ތަގައްޔަރުވެފައިވާ ބަނގުރާ ބުއި 54 މީހަކު އިންޑިއާގައި މަރުވެއްޖެ

އިންޑިއާގައި އުފައްދާފައިވާ ބަނގުރާ ފުޅިއެއް މީހަކު ހިފައިގެން: އިންޑިއާގައި ތައައްޔަރުވެފައިވާ ބަނގުރާ ބުއި 54 މީހުން ވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓާސް

އިންޑިއާގައި އުފައްދާފައިވާ ބަނގުރާ ފުޅިއެއް މީހަކު ހިފައިގެން: އިންޑިއާގައި ތައައްޔަރުވެފައިވާ ބަނގުރާ ބުއި 54 މީހުން ވަނީ މަރުވެފައި -- ފޮޓޯ: ރޮއިޓާސް

އިންޑިއާގެ ތަމިލްނާޑޫ ސްޓޭޓުގައި ތަގައްޔަރުވެފައިވާ ބަނގުރާ ބުއި 54 މީހުން މަރުވެ، ގިނަ ބަޔަކަށް ހޮސްޕިޓަލުގައި އެޑްމިޓުކޮށްގެން ފަރުވާ ދޭން ފަށައިފި އެވެ.

މިދިޔަ ބުދަ ދުވަހުން ފެށިގެން ތައައްޔަރުވެފައިވާ ބަނގުރާ ބޮއެގެން ހާލުދެރަވި 200 އެއްހާ މިހުން ހޮސްޕިޓަލުތަކަށް ގެންގޮސްފައިވާއިރު، 100 މީހުންނަށް މިހާރު ވެސް އަންނަނީ ފަރުވާ ދެމުންނެވެ.

މި ބަނގުރާ ބޮއެގެން މަރުވި މީހުންގެ ތެރޭގައި ހިމެނެނީ 48 ފިރިހެނުންނާއި ހަ އަންހެނުންނެވެ. އެމީހުން މަރުވީ ހޮޑުލައި، ބަނޑުގައި ރިއްސުމުގެ އިތުރުން ބޭރަށް ހިންގައިގެން ފަރުވާ ދެމުން ދަނިކޮށެވެ.

ރިޕޯޓްތައް ބުނާ ގޮތުން ތަގައްޔަރުވެފައިވާ ބަނގުރާ ވިއްކަމުން ދިޔައީ ގަވާއިދާ ހިލާފަށެވެ. އަދި އެ ބަނގުރަލަށް ހުރީ ބާރުގަދަ ކެމިކަލެއް ކަމަށްވާ "މެތަނަލް" ބޭނުން ކޮށްފަ އެވެ.

މެތަނަލްގެ ކުޑަ މިންވަރެއް ބޭނުންކޮށްފައި ހުންނަ އުފެއްދުންތަކުން ލޯ އަނދިރިވެ، ލިވާއަށް ބޮޑެތި ގެއްލުންތައްވުމުގެ އިތުރުން ފުރާނައަށް ނުރައްކާވެ އެވެ.

މި މައްސަލައާ ގުޅިގެން މިހާތަނަށް ހަތް މީހުން ހައްޔަރުކޮށް، ތައައްޔަރުވެފައިވާ ކަމަށް ތުހުމަތު ކުރެވޭ 200 ލީޓަރުގެ ބަނގުރާ ވަނީ އަތުލައިގަނެފަ އެވެ.

ތަމިލްނާޑޫގައި މިދިޔަ އަހަރު ވެސް ތަގައްޔަރުވެފައިވާ ބަނގުރާ ބޮއެގެން ގިނަ ބަޔަކު މަރުވި އެވެ. އަދި 2020 ގައި އެ ސްޓޭޓުގައި ތައައްޔަރުވެފައިވާ ބަނގުރާ ބުއި 120 މީހުން ވަނީ މަރުވެފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

މި އަހަރު ވެސް ސުލްހައިގެ އިނާމު ނުލިބުމުން ޓްރަމްޕްގެ ނުރުހުން

މި އަހަރުގެ ނޯބެލް ސުލްހައިގެ އިނާމު ނަވީ ޕިއްލޭއަށް ދިނުމަށް ނިންމި ނިންމުމަކީ "ލަދުވެތި" ނިންމުމެއް ކަމަށް ސިފަކުރައްވައި، އެ އިނާމު ލިބިވަޑައިނުގެންނެވުމުން ޑޮނަލްޑް ޓްރަމްޕް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ. ނޯބެލް ކޮމިޓީން މި އިނާމު ޕިއްލޭއަށް ދިނީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމު ކުރިއެރުވުމަށާއި އިންސާފު ހޯދައިދިނުމަށް އޭނާ ކުރެއްވި މުހިންމު މަސައްކަތްތަކުގެ އަގުވަޒަންކުރުމުގެ ގޮތުންނެވެ.

ޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި: ޔޫއޭއީ

ފްލައިދުބާއީގެ ބޯޓެއް ހައިޖެކްކޮށް އިޒްރޭލަށް ވައްޓާލަން އުޅުނު އޮމާންގެ ކޯ-ޕައިލެޓް ހަރުކަށި ފިކުރަށް ލެނބުނީ އޮސްޓްރޭލިއާގައި ކިޔަވަން އުޅުނު ދުވަސްވަރު ކަމަށް ޔޫއޭއީން ހާމަކޮށްފިއެވެ. ސެޕްޓެމްބަރު 11ގެ ހަމަލާތަކުން ހިތްވަރުލިބިގެން ކެޕްޓަނަށް ހަމަލާދިން މި ޕައިލެޓް ފަސިންޖަރުންގެ އެހީތެރިކަމާއެކު ވަނީ ހިފަހައްޓާފައެވެ. އޭނާ ހަރުކަށި ފިކުރުގެ ލިޔުންތަކާއި ޓެރަރިސްޓް ޖަމާއަތްތަކުގެ ވީޑިއޯތަކަށް ޝައުގުވެރިކަން އުފެދުނީ 2017 ވަނަ އަހަރުން ފެށިގެން ކަމަށް ތަހުގީގަށް ވަނީ އެނގިފައެވެ.

އައިސީސީ "ރޫޅާލުމަށް" ޓްރަމްޕްގެ ސަރުކާރުން ފިޔަވަޅު އަޅައިފި

އައިސީސީން އެމެރިކާގެ ރައްޔިތުންގެ މައްޗަށް ދައުވާ އުފުލަން މަސައްކަތްކުރާ ކަމަށް ބުނެ، އެ ކޯޓު "ރޫޅާލުމަށް" ޓްރަމްޕްގެ ސަރުކާރުން ވަރުގަދަ ދަތިކުރުމުގެ ފިޔަވަޅުތަކެއް އިއުލާންކޮށްފިއެވެ. މުޅި މުއައްސަސާއަށް އަމާޒުކޮށް އެޅި މި ފިޔަވަޅުތަކުގެ ސަބަބުން ކޯޓުގެ މާލީ ހިންގުމަށް ހުރަސްއެޅޭނެތީ، މިއީ ބައިނަލްއަގުވާމީ ގާނޫނީ ނިޒާމަށް ދިން ހަމަލާއެއްގެ ގޮތުގައި އދ. އާއި އައިސީސީން ވަނީ ސިފަކޮށްފައެވެ.

އަމްބާނީއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލެއް

އެލޮން މަސްކްގެ ސްޓާލިންކް ޚިދުމަތް އިންޑިއާއަށް ތައާރަފުކުރުމަށް ހުރަސްއަޅަނީ މުކޭޝް އަމްބާނީ ކަމަށް ތުހުމަތުކޮށް، އޭނާއަކީ އިންޑިއާގެ "އަސްލު ބޮސް" ތޯ މަސްކް ސުވާލު އުފައްދައިފިއެވެ. ނަމަވެސް އިންޑިއާ ސަރުކާރުން މި ތުހުމަތުތައް ދޮގުކުރާއިރު، އަމްބާނީގެ ރިލަޔަންސް އާއި އެއާޓެލްއިން ދަނީ ސްޓާލިންކާ ގުޅިގެން ޚިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ.

ދިއްލީ ބަންދުކޮށް އެތައް ހާސް ބަޔަކު ހައްޔަރުކޮށްފި

އިންޑިއާގެ އިލެކްޝަން ކޮމިޝަނުގެ އިސްވެރިޔާ އިސްތިއުފާ ދިނުމަށް ގޮވާލައި ޒުވާނުން ފެށި އިހުތިޖާޖު ހުއްޓުވުމަށްޓަކައި، ދިއްލީގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް ފުލުހުން އެތައް ހާސް ބަޔަކު ހައްޔަރުކޮށްފިއެވެ. ވޯޓުލާ މީހުންގެ ލިސްޓަށް ގެނައި ބަދަލުތަކާ ގުޅިގެން ކުރިއަށްގެންދާ މި ހަރަކާތް ހުއްޓުވުމަށް މުޅި ސަރަހައްދު ބަންދުކޮށް، މުވާސަލާތީ ހިދުމަތްތައް ކަނޑާލައި ގިނަ އަދަދެއްގެ ބަޔަކު ވަނީ ފުލުހުންގެ ބަންދަށް ގެންގޮސްފައެވެ.

ތެލުގެ އަގު ދަށްކުރަން އެމެރިކާއިން ރަޝިއާގެ ޑީސަލް އެތެރެކުރަނީ

އެމެރިކާގައި ތެލުގެ އަގު ދަށްކުރުމަށްޓަކައި ރަޝިއާއިން ޑީސަލް އެތެރެކުރުމަށް އެމެރިކާއިން ނިންމައި، ރަޝިއާގެ ޑީސަލް އެކްސްޕޯޓަށް އަޅާފައިވާ ބައެއް ފިޔަވަޅުތައް ވަގުތީގޮތުން ވަނީ ލުއިކޮށްދީފައެވެ. ނަމަވެސް، ޔޫކްރެއިންގެ ރައީސް ޒެލެންސްކީ މި ނިންމުމަށް ފާޑުވިދާޅުވެ، މިއީ ހަނގުރާމަ ދިގުދަންމަން ކުރެވޭ އިންވެސްޓްމަންޓެއްގެ ގޮތުގައި ސިފަކުރައްވާފައިވާއިރު، އިނގިރޭސިވިލާތުން ވަނީ ރަޝިއާއާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް ދަމަހައްޓާނެ ކަމަށް ބުނެފައެވެ.

ޕެރޫގެ އަވަށެއްގެ މޭޔަރުކަމަށް ހިޓްލަރު މުސޮލިނީ އިންތިހާބުވެއްޖެ

ސިމިއޯން އިންތިހާބުވީ 1،000 އަށްވުރެ މަދު މީހުން ދިރިއުޅޭ ސަރަހައްދެއްގެ މޭޔަރު ކަމަށް ވީނަމަވެސް، ދުނިޔޭގައި މަޝްހޫރުވި ދެ ފެސިސްޓް ޑިކްޓޭޓަރުންގެ ނަމުން އޭނާއަށް ނަން ދީފައިވުމުގެ ސަބަބުން، ބައިނަލްއަގުވާމީ މީޑިއާގެ ސަމާލުކަން އެ ގައުމުގެ އެ ކުޑަ އަވަށަށް ވަނީ ހުއްޓިފަ އެވެ.

Newsletter

Get the latest news delivered straight to your inbox