ކާންޓޭ ސާބިތުކޮށްދިނީ ޓީމުން އޭނާ އަށް ޖާގައެއް ހައްގުކަން

Jun 20, 2024, 6:28 AM
ކާންޓޭ ސާބިތުކޮށްދިނީ ޓީމުން އޭނާ އަށް ޖާގައެއް ހައްގުކަން

މި އަހަރުގެ ޔޫރޯ އަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް ނެގި ސްކޮޑުގައި މިޑްފީލްޑަރު އެންގޯލޯ ކާންޓޭ ހިމެނުމުން ގިނަ ބަޔަކު އެ ނިންމުމާ މެދު ސުވާލު އުފެއްދިއެވެ. ކާންޓޭ ގައުމީ ޓީމަށް ނުކުޅޭ ދެ އަހަރެއްހާ ދުވަސްވެއްޖެ އެވެ.

އަނިޔާގެ ސަބަބުން 2022 ވަނަ އަހަރުގެ ވޯލްޑް ކަޕް ކާންޓޭ އަށް ނުކުޅެވުނެވެ. އަދި މިހާރު ސައުދީ އަރަބިއްޔާގެ އަލް އިއްތިހާދަށް އޭނާ ކުޅޭތީ، އޭނާގެ ގައުމީ ޓީމުގެ ކެރިއަރު އިތުރަށް ކުރިއަށް ނުދާނެ ކަމަށް އޮތީ ހީވެފަ އެވެ. އެހެންކަމުން، ކާންޓޭ އަށް ސްކޮޑުން ފުރުސަތު ދިނުމަކީ ސުވާލު އުފެދޭ ކަމެއްގެ ގޮތުގައި ބެލެވުނެވެ.

އެހެން ނަމަވެސް، ޔޫރޯގައި ފްރާންސް ކުޅުނު ފުރަތަމަ މެޗުގައި އޮސްޓްރިއާ އަތުން 1-0 އިން މޮޅުވިއިރު، އެ މެޗުގައި، އުމުރުން 33 އަހަރުގެ ކާންޓޭ ވަނީ އޭނާ އަށް ސްކޮޑުން ޖާގައެއް ހައްގުކަން ސާބިތުކޮށްދީފަ އެވެ. މެޗުގައި މޮޅު ކުޅުމެއް ދައްކައި، މެޗުގެ މޮޅު ކުޅުންތެރިޔާގެ މަގާމުވެސް ކާންޓޭ ހޯދިއެވެ.

އޮސްޓްރިއާއާ ދެކޮޅަށް ކާންޓޭ ފެނުނީ ވަރުބަލިކަމެއް ނެތި، ޑިފެންސާއި އޭޓޭކްގައި އެއްވަރަކަށް މަސައްކަތްކުރިތަނެވެ. ބުންވަރާއި މަސައްކަތުގެ ރޭޓު ރަނގަޅު ކުޅުންތެރިއެއްގެ ގޮތުގައި މަޝްހޫރުވެފައިވާ ކާންޓޭ ވަނީ ފްރާންސްގެ ލީޑު ހިފެހެއްޓުމުގައި މުހިންމު ދައުރެއް އަދާކޮށްފަ އެވެ.

އެ މެޗަށް ފަހު ޑެޝޯމްޕްސް ބުނީ ކާންޓޭ އަލުން ޓީމަށް ނެގުމަކީ ރަނގަޅު ނިންމުމެއްކަން މެޗުގައި އޭނާ ދެއްކި ކުޅުމުން ފެނިގެންދިޔަ ކަމަށެވެ.

"ކާންޓޭ އަކީ ވަރަށް ސްމާޓް ކުޅުންތެރިއެއް. ޓެކްނިކަލީ ބަލާއިރު އޭނާ ވަރަށް ރަނގަޅަށް ނަގައިގަނޭ ބޯޅަ އަންނާނެތަނާއި ހުންނަޖެހޭ މަގާމުތައް. މި މެޗުގައި ކާންޓޭ މޮޅަށް ކުޅުނު،" ޑެޝޯމްޕްސް ބުންޏެވެ.

އެ މެޗުގެ ފަހުކޮޅު ފްރާންސްގެ ކެޕްޓަން ކިލިއަން އެމްބާޕޭ އަށް އަނިޔާވެގެން އޭނާ ބަދަލުކުރަން ޖެހުމުން، މެޗުގައި ބާކީ އޮތް ވަގުތުކޮޅުގައި ފްރާންސްގެ ކެޕްޓަން ބޭންޑް އެޅީ ކާންޓޭ އެވެ. އެއީ އޭނާއަށް ލިބުނު ވަރަށް ބޮޑު ޝަރަފެެކެވެ.

"ކެޕްޓަން ބޭންޑް އެޅުމަކީ އަހަރެން އުންމީދުކުރި ކަމެއް ނޫން. އެއީ ލިބުނު ފަހުރެއް،" ކާންޓޭ ބުންޏެވެ.

ކާންޓޭ ބުނީ ސައުދީ ލީގުގައި ކުޅުމަކީ އޭނާގެ ފޯމު ދަށްވާނެ ކަމެއްގެ ގޮތުގައި އެއް އިރެއްގައިވެސް ނުދެކޭ ކަމަށެވެ.

"ސައުދީގައި ވެސް އަހަރެން މަސައްކަތްކުރަނީ އެންމެ ރަނގަޅު ފެންވަރުގައި ކުޅެން،" ކާންޓޭ ބުންޏެވެ.

ޔޫރޯ ފުޓްބޯޅަ މުބާރާތަށް އެކި ގައުމުތަކުން ގެނެސްދޭ ކަވަރޭޖްތަކުގައި ކުރީގެ ކުޅުންތެރިންނާއި ކޯޗުން އަންނަނީ ބައިވެރިވަމުންނެވެ. އެ ގޮތުން، ފްރާންސް މެޗަށް ފަހު ގިނަ ބަޔެއްގެ ސަމާލުކަން އަނެއްކާވެސް ހުއްޓިފައި މި ވަނީ ކާންޓޭ އަށެވެ. ދެ އަހަރު ތެރޭ ގައުމީ ޓީމަށް އެނބުރި އައިސް، ކުރިއެކޭ އެއްގޮތަށް ވަރުބަލި ކަމެއް ނެތި ކާންޓޭ ދައްކާ ކުޅުމަށް ގިނަ ބަޔަކު އަންނަނީ ތައުރީފުކުރަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox