މޮޅެއް ނޫން ކަމަކަށް އޮސްޓްރިއާ އިން ވިސްނާނެ ޖާގައެއް ވެސް ނެތް

Jun 21, 2024, 8:33 AM
މޮޅެއް ނޫން ކަމަކަށް އޮސްޓްރިއާ އިން ވިސްނާނެ ޖާގައެއް ވެސް ނެތް

ބާލިން (ޖޫން 21) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުރިއަށްދާން ބޭނުންނަމަ މިރޭ ޕޮލެންޑާ ދެކޮޅަށް ކުޅޭ މެޗުގައި މޮޅެއް ނޫން ކަމަކަށް ވިސްނާނެ ޖާގައެއް ނެތް ކަމަށް އޮސްޓްރިއާގެ ކޯޗު ރަލްފް ރަންގްނިކް ބުނެފި އެެވެ.

ޕޮލެންޑް ކެޕްޓަން، ރޮބަޓް ލެވަންޑޯސްކީ އޮސްޓްރިއާ މެޗުގައި ކުޅުނަސް, އޮސްޓްރިއާ އިން ޖެހިލުންނުވާނެ ކަމަށާއި, ޕްލޭނާ އެއް ގޮތައް ކުޅެފިނަމަ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް ކަމަށް ވެސް ރަންގްނިކް ވަނީ މެޗުގެ ކުރިން އޮތް ނޫސްވެރިންގެ ބައްދަލުވުމުގައި ބުނެފަ އެވެ.

މި ފަހަރުގެ ޔޫރޯގައި އޮސްޓްރިއާ އިން ކުޅުނު ފުރަތަމަ މެޗުން ވަރުގަދަ ފްރާންސް އަތުން 1-0 ގެ ނަތީޖާ އަކުން ވަނީ ބަލިވެފަ އެވެ. އެ މެޗުން އޮސްޓްރިއާ ބަލިވި ނަމަވެސް އެ ޓީމުގެ ކުޅުމަށް ގިނަ ބަޔަކު ވަނީ ތައުރީފު ކޮށްފަ އެވެ.

އޮސްޓްރިއާ އިން ގްރޫޕް ސްޓޭޖުގެ ދެ ވަނަ މެޗުގައި ޕޮލަންޑާ ދެކޮޅަށް ނުކުންނައިރު, މި މެޗުން މޮޮޅުވުން ނޫން ގޮތެއް އެ ޓީމަށް ނެތެވެ. އަދި މިއީ މި މުބާރާތުގައި އިތުރަށް ކުރިއަށް ދާން ލިބޭނެ ފަހު ފުރުސަތު ކަމަށް ރަންގްނިކް ދެކެ އެވެ.

"މިއީ ދިރިހުރުމާ މަރުގެ މެޗެއް. އަހަރެންގެ ޓީމުން މި މެޗަށް ތައްޔާރު ބޭނުންވަނީ ޕްލޭނާ އެއްގޮތައް ކުޅެން އަދި ޕްލޭނާ އެއް ގޮތައް ކުޅެފިނަމަ ކާމިޔާބުވާނެ ކަމުގެ ޔަގީންކަން އެބައޮތް" ރަގްނިކް ބުންޏެވެ.

އަނިޔާގެ ސަބަބުން ލެވަންޑޯސްކީ ފުރަަތަމަ މެޗުން ނުފެނުނު ނަމަވެސް މި މެޗުގެ ކޮންމެވެސް ހިސާބަކުން ފެނިދާނެ ކަމަށް ރަންގްނިކް ގަބޫލުކުރެ އެވެ. އަދި އެކަމަށް އޮސްޓްރިއާ އިން ސަމާލުވާނެ ކަމަށް ވެސް އޭނާ ވަނީ ބުނެފަ އެވެ.

އެހެން ނަމަވެސް، ލެވަންޑޯސްކީ، ޕޮލެންޑްގައި ހުރުން އެއީ އޮސްޓްރިއާ އިން ޖެހިލުންވާނެ ކަމެއް ނޫން ކަމަށް ރަގްނިކް ބުނެފައިވެ އެވެ.

"ލެވަންޑޯސްކީ އަކީ ބޮސް ތެރޭގައި ކިހާ ފެންވަރެއްގެ ކުޅުންތެރިއެއްކަން އަހަރެން ނުޖެހޭނެ ކިޔާދޭކަށް. އެކަމަކު އޭނާ ހުއްޓުވާނެ ފޯމިއުލާ އަހަރެންގެ ކުޅުންތެރިންނަށް އެނގޭނެ" ރަގްނިކް ބުންޏެވެ.

ޕޮލެންޑް އާއި އޮސްޓްރިއާ ވަނީ 10 ފަހަރު ބައްދަލުކޮށްފަ އެވެ. ޕޮލެންޑް ފަސް ފަހަރު މޮޅުވެފައިވާއިރު، އޮސްޓްރިއާ މޮޅުވީ ތިން މެޗުންނެވެ. ދެ މެޗު ވަނީ އެއްވަރުވެފަ އެވެ. ޕޮލެންޑުން މީގެ ކުރިން ޔޫރޯއެއްގެ ފުރަތަމަ ދެ މެޗުން ބަލިވެފައިނުވެ އެވެ. އޮސްޓްރިއާ އާއި ޕޮލެންޑް ކުޅޭ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox