ސްވިޒަލެންޑަށް އޮތީ ފަސޭހަނުކޮށް ހަމަބިމުގައި ތިބުން

Jun 19, 2024, 5:06 AM
ސްވިޒަލެންޑަށް އޮތީ ފަސޭހަނުކޮށް ހަމަބިމުގައި ތިބުން

ކޮލޯން (ޖޫން 19) - ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ގެ ފުރަތަމަ މެޗުގައި ސްކޮޓްލެންޑްގެ ފަރާތުން އާދައިގެ ކުޅުމެއް ފެނިގެންދިޔަ ނަމަވެސް އެ ޓީމާ ދެކޮޅަށް ސްވިޓްޒަލެންޑުން ނުކުންނާނީ ސަމާލުވެގެން ކަމަށް އެ ޓީމުގެ ކޯޗު މުރާތު ޔަކިން ބުނެފި އެވެ.

ސްވިޓްޒަލެންޑުން މި މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ހަންގޭރީ އަތުން 3-1 އިން ވަނީ މޮޅުވެފަ އެވެ. އެހެންވެ، ސްކޮޓްލެންޑް މެޗުން ތިން ޕޮއިންޓް ހޯދައި ދެ ވަނަ ބުރުގެ ޖާގަ ކަށަވަރު ކުރުމުގެ ފުރުސަތު ސްވިޓްޒަލެންޑަށް އެބައޮތެވެ.

ޔަކިން ބުނީ ސްވިޓްޒަލަންޑުން މި މެޗަށް ނުކުންނާނީ ސްކޮޓްލެންޑަކީ ބަލި ޓީމެއްގެ ގޮތުގައި ދެކިގެން ނޫން ކަމަށެވެ. މި މެޗުގައި ވެސް ސްވިޓްޒަލަންޑް ކުޅުންތެރިންގެ ފަރާތުން 100 ޕަސެންޓް މަސައްކަތް ފެނިގެންދާނެ ކަމަށް ޔަކިން އުންމީދުކުރެ އެވެ.

"ސްކޮޓްލެންޑްގެ ސްކޮޑް ދަށެއް ނޫން. އެ ޓީމުގައި އެބަތިބި ކޮލިޓީ ކުޅުންތެރިން މެޗުގެ ކޮންމެ ވަގުތަކުވެސް އަހަރެމެން އަށް އުނދަގޫ ކުރެވޭ ފެންވަރުގެ. މި މެޗު ފަސޭހަކޮށް ނެގޭކަށް އަހަރެމެންނަކަށް ނެތް" ޔަކިން ބުންޏެވެ.

ޔަކިން ބުނީ ޖަރުމުނު މެޗުގައި ސްކޮޓްލެންޑްގެ ފަރާތުން ފެނިގެންދިޔައީ އެ ޓީމުގެ އަސްލު ކުޅުން ނޫން ކަމަށެވެ. ހާއްސަކޮށް މެޗުގެ ބޮޑު ބައެއް އެއް ކުޅުންތެރިއަކު މަދުކޮށް ކުޅެން ޖެހުން އެއީ ސްކޮޓްލެންޑަށް ދިމާވި އަސްލު މައްސަލަކަމަށް ޔަކިން ދެކެ އެވެ.

ޔަކިން ބުނީ މި މެޗުގައި ސްވިޓްޒަލެންޑް ޓީމަށް ބަދަލުތަކެއް އައުން އެކަށީގެންވާ ކަމަށާއި, އެކަމަކު އަދި އެކަމަށް ވަކި އެއްޗެއް ބުނަން ނޭނގޭ ކަމަށެވެ.

ބައިނަލްއަގުވާމީ ބޮޑެތި މުބާރާތްތަކުގެ ގްރޫޕް ސްޓޭޖުގައި ސްވިޒަލެންޑުން އެންމެ ފަހުން ކުޅުނު 14 މެޗުގެ ތެރެއިން ބަލިވީ އެންމެ ދެ މެޗުންނެވެ. ޔަކިން ބުނީ މިއީ އޭނާގެ ޓީމަށް ލިބޭނެ ބޮޑު ހިތްވަރެއް ކަމަށާއި އުންމީދަކީ ރަނގަޅު ރޫހެއްގައި ތިބުން ކަމަށެވެ. އޭނާ ބުނީ ސަމާލުވާން ޖެހޭނެ އަނެއް ކަމަކީ، ސްކޮޓްލެންޑުން މި މެޗަށް ނުކުންނާނީ އަތުގައި ހުރި ހުރިހާ އެއްޗެއް ދީގެން، އެ ޓީމަށް މުބާރާތުގައި ކުރިއަށްދެވެން އޮތް ހަމައެކަނި ފުރުސަތަށްޓަކައި މަސައްކަތް ކުރުމުގެ ރޫހުގައި ކަމަށެވެ.

"އަހަރެމެން މެޗު ފަސޭހަނުކޮށް ކުރިއަށްދާންވީ، ކުރިން ވެފައި އޮތް ކަމެއް މުހިންމެއް ނޫން، ހަމަބިމުގައި ތިބެގެން ސަމާލުވެގެން ކުރިއަށްދާނީ،" ކުރިން ސްވިޒަލެންޑް ޓީމަށް ކުޅުނު ޔަކިން ބުންޏެވެ.

މި ދެ ޓީމު މީގެ ކުރިން ބައްދަލުކޮށްފައިވަނީ 2006 ވަނަ އަހަރު އެކުވެރިކަމުގެ މެޗެއްގަ އެވެ. ސްކޮޓްލެންޑްގައި ކުޅުނު އެ މެޗުން ސްވިޒަލެންޑް ވަނީ 3-1 އިން މޮޅުވެފަ އެވެ.

މިރޭ މި ދެ ޓީމު ކުޅޭ މެޗު ފަށާނީ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox