޖެހުމަށް ފަހު އުފާފާޅުކުރަނީ.--- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

އެކަމަކު، އޭގެ ތިން މިނެޓު ފަހުން އޮޑިން ވަނީ ގޯލު ޖަހާ ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އެ ޓީމަށް ޖަހައިދިނީ ކެޕްޓަން ޔޫސުފް ސާއިފް އެވެ. އޭރިއާ ތެރޭގައި މުޅިން ހުސްކޮށްހުރެ ސާއިފް ފޮނުވާލި ބޯޅަ އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ.

އެކަމަކު މެޗުގެ 32 ވަނަ މިނެޓުގައި ބުރުގެ ނާއިމް ވަނީ އިތުރު ގޯލެއް ޖަހާ އަލުން ލީޑު އެ ޓީމަށް ނަގާދީފަ އެވެ. މިއީ އޭރިއާ ބޭރުން ފޮނުވާލި ބާރު ހަމަލާ އެއް ގޯލުގެ މަތީ ކަނަށް އަމާޒުކޮށްލައިގެން ނާއިމް ކާމިޔާބުކުރި ގޯލެކެވެ.

މެޗުގެ 42 ވަނަ މިނެޓުގައި އޮޑިން ވަނީ އަލުން ނަތީޖާ ހަމަހަމަ ކޮށްފަ އެވެ. މި ގޯލު އޮޑި އަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ޖޫދު އަޝްފާގް އެވެ.

ފުރަތަމަ ހާފު ނިމުމުގެ ކުރިން އޮޑިން ވަނީ އެ ޓީމު ކޮޅަށް ނަތީޖާ އަނބުރަލައިފަ އެވެ. ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި މި ގޯލު އޮޑި އަށް ކާމިޔާބު ކޮށްދިނީ މުހައްމަދު ސުއާން ޝަމްއޫން އެވެ.

މިރޭގެ މެޗުގެ ތެރެއިން އޮޭޑި ޓީމުގެ ސާއިފް ބޯޅަ ފޮނުވާލަނީ.--- ފޮޓޯ: ނައުޝަމް ވަހީދު / އިމޭޖަސް.އެމްވީ

މެޗުގެ 62 ވަނަ މިނެޓުގައި އޮޑިން ވަނީ އިތުރު ގޯލެއް ޖަހާ ލީޑު ފުޅާކޮށްފަ އެވެ. މި ގޯލަކީ ބުރުގެ އަދްޔާން އާދަމް ރަޝީދު އަތުން ބައިކޮޅަށް ވަން ގޯލެކެވެ. އަދި އޭގެ ތިން މިނެޓު ފަހުން އޮޑީގެ ޒާދް މުހައްމަދު ހާލިދް އޭރިއާ ބޭރުން ވަނީ ހިތްގައިމު ގޯލެއް ޖަހާ އޮޑީގެ ލީޑު އިތުރަށް ފުޅާކޮށްފަ އެވެ.

މެޗުގަ އޮޑިން ޖެހި ހަވަނަ ގޯލު މެޗު ނިމެން ހަތަރު މިނެޓަށްވެފައި ވަނިކޮށް ޖެހީ ނައްސާހް އިބްރާހީމް ނާސިރު އެވެ. މިއީ އޭރިއާ ތެރެއަށް މުޅިން ހުސްކޮށް ވަދެ, މަޑު މަޑުން ގޯލުގެ އަރިމަތީ ދާގަނޑަށް ވައްދާލައިގެން ނަސާހް ޖެހި ގޯލެކެވެ.

އެކަމަކު މެޗުގެ އިތުރު ވަގުތުގައި ބުރުގެ އަހުމަދު ނާސިހް އަމީން ގޯލު ޖަހާ ފަރަގު ކުޑަކުރި އެވެ.

ޔޫތު ޗެމްޕިއަންޝިޕްގައި މާދަމާ އޮތީ ގްރޫޕް ބީގެ ފަހު މެޗުތަކެވެ. ހަވީރު ކުޅޭ މެޗުގައި މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަނުން ބައްދަލުކުރާނީ ޔުނައިޓެޑް ވިކްޓަރީއާ އެވެ. މާދަމާރޭގެ މެޗުގައި ބައްދަލުކުރާނީ މުބާރާތުގެ ކުރީގެ ދެ ޗެމްޕިއަނުން ކަމަށްވާ ކްލަބް ގްރީން ސްޓްރީޓްސް އާއި ކްލަބް އީގަލްސް އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox