އާ ގަވާއިދާ ހެދި ފުރަަތަމަ ސަސްޕެންޝަން ރޮޑްރީ އަށް

Jun 22, 2024, 7:43 AM
އާ ގަވާއިދާ ހެދި ފުރަަތަމަ ސަސްޕެންޝަން ރޮޑްރީ އަށް

މިއުނިކް (ޖޫން 22) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އަމަލުކުރަން ފެށި ގަވާއިދުގެ ދަށުން ފުރަަތަމަ ސަސްޕެންޑްވި ކުޅުންތެރިއަކަށް، ސްޕެއިންގެ މިޑްފީލްޑަރު، ރޮޑްރީ ވެއްޖެ އެވެ.

އެހެންވެ، ގްރޫޕްގެ ފަހު މެޗުގައި ސްޕެއިނުން އަލްބޭނިއާއާ ދެކޮޅަށް ނުކުންނައިރު، ރޮޑްރީ އަށް ނުކުޅެވޭނެ އެވެ.

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ސްޕެއިނުން ކުޅުނު ފުރަތަމަ ދެ މެޗުން މޮޅުވެ ވަނީ ބާކީ މެޗެއް އޮއްވައި ގަދަ 16 އިން ފުރުސަތު ހޯދައިފަ އެވެ. އެ ގޮތުން ސްޕެއިނުން ކްރޮއޭޝިއާ އާއި އިޓަލީ ބަލިކުރި މެޗުތަކުގައި ރޮޑްރީ އަށް ވަނީ ރީނދޫ ކާޑު ދައްކައިފަ އެވެ. އެހެންވެ، ދެ ރީނދޫ ކާޑު ހަމަވެ، ޖެހިގެން އައި މެޗަށް ސަސްޕެންޑްވީ އެވެ.

ސްޕެއިނުން ދެ ވަަނަ މެޗުގައި އިޓަލީއާ ދެކޮޅަށް ކުޅެނިކޮށް، ރޮޑްރީ އަށް ރީނދޫ ކާޑު ދެއްކީ މި ފަހަރު އަމަލުކުރަން ފެށި ގަވާއިދެއްގެ ދަށުންނެވެ. މި ފަހަރުގެ ޔޫރޯގައި ރެފްރީން އަމަލުކުރަން ފެށި ގަވާއިދަކީ ޓީމެއްގެ ކެޕްޓަނުން ނޫން ކުޅުންތެރިއަކު އެޕީލެއް ކުރަން އައިސްފިނަމަ ރީނދޫ ކާޑު ދެއްކޭ ގޮތަށެވެ. އެ ގޮތުން، ކެޕްޓަނަކީ، ގޯލްކީޕަރު ނަމަ، އިހުތިޔާރުކުރާ އެހެން ކުޅުންތެރިއަކަށް ރެފްރީ އަށް އެޕީލް ކުރެވޭނެ އެވެ. އެކަމަކު، އެ އިހުތިޔާރު ކުރާ ކުޅުންތެރިއެއްގެ ނަން، މެޗު ފެށުމުގެ ކުރިން ރެފްރީ އަށް އަންގަންވާނެ އެވެ.

އެ ގޮތުން، އިޓަލީއާ ދެކޮޅަށް ކުޅުނު މެޗުގައި ރެފްރީ އަށް އެޕީލްކުރަން ރޮޑްރީ ދިއުމުން ރީނދޫ ކާޑެއް ދެއްކީ އެވެ.

ސްޕެއިނުން ކުޅުނު ފުރަތަމަ ދެ މެޗުގައި، ރޮޑްރީ މެޗު ނިންމާލީ ކެޕްޓަނެއްގެ ގޮތުގަ އެވެ. އެއީ އެ ޓީމުގެ ކެޕްޓަން، އަލްވާރޯ މޮރާޓާ ބަދަލުކުރުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox