ތުރުކީއާ ދެކޮޅަށް ޕޯޗުގަލް އިން ތަފާތު ޕްލޭނެއް

Jun 22, 2024, 3:33 AM
ތުރުކީއާ ދެކޮޅަށް ޕޯޗުގަލް އިން ތަފާތު ޕްލޭނެއް

ޑޯޓްމަންޑް (ޖޫން 22) - ތުރުކީއާ ދެކޮޅަށް ޕޯޗުގަލް އިން ނުކުންނަނީ ތަފާތު ގޭމެއް ކުޅެން ކަމަށާއި އޭގެ އިތުރުން ތުރުކީ ސަޕޯޓަރުންނަށް ޕޯޗުގަލުން ސަމާލުވާން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޕޯޗުގަލުން ކުޅުނު ފުރަތަމަ މެޗުގައި ޗެކް ރިޕަބްލިކް އަތުން މޮޅުވީ ފަހު ވަގުތު ޖެހި ގޯލުން 2-1 ގެ ނަތީޖާ އަކުންނެވެ. އެ މެޗުގެ ފުރަތަމަ ހާފުގައި ޕޯޗުގަލްގެ ފަރާތުން ފެނިގެންދިޔައީ ދަށް ކުޅުމެއް ކަމަށް މާޓިނޭޒް ވަނީ ބުނެފަ އެވެ.

"އެ މެޗުގައި އަހަރެމެންނަށް ފުރަތަމަ ހާފުގައި ރަނގަޅު ހަމަލާ އެއް ނޫފެއްދޭ. އެ ފުރުސަތު ޗެކުން ނުވެސް ދޭ. އެކަމަކު ވިސްނަން އެބަޖެހޭ މިކަހަލަ މުބާރާތްތަކުގައި ޕޯޗުގަލްއާ ދެކޮޅަށް ދެން ހުރި ޓީމުތަކުން ކުޅޭނީ ޑިފެންސިވް ގޭމެއް ކަން. އެ ބްރޭކް ކުރަން އެބަ ޖެހޭ" މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ ތުރުކީން ޖޯޖިއާ މެޗުގައި ފެނިގެންދިޔައީ އެޓޭކިން ގޭމެއް ކަމަށާއި އެކަމަކު އެ ޓީމުގެ ފަރާތުން ޑިފެންސަށް ވިސްނައިގެން ކުޅޭ މަންޒަރުވެސް ފެންނަ ކަމަށެވެ.

އެހެންވެ، ޕޯޗުގަލުން މި މެޗަށް ނުކުންނާނީ އެކަން ކަމަށް ސަމާލުވެ، މެޗުން މޮޅުވެ، ދެ ވަނަ ބުރުގެ ޖާގަ އެއް ހޯދަން ކަމަށް މާޓިނޭޒް ބުނެފައިވެ އެވެ.

"ޕޯޗުގަލް އޮތީ ކޮންފިޑެންސާ އެކު, އަހަރެން އަށް އެނގޭ މި ޓީމުގެ ފެންވަރު, އެކަމަކު އަހަރެމެން އޯވާ ކޮންފިޑެންޓް ނުވާނަން" މާޓިނޭޒް ބުންޏެވެ.

މާޓިނޭޒް ބުނީ މިދިޔަ މެޗަށް ޖުމްލަކޮށް ވިސްނަންޏާ މުޅި މެޗުގައި ވެސް ފެނިގެންދިޔައީ ޕޯޗުގަލް ކުޅުނުތަން ކަމަށެވެ. އަދި އެ މެޗުގެ ސްޓެޓްސްތައް އަދި ނަތީޖާ ވެސް ބުރަ ވަނީ ޕޯޗުގަލް ކޮޅަށް ކަމަށް މާޓިނޭޒް ވަނީ ހާމަކޮށްފަ އެވެ.

މާޓިނޭޒް ވަނީ ނޫސްވެރިންގެ ބައްދަލުވުމުގައި ޕޯޗުގަލްގެ ތަރި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް މުޅި މެޗުގައި އެއްކޮށް ކުޅެން ފުރުސަތު ދެނީ ކީއްވެތޯ އެހި ސުވާލަށް ޖަވާބުދީފަ އެވެ. ޖަވާބަކީ، ރޮނާލްޑޯ އަށް ފުރުސަތު ދޭން ހައްގުވީމަ އެވެ.

މިދިޔަ މެޗުގެ ކުރިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް އެންމެ ބޮޑަށް ނޫސްވެރިން މާޓިނޭޒް އަށް ކުރިމަތިކުރުވީ މި ސުވާލެވެ. އެހެންވެ މާޓިނޭޒް ބުނީ މީގެ ކުރިންވެސް އެ ސުވާލަށް ޖަވާބު ދީފައިވާނެ ކަމަށެވެ.

"އަހަރެން އަށް ހީވަނީ ޓީމު ގޭމެއް ކުޅޭއިރު, އަހަރެމެން އަށް މުހިންމު ވާނީ ކޮންމެ ކުޅުންތެރިއަކުވެސް އަހަރެމެން އަށް ގެނަސްދޭ ކަންކަން ހެން. ރޮނާލްޑޯ އަހަރެމެން އަށް މި ގެނަސްދެނީ ތަޖުރިބާ, މީގެ އިތުރުން މުހިންމު ވަގުތުތަކުގައި ތަފާތު ދައްކާ ގޯލު ވެސް އެބަ ޖަހާ. އަހަރެމެން އެކަން ގަބޫލުކުރަން ޖެހޭ. މާޓިނޭޒް ބުންޏެވެ.

ރޮނާލްޑޯގެ ފިޓްނަސް އާ މެދު ސުވާލު އުފެއްދުން އެއީ ވެސް ބޮޑު މައްސަލަ އެއް ކަމަށް މާޓިނޭޒް ބުންޏެވެ. މާޓިނޭޒް ބުނީ އުމުރުން 39 އަހަރުގައި ރޮނާލްޑޯގެ ފަރާތުން ފެންނަނީ ހައިރާން ކުރަނިވި ކަންތައްތައް ކަމަށާއި, މިދިޔަ 12 މަހުގައި ރޮނާލްޑޯގެ ކުޅުމުން އެކަން ފެންނާނެ ކަމަށެވެ.

މީގެ ކުރިން ތުރުކީން ވަނީ ޕޯޗުގަލްއާ ދެކޮޅަށް ނުވަ މެޗު ކުޅެފަ އެވެ. ޕޯޗުގަލް އިން ވަނީ ހަތް މެޗުން ތުރުކީ ބަލިކޮށްފަ އެވެ. ތުރުކީ އަށް މޮޅުވެވުނީ ދެ މެޗެވެ. އެންމެ ފަހުން މި ދެ ޓީމު ކުޅުނީ ފީފާ ވޯލްޑް ކަޕް ކޮލިފައިން ޕްލޭއޮފްގައި 2022 ވަނަ އަހަރު އެވެ. އެ މެޗުން ޕޯޗުގަލް މޮޅުވީ 3-1 އިންނެވެ.

މި ފަހަރުގެ ޔޫރޯގައި މި ދެ ޓީމު ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox