ސްވިޒަލެންޑަށް ކޮންމެ ނަތީޖާ އަކުން ވެސް ފަރުޖައްސާލެވިދާނެ

Jun 23, 2024, 4:56 AM
ސްވިޒަލެންޑަށް ކޮންމެ ނަތީޖާ އަކުން ވެސް ފަރުޖައްސާލެވިދާނެ

ފްރޭންކްފާޓް (ޖޫން 23) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި މިރޭ ޖަރުމަނާ ދެކޮޅަށް ނުކުންނަ މެޗުން ސްވިޒަލެންޑަށް ރަނގަޅު ކުޅުމަކާ އެކު ކޮންމެ ނަތީޖާ އަކުން ވެސް ފަރުޖައްސާލުމުގެ ފުރުސަތު އެބައޮތް ކަމަށް އެ ޓީމުގެ ކޯޗު މުރާތު ޔަކިން ބުނެފި އެވެ.

ގްރޫޕް އޭގެ ކޮންމެ ޓީމެއް ދެ މެޗު ކުޅެ، މިރޭ ފަހު މެޗުތަކަށް ނުކުންނައިރު، ޖަރުމަނު އެއް ވަނައިގައި އޮތީ ހަ ޕޮއިންޓާ އެކު އެވެ. ދެ ވަނައިގައި އޮތް ސްވިޒަލެންޑަށް ހަތަރު ޕޮއިންޓް ލިބިފައިވާއިރު، ތިން ވަނައިގައި އޮތް ސްކޮޓްލެންޑަށް އެއް ޕޮއިންޓް އަދި ފުލުގައި އޮތް ހަންގޭރީ އަށް ޕޮއިންޓެއް ނުލިބެ އެވެ.

ސްކޮޓްލެންޑަށް ގްރޫޕްގެ ގަދަ ދެ ޓީމުގެ ތެރޭގައި ހިމެނިގެންނާއި ހުރިހާ ގްރޫޕެއްގެ އެންމެ ރަނގަޅު ނަތީޖާ ނެރޭ ތިން ވަނަ ޓީމުތަކުގެ ތެރޭގައި ހިމެނިގެން، ވެސް ނޮކައުޓަށް ދިއުމުގެ ފުރުސަތު އެބައޮތެވެ.

ޖަރުމަނާ ދެކޮޅަށް މިރޭ ކުޅޭ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ޔަކިން ބުނީ، އަމާޒަކީ ރަނގަޅު ޓެކްޓިކަލީ ޕާފޯމަންސެއް ދެއްކުން ކަމަށެވެ.

"ފުރަތަމަ ދެ މެޗުގައި ވެސް އަހަރެމެންނަށް ނެރެވުނީ ޕޮޒިޓިވް ރިޒަލްޓެއް. އެހެންވެ، އަހަރެމެން މި އޮތް ހިސާބުގައި މި އޮތީ. ރަނގަޅު ހާލަތެއްގައި މި އޮތީ. ހަގީގަތަކީ އަހަރެމެން މި މެޗުން މޮޅުވާން ނުޖެހޭ. ފަރުޖައްސާލެވިދާނެ ކޮންމެ ނަތީޖާ އަކުން ވެސް،" ޔަކިން ބުންޏެވެ.

ސްވިޒަލެންޑަށް ގްރޫޕްގެ ދެ ވަނަ ގެއްލުމުގެ ފުރުސަތު އޮތީ، ޖަރުމަނު އަތުން ސްވިޒަލެންޑް ބަލިވެ، ސްކޮޓްލެންޑުން ހަންގޭރީ އަތުން މޮޅުވެއްޖެނަމަ އެވެ. ޔަކިން ބުނީ އެހެން މެޗެއްގެ ސްކޯ އަށް ނުބަލައި އޭނާ ބޭނުންވަނީ ރަނގަޅު ކުުޅުމެއް ދައްކައި، ރޭވުންތަކާ އެއްގޮތަށް މެޗު ފުރިހަމަ އަށް ނިންމާލުމަށް ކަމަށެވެ.

ޖަރުމަނާ ދެކޮޅަށް އެންމެ ފަހުން ސްވިޒަލެންޑުން ކުޅުނު ތިން މެޗުން ވެސް ބަލިނުވެ އެވެ. އެއް މެޗުން މޮޅުވިއިރު، ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖުގެ އެންމެ ފަހު މެޗުން ސްވިޒަލެންޑް ބަލިނުވާތާ މިހާރު އަށް މެޗު ވަނީ ނިމިފަ އެވެ. ސްވިޒަލެންޑް، އެންމެ ފަހުން ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖުގެ ފަހު މެޗުން ބަލިވީ، 2004 ގެ ޔޫރޯގެ ގްރޫޕް ފަހު މެޗުގައި ފްރާންސް އަތުންނެވެ.

ސްވިޒަލެންޑާއި ޖަރުމަނު ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox