ޔޫރޯގެ މެޗަކުން ބަލިވުމަކީ ޖޯޖިއާ އަށް ހުރިހާ ކަމެއް ނިމުނީއެއް ނޫން

Jun 22, 2024, 2:57 AM
ޖޯޖިއާގެ ކޯޗު ސަންޔޯލް: ފެބްރުއަރީ، 2021 އިން ފެށިގެން ޖޯޖިއާ ޓީމުގައި އަންނަނީ މަސައްކަތް ކުރަމުން،

ޖޯޖިއާގެ ކޯޗު ސަންޔޯލް: ފެބްރުއަރީ، 2021 އިން ފެށިގެން ޖޯޖިއާ ޓީމުގައި އަންނަނީ މަސައްކަތް ކުރަމުން،

ހެމްބާގް (ޖޫން 22) - ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި އަލަށް ވާދަކޮށް މެޗަކުން ބަލިވުމަކީ ޖޯޖިއާ އަށް ހުރިހާ ކަމެއް ނިމުނީ އެއް ނޫން ކަމަށް އެ ޓީމުގެ ކޯޗު ވިލީ ސަންޔޯލް ބުނެފި އެވެ.

މި ފަހަރުގެ ޔޫރޯ އަކީ ބައިނަލްއަގުވާމީ ފުޓްބޯޅަ މުބާރާތެއްގައި ޖޯޖިއާގެ އަލަތު ފެނިލުމެވެ. ޖޯޖިއާ އިން ކުޅުނު ފުރަތަމަ މެޗުގައި ވަނީ ތުުރުކީ އަތުން 3-1 އިން ބަލިވެފަ އެވެ. ދެ ވަނަ މެޗުގައި މިއަދު ޗެކް ރިޕަބްލިކާ ކުޅޭއިރު، ޖޯޖިއާގެ ކޯޗު ސަންޔޯލް ދެކޭގޮތުގައި މި މުބާރާތުން އެ ޓީމަށް ހޯދޭނެ އެއްޗެހި ވަރަށް ގިނަ އެވެ.

"ފުރަތަމަ މެޗު އެ ދިޔަ ގޮތުން އަަަހަރެމެން މާޔޫސްވި، ހަގީގަތުގައި ޔޫރޯ ފުޓްބޯޅަ މުބާރާތެއްގައި ނަތީޖާއެއްގެ ސަަބަބުން ޖޯޖިއާ މާޔޫސްވުމަކީ ވެސް ކުރިއަށް އެޅި ފިޔަވަޅެއްގެ ގޮތުގައި ބެެލެވިދާނެ،" ފްރާންސްގެ ކުރީގެ ކުޅުންތެރިޔާ، ސަންޔޯލް ބުންޏެވެ.

އޭނާ ބުނީ ތުރުކީއާ ދެކޮޅަށް ޖޯޖިއާ އިން ޓީމެއްގެ ގޮތުގައި ކުރި މަސައްކަތް ބަލައިގަންނަން ޖެހޭ ކަމަށެވެ.

ހަމައެކަނި ބޭނުންވަނީ ނަތީޖާ އަށް ފޯކަސްކޮށްގެން މަސައްކަތްތަކެއް ކުރަން ނޫން ކަމަށް ވެސް ސަންޔޯލް ވަނީ ބުނެފަ އެވެ.

"ކޯޗެއް ވެސް ކުޅުންތެރިއަކު ވެސް ހުރިހާ ފަހަރަކު ނަތީޖާ އަށް ބަލައިގެން މަސައްކަތް ކުރާނެ ކަމަށް ހީކޮށްގެން ނުވާނެ. އެއީ އަބަދު ނަތީޖާ އަށް ބަލައިގެން ކުރާ މަސައްކަތުގައި މުޅިން ކަހަލަ ގޮތަކަށް މިސްޓޭކްތަކެއް ފެންނާނެ،" ސަންޔޯލް ބުންޏެވެ.

ޗެކް ރިޕަބްލިކަކީ ބައިނަލްއަގުވާމީ ތަޖުރިބާ ބޮޑު ޓީމެއް ކަމަށާއި އެ ޓީމުން ވެސް ކުޅުނު ފުރަތަމަ މެޗުން ބަލިވެފައި އޮތުމުން މި މެޗުން މޮޅުވާން ހުރިހާ ކަމެއް ކުރާނެ ކަމަށް ސަންޔޯލް ގަބޫލުކުރެ އެވެ.

"މީގެ އޮންނާނީ ކަމެއް ހައްގުވާ ވަރަށް މަސައްކަތް ކުރުން. ބައެއް ފަހަރު މެޗަކުން މޮޅުވެދާނެ ހައްގުނުވާ ވަރަށް މަސައްކަތް ކޮށްފައި އޮއްވައި ވެސް. ދެން އަނެއް ބައި ފަހަރު މޮޅެއް ހައްގުވާ ވަރަށް މަސައްކަތް ކޮށްފައި ވެސް ބަލި އެބަވޭ،" ސަންޔޯލް ބުންޏެވެ.

މިއީ ޖޯޖިއާ އާއި ޗެކް ރިޕަބްލިކް ބައްދަލުކުރާ ފުރަތަމަ މެޗެވެ. މެޗު ފަށާނީ ރާއްޖެ ގަޑިން 6 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox