ޕޯޗުގަލް މެޗުގެ ފުރަތަމަ އެގާރައިން ގުލާ ނުފެނިދާނެ

Jun 22, 2024, 3:08 AM
ޕޯޗުގަލް މެޗުގެ ފުރަތަމަ އެގާރައިން ގުލާ ނުފެނިދާނެ

ޑޯޓްމަންޑް (ޖޫން 22) - ޖޯޖިއާ މެޗުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި ތުރުކީގެ ޒުވާން މިޑްފިލްޑަރު އާޑާ ގުލާ، މިރޭ ޕޯޗުގަލާ ދެކޮލަށް ކުޅޭ މެޗުގެ ފުރަތަމަ އެގާރައިން ނުފެނިދާނެ ކަމަށް އެ ޓީމުގެ ކޯޗު ވިންޗެންޒޯ މޮންޓެލާ ބުނެފި އެވެ.

ތުރުކީ އިން މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް ސްޓޭޖުގެ ފުރަތަމަ މެޗުގައި ޖޯޖިއާގެ މައްޗަށް 3-1 ގެ ނަތީޖާ އަކުން ވަނީ ކުރި ހޯދައިފަ އެވެ.

އެ މެޗުގައި ތުރުކީ އިން ޖެހި ދެ ވަނަ ގޯލު އެ ޓީމަށް ކާމިޔާބު ކޮށްދިނީ ގުލާ އެވެ. އޭރިއާ ބޭރުން ގުލާ ޖެހި ހިތްގައިމު ގޯލާ އެކު, އޭނާ ވެގެންދިޔައީ ޔޫރޯ އެއްގައި ގޯލު ޖެހި އެންމެ ހަގު ކުޅުންތެރިޔާ އަށެވެ. މި ރެކޯޑް ކުރިން އޮތީ ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަތުގަ އެވެ. އޭނާ ރެކޯޑު ހެދީ 2004 ވަނަ އަހަރު ކުރިއަށްދިޔަ މުބާރާތުގައި ގޯލު ޖަހައިގެންނެވެ. އޭރު ރޮނާލްޑޯގެ އުމުރަކީ 19 އަހަރެވެ.

Advertisement

ޖޯޖިއާ ކޮޅަށް ލަނޑު ޖެހިއިރު، ގުލާގެ އުމުރަކީ ވެސް 19 އަހަރެވެ. މީގެ އިތުރުން ގުލާ ވަނީ މި ސީޒަނުގައި އޭނާ ކުޅެން އެރި ހަތް މެޗުން ހަތް ގޯލު ކާމިޔާބު ކޮށްފަ އެވެ. އަދި އޭނާ އަކީ ރެއާލުން ވިއްކާ ކުޅުންތެރިއެއް ނޫން ކަމަށް ރެއާލްގެ ކޯޗު ކާލޯ އެންޗެލޮޓީ ވެސް ވަނީ ބުނެފަ އެވެ.

"ގުލާ ފިޒިކަލީ މި މެޗަށް ފިޓެއް ނޫން. އެކަމަކު ގުލާ ފުރަތަމަ އެގާރައިގައި ހިމަނާނެތޯ ނުވަތަ ނޫންތޯ ނިންމާނީ ފަހު ވަގުތު. އަހަރެން ބޭނުން ގުލާ އަށް ފުރުސަތު ދޭން" މޮންޓޭލާ ބުންޏެވެ.

މޮންޓޭލާ ބުނީ ތުރުކީގެ ބަލި ފަޔަކީ ފޯވާޑް ލައިން ކަމަށެވެ. އެކަމަކު، ޑިފެންސް އަދި މިޑްފީލްޑް ލައިން އިން ކުރާ މަސައްކަތާ އެކު, މެޗުތަކުން މޮޅުވެވޭނެ ކަމަށް މޮންޓޭލާ ދެކެ އެވެ.

"ޕޯޗުގަލް މެޗަށް އަހަރެމެން މި ނުކުންނަނީ ބަލިނުވާން އަޒުމް ކަނޑައަޅައިގެން. އަހަރެން އަށް އެނގޭ ޕޯޗުގަލްގެ ކޮލެޓީ. އެއީ މި ފަހަރުގެ ފޭވަރިޓުންގެ ތެރޭގައި ހިމެނޭ ޓީމެއް" މޮންޓޭލާ ބުންޏެވެ.

މީގެ ކުރިން ތުރުކީން ވަނީ ޕޯޗުގަލްއާ ދެކޮޅަށް ނުވަ މެޗު ކުޅެފަ އެވެ. ތުރުކީ އަށް މޮޅުވެވުނީ ދެ މެޗެވެ. ޕޯޗުގަލް އިން ވަނީ ހަތް މެޗުން ތުރުކީ ބަލިކޮށްފަ އެވެ. އެންމެ ފަހުން މި ދެ ޓީމު ކުޅުނީ ފީފާ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި 2022 ވަނަ އަހަރު އެވެ. އެ މެޗުން ޕޯޗުގަލް މޮޅުވީ 3-1 އިންނެވެ.

މިރޭ މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox