އުރީދޫއިން އެކި ރަށްރަށުގައި ކުލަގަދަކޮށް އީދު ފާހަގަކޮށްފި

ބ. އޭދަފުށީގައި ކުލަގަދަކޮށް އީދު ފާހަގަކުރުން -- ފޮޓޯ: އުރީދޫ

ބ. އޭދަފުށީގައި ކުލަގަދަކޮށް އީދު ފާހަގަކުރުން -- ފޮޓޯ: އުރީދޫ

އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން އުރީދޫ މޯލްޑިވްސްއިން ރާއްޖޭގެ އެކި ރަށްރަށާއި ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފި އެވެ.

އުރީދޫއިން ބުނީ މި ހަރަކާތްތައް ކުރިއަށް ގެންދިޔައީ އީދުގެ އުފަލުގައި ގިނަ ބަޔަކަށް ބައިވެރިވެވޭނެ ގޮތުގައި ހަރަކާތްތައް ރޭވުމުގެ އަމާޒުގައި ކަމަށެވެ. އީދު ދުވަހު ރާއްޖޭގެ އެކި ހިސާބުތަކުގައި ކުޑަކުދިންނަށް އުރީދޫއިން ހަދިޔާ ވެސް ބަހާފައިވެ އެވެ.

އުރީދޫއާއި ނޭޝަނަލް ސެންޓާ ފޯ ދި އާޓްސް ގުޅިގެން މާލޭގެ އެކި ސަރަހައްދުގައި ތަފާތު ހަރަކާތްތައް ކުރިއަށް ގެންގޮސްފައިވެ އެވެ. އޭގެ ތެރޭގައި މާލި، ލަނގިރި، ބޮޑުބެރު، ސްޓޭޖް ޝޯ، ބޮޑުމަސް އަދި އާޓިސްޓުންގެ ޝޯކޭސް ޕެއިންޓިން ޝޯކޭސް ހިމެނެ އެވެ.

ނ. ލަންދޫ އުރީދޫގެ އެހީއާއެކު އީދު ފާހަގަކުރުމުގެ ގޮތުން ވަނީ އެ ރަށުގައި ކުލަގަދަ ހަރަކާތްތަކެއް ކުރިއަށް ގެންގޮސްފަ އެވެ.

ނައިފަރުގައި ކުލަގަދަކޮށް އީދު ފާހަގަކުރުން -- ފޮޓޯ: އުރީދޫ
ނައިފަރުގައި ކުލަގަދަކޮށް އީދު ފާހަގަކުރުން -- ފޮޓޯ: އުރީދޫ

ނައިފަރުގައި ކުލަގަދަކޮށް އީދު ފާހަގަކުރުން -- ފޮޓޯ: އުރީދޫ

މި ހަރަކާތް ފެށުމުގެ ރަސްމިއްޔާތުން ފެށިގެން ލަނގިރި އާއި މާލި ފަދަ ތަފާތު ސަގާފީ ހަރަކާތްތަކަކީ ރަށުގެ ރައްޔިތުންނާއި ޒިޔާރަތްކުރާ ފަރާތްތަކަށް އީދުގެ އުފަލުގައި ތައްޔާކުރި ކަންކަމެވެ.

މީގެ އިތުރުން ބ. ކެންދޫގައި ކުޑަކުދިންގެ އިވެންޓަށް ހާއްސަ ބަބްލް ޝޯއަކާއި، މަޖާ ގޭމްތަކެއް ތައްޔާރުކުރިއިރު، ސަގާފީ ޑާންސްތަކާއި އީދުގެ އާދަޔާ ހިލާފު ހަރަކާތްތައް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ.

ނައިފަރުގައި އީދަށް ގިނަ ހަރަކާތްތަކެއް ފެނިގެން ދިޔަ އެވެ. އެގޮތުން މާލި ޕެރޭޑުން ފެށިގެން ބޮޑުބެރުއާއެކު ސްޓޭޖް ޝޯއާ ހަމައަށް ކޮންމެ މީހަކަށް ވެސް އުފާވެރިކަން ލިބުނުއިރު، ރިލޭ ރޭހާއި، ބަށި ފަދަ ހަރަކާތްތައް ވެސް ކުރިއަށް ގެންދިޔަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox