އެމްބާޕޭގެ މާސްކް ބޭނުންކުރަން ޔުއެފާގެ ހާއްސަ ހުއްދައެއް ބޭނުންވާނެ

Jun 21, 2024, 8:50 AM
އެމްބާޕޭގެ މާސްކް ބޭނުންކުރަން ޔުއެފާގެ ހާއްސަ ހުއްދައެއް ބޭނުންވާނެ

ލައިޕްޒިގް (ޖޫން 21) - ނޭފަތުގެ ކަށިގަނޑަށް ލިބިފައިވާ އަނިޔާގެ ސަބަބުން ފްރާންސްގެ ކެޕްޓަން، ކީލިއަން އެމްބާޕޭ މާސްކެއް އަޅައިގެން ކުޅެން ނިންމާފައިވާއިރު، އޭނާ އަށް ހާއްސަކޮށް ތައްޔާރުކޮށްފައިވާ މާސްކް ބޭނުންކުރަން ޔުއެފާ އިން ހާއްސަ ހުއްދައެއް ހޯދަން ފްރާންސް އިން މަސައްކަތް ފަށައިފި އެވެ.

ގްރޫޕްގެ ފުރަތަމަ މެޗުގައި ފްރާންސް އިން އޮސްޓްރިއާ އަތުން 1-0 އިން މޮޅުވި މެޗުގައި އެމްބާޕޭގެ ނޭފަތުގެ ކަށިގަނޑަށް އަނިޔާވެ، އޭނާ ބަދަލުކުރަން ޖެހުނުއިރު، ނޭފަތުން ލޭއޮހޮރެ އެވެ. އެމްބާޕޭގެ ނޭފަތަށް ލިބިފައިވާ އަނިޔާ އިން ރަނގަޅުވާން އޮޕަރޭޝަނެއް ކުރަން ޖެހެ އެވެ. އެކަމަކު، އޭނާ ވަނީ ފްރާންސް މެޑިކަލް ޓީމުގެ ލަފާ ހޯދައިގެން، ޔޫރޯގެ ފަހުން އޮޕަރޭޝަން ކުރަން ނިންމައިފަ އެވެ.

ނެދަލެންޑްްސާ ދެކޮޅަށް ފްރާންސް އިން ކުޅޭ މެޗަށް ފްރާންސް އިން ބޭއްވި ފުރަތަމަ ފަރިތަކުރުންތަކުގައި، އެމްބާޕޭ ބައިވެިރވީ ނޭފަތުގައި ބޭސް އަޅައިގެންނެވެ. އެކަމަކު، ފަހުން، ވަނީ ފްރާންސްގެ ދިދައިގެ ތިން ކުލަ ރަމްޒު ކޮށްދޭ ކުލަތައް ހިމަނައިގެން ހަދާފައިވާ މާސްކެއްގައި އޭނާގެ ބްރޭންޑްގެ ނަން ޖަހައިގެން ބޭނުންކޮށްފަ އެވެ. އެކަމަކު، ޔުއެފާގެ ގަވާއިދު ބުނާގޮތުން، އެމްބާޕޭ އަށް އެ މާސްކް މެޗުގައި ބޭނުންނުކުރެވޭނެ އެވެ. އެއީ، ގަވާއިދުގައިވާ ގޮތުން، މެޑިކަލް ކަންކަމުގައި ބޭނުންކުރާ އެއްޗެއް ހުންނަން ޖެހޭނީ އެއް ކުލައެއްގަ އެވެ.

ފްރާންސްގެ މީޑިއާ ރިޕޯޓްތައް ބުނާގޮތުން، ފްރާންސް އިން ވަނީ މި ކަމުގައި ހައްލެއް ހޯދޭތޯ، ޔުއެފާއާ ބައްދަލުކުރަން ނިންމައިފަ އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ދެ ޓީމުގެ ކޯޗުންނަށް ވެސް ސުވާލު ގިނައިން އަމާޒުވީ އެމްބާޕޭއާ ބެހޭގޮތުންނެވެ. އެ ގޮތުން، ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ބުނީ، މެޗުގައި އެމްބާޕޭ ކުޅުވުމާ މެދު ގޮތެއް ނިންމާނީ ޓްރެއިނިން އާއި މެޑިކަލް ޓީމުގެ ލަފަޔަށް ބަލައިފައި ކަމަށެވެ.

ނެދަލެންޑްސްގެ ކޯޗު ރޮނާލްޑް ކޫމަންއާ ސުވާލު އަމާޒުވީ އެ ޓީމުން ތައްޔާރުވާނީ މެޗުގައި އެމްބާޕޭ ކުޅޭނެ ކަމަށް ވިސްނައިގެންތޯ އެވެ.

"އެމްބާޕޭ ކުޅެންޏާ އެނގޭނީ ޑެޝޯމްޕްސް އަށް. އަހަރެމެންނަށް އޮތީ މެޗަށް މަޑުކޮށްގެން ތިބުން. ފްރާންސަކީ ވަރުގަދަ ޓީމެއް. އެމްބާޕޭ ނުކުޅެންޏާ ދެން އަރާ ކުޅުންތެރިއަކާ އެކު ވެސް އެ ޓީމު އޮންނާނީ ވަރުގަދަކޮށް،" ކޫމަން ބުންޏެވެ.

އޭނާ ބުނީ މެޗަށް ތައްޔާރުވާނީ ނެދަލެންޑްސްގެ އެންމެ ވަރުގަދަ އަށް ކަމަށާއި އެކަން އެ ގޮތަށް ކުރާއިރު، ވިސްނަން ޖެހެނީ އެމްބާޕޭ ކުޅޭތޯ ނޫން ކަަމަށް ވެސް ކޫމަން ވަނީ ބުނެފަ އެވެ.

މިއީ ޔޫރޯގައި ނެދަލެންޑްސް އާއި ފްރާންސްގެ ހަތަރު ވަނަ ކުރިމަތިލުމެވެ. އެ ގޮތުން، 1996 ވަނަ އަހަރުގެ ޔޫރޯގެ ކުއާޓާ ފައިނަލުގައި ފްރާންސް އިން ނެދަލެންޑްސް ބަލިކުރި އެވެ. އެކަމަކު، ގްރޫޕް ސްޓޭޖުގައި މި ދެ ޓީމު މީގެ ކުރިން ކުޅުނު ދެ ފަހަރު ވެސް ކުރިހޯދީ ނެދަލެންޑްސް އިންނެވެ. އެއީ 2000 ވަނަ އަހަރާއި 2008 ވަނަ އަހަރުގެ މުބާރާތުގަ އެވެ.

މި ދެ ޓީމު މިރޭ ކުޅޭ މެޗު ފަށާނީ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox