އިންގްލެންޑާއި އޭނާ އަށް އަމާޒުވާ ފާޑުކިޔުންތަކަށް ސައުތުގޭޓްގެ ދެނީ ބީރުކަންފަތެއް

Jun 20, 2024, 6:06 AM
އިންގްލެންޑާއި އޭނާ އަށް އަމާޒުވާ ފާޑުކިޔުންތަކަށް ސައުތުގޭޓްގެ ދެނީ ބީރުކަންފަތެއް

ފްރޭންކްފާޓް (ޖޫން 20) - އޭނާ އާއި އިނގިރޭސި ފުޓްބޯޅަ ޓީމަށް އަމާޒުވަމުން އަންނަ ފާޑުކިޔުންތަކާ މެދު ވިސްނައި ފިކުރުކޮށް ވަގުތުތަކެއް ނަގާލަން ބޭނުންނުވާ ކަމަށާއި ވިސްނުމަކީ ކޮންމެ މެޗަކަށް ވެސް ވީ އެންމެ ފުރިހަމަ އަށް ތައްޔާރުވެ ކާމިޔާބު ހޯދުން ކަމަށް އިނގިރޭސި ކޯޗު ގަރެތު ސައުތުގޭޓް ބުނެފި އެވެ.

ސައުތުގޭޓަށް ވަނީ އިނގިރޭސި މީޑިއާ އާއި އެނަލިސްޓުންގެ ގޮތުގައި މަސައްކަތްކުރާ ކުރީގެ ކުޅުންތެރިން އަދި ސަޕޯޓަރުންގެ ފާޑުކިޔުން ވަރަށް ބޮޑަށް އަމާޒުވެފަ އެވެ.

މި ފަހަރުގެ ޔޫރޯގައި އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުން ސާބިއާ އަތުން 1-0 އިން މޮޅުވި ނަމަވެސް އެ ގައުމުގެ މީޑިއާ އަދި ސަޕޯޓަރުންގެ ފާޑުކިޔުން އިންގްލެންޑަށް ވަނީ އަމާޒުވެފަ އެވެ. އެކަމަކު، މިއީ އިންގްލެންޑްގެ ތާރީހުގައި ޔޫރޯގެ ފުރަތަމަ މެޗުން އެ ޓީމު މޮޅުވި ދެ ވަނަ ފަހަރެވެ.

ސައުތުގޭޓް ބުނީ އިންގްލެންޑްގެ ކޯޗުގެ މަގާމުގައި މިދިޔަ އަށް އަހަރު ހޭދަކުރިއިރު, އޭނާ އަށް ދަސްވި އެއް ފިލާވަޅަކީ މީޑިއާގެ ފާޑުކިޔުންތަކަށް "ބީރު ކަންފަތެއް" ދިނުން ކަމަށެވެ. އަދި އިންގްލެންޑުން ކޮންމެ ނަތީޖާ އެއް ނެރުނަސް އެ ފާޑުކިޔުންތައް އަމާޒުވާނެކަން އެނގޭ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

އޭނާ ބުނީ މީޑިއާގެ ފާޑުކިޔުންތަކަށް ވިސްނާނެ ވަގުތު އޭނާގެ ނެތް ކަމަށެވެ. އަދި މި ވަގުތު ފޯކަސް ހުރީ ކުރިއަށް އޮތް ދެ މެޗު ކާމިޔާބުކޮށް ދެ ވަނަ ބުރުން ޖާގަ ހޯދަން ކަމަށް ސައުތުގޭޓް ބުނެފައިވެ އެވެ.

"އަހަރެންގެ ފޯކަސް މިހުރީ ގްރޫޕް ސްޓޭޖުގައި ބާކީ މިއޮތް ދެ މެޗަށް. އަހަރެމެންގެ އަމާޒަކީ އެ ދެ މެޗު ކާމިޔާބު ކޮށް ދެ ވަނަ ބުރަށް ދިޔުން،" ސައުތުގޭޓް ބުންޏެވެ.

ސާބިއާ މެޗުން އިންގްލެންޑް މޮޅުވި ނަމަވެސް، އެ ޓީމުން ރަނގަޅު ކުރަން ޖެހޭ ގިނަ ކަންތައްތަކެއް އެ މެޗުން ފާހަގަވެގެންދިޔަ ކަމަށް ސައުތުގޭޓް ވަނީ ބުނެފަ އެވެ.

"އަހަރެމެންގެ ސްކޮޑު ރަނގަޅު. އަހަރެންއަށް އެނގޭ މިއަށް ވުރެ ރަނގަޅު ކުޅުމެއް އަހަރެންގެ ކުޅުންތެރިންނަށް ދެއްކޭނެކަން" ސައުތުގޭޓް ބުންޏެވެ.

ޑެންމާކާ ދެކޮޅަށް އިންގްލެންޑުން ނުކުންނައިރު, މެންޗެސްޓާ ޔުނައިޓެޑްގެ ޑިފެންޑަރު ލޫކް ޝޯ އަށް އަނިޔާގެ ސަބަބުން މި މެޗުގައި ނުކުޅެވޭނެ އެވެ.

އިންގްލެންޑްގެ ތާރީހުގައި ވެސް އެ ޓީމުން ޔޫރޯގެ ފުރަތަމަ ދެ މެޗުން މޮޅުވެފައިނުވެ އެވެ. އިންގްލެންޑުން އެންމެ ފަހުން ޔޫރޯގެ ސެމީ ފައިނަލުގައި ވަނީ ޑެންމާކް އަތުން އިތުރު ވަގުތުގެ ދެ ހާފް ކުޅެގެން 2-1 އިން މޮޅުވެފަ އެވެ. މިރޭ މި ދެ ޓީމު ކުޅޭ މެޗު ފަށާނީ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox