ގުލާގެ މޮޅު ގޯލުން ތުރުކީން ޖޯޖިއާ ބަލިކޮށްލައިފި

Jun 18, 2024, 6:00 PM
ގުލާގެ މޮޅު ގޯލުން ތުރުކީން ޖޯޖިއާ ބަލިކޮށްލައިފި

ޑޯޓްމަންޑް (ޖޫން 18) - ނަވާރަ އަހަރުގެ މިޑްފީލްޑަރު، އާޑާ ގުލާ ޖެހި މޮޅު ގޯލުން ތުރުކީން 3-1 އިން ޖޯޖިއާ ބަލިކޮށް، މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް މޮޅަކުން ފަށައިފި އެވެ.

މިއީ، މިދިޔަ އަށް އަހަރު ތެރޭ ތުރުކީ އަށް ޔޫރޯގައި މޮޅުވެވުނު ދެ ވަނަ މެޗެވެ. އެ ޓީމުން 2016 ވަނަ އަހަރުގެ ޔޫރޯ އާއި 2020 ވަނަ އަހަރުގެ ޔޫރޯގައި ކުޅުނު ހަ މެޗުގެ ތެރެއިން މޮޅުވީ އެންމެ ފަހަރަކު އެވެ. އެއީ 2016 ވަނަ އަހަރުގެ ޔޫރޯގެ ގްރޫޕް ސްޓޭޖު ފަހު މެޗުގައި ޗެކް ރިޕަބްލިކް އަތުންނެވެ. އެންމެ ފަހުގެ ޔޫރޯ އިން ކެޓީ ގްރޫޕް ސްޓޭޖު ތިން މެޗުން ވެސް ބަލިވެގެންނެވެ.

އަނެއްކޮޅުން މިރޭގެ މެޗަކީ، ޖޯޖިއާ އިން ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ކުޅުނު ފުރަތަމަ މެޗެެވެ.

ޖަރުމަނުގެ ސިގްނަލް އިޑޫނާ ޕާކުގައި ކުޅުނު މެޗު ފަށައިގެން 11 ވަނަ މިނިޓްގައި ތުރުކީން ފޮނުވާލި ހަމަލާއެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ. އެ ގޮތުން، ތުރުކީގެ ކާން އައިހާން ޖެހި ބޯޅައިގައި ގޯލަށް ވަނަނުދީ ހުރަހަކަށްވީ ދަނޑިއެެވެ.

ލަނޑެއް ޖެހޭތޯ ތުރުކީން ކުރަމުން އައި މަސައްކަތް، 25 ވަނަ މިނިޓްގައި ކާމިޔާބުކުރީ މާޓް މުލްޑޫރް އެވެ. އޭނާ މި ލަނޑު ޖެހީ އޭރިއާ ރޮނގުކައިރިން ވޮލީ އަކުން ގޯލުގެ ކަނަށް ބޯޅަ ފޮނުވާލައިގެންނެވެ. އޭގެ ތިން މިނިޓް ފަހުން، ކެނާން ޔިލްޑިޒް ވަނީ ލަނޑެއް ޖަހައި، ތުރުކީގެ ލީޑުފުޅާކޮށްދީފަ އެވެ. އެކަމަކު، ރެފްރީ ވަނީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބަލައިފައި އޮފްސައިޑް ކަމަށް ނިންމައިފަ އެވެ.

ތުރުކީގެ ޗަނޮނޮގްލޫ ކައިރިން ކްރަވަޝްކޭލިއާ ބޯޅަ ހިފައިގެންދަނީ.---

ޖޯޖިއާ އިން ވަނީ ކުޅުން ރަނގަޅުކޮށް 32 ވަނަ މިނިޓް ލަނޑެއް ޖަހައި އެއްވަރުކޮށްފަ އެވެ. އެ ގޮތުން، ޖޯޖިއާގެ ޖިއޯޖީ ކޮޗޮރަޝްވިލީ ނެގި ހުރަހަަކަށް އަރައި، އެ ޓީމުގެ ޖޯޖިއަސް މިކައުޓްޒޭ ވަނީ ލަނޑު ޖަހައި ނަތީޖާ ހަމަމަކޮށްދީފަ އެވެ. މިއީ، ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ޖޯޖިއާ އިން ޖެހި ފުރަތަމަ ގޯލެވެ.

ދެ ވަނަ ހާފު ފަށައިގެން، ޖޯޖިއާ އިން ލީޑުނެގޭތޯ އެޓޭކްތަކެއް ކުރި އެވެ. އެ ގޮތުން އެ ޓީމުގެ ތަރި، ކްވިޗާ ކްރަވަޝްކޭލިއާ އާއި މި މެޗުގައި ލަނޑު ޖެހީ މިކައުޓްޒޭ އަށް ލިބުނު ފުރުސަތުތަކުގެ ބޭނުންނުހިފުނެވެ.

ތުރުކީން އަލުން ލީޑުނެގީ 65 ވަނަ މިނިޓްގަ އެވެ. މި ލަނޑު ޖެހީ، ތުރުކީގެ 19 އަހަރުގެ މިޑްފީލްޑަރު، އާޑާ ގުލާ އެވެ. އޭރިއާބޭރުން ގުލާ ޖެހި ޝޮޓް، ޖޯޖިއާގެ ކީޕަރު ޖިއޯޖީ މަމަޑަޝްވިލީ އަތްމަތިން ގޮސް އަމާޒުވީ ގޯލުގެ މަތީ ކަނަށެވެ. މިއީ މި ފަހަރުގެ ޔޫރޯގައި ފެނުނު އެންމެ ރީތި އެއް ގޯލެވެ.

ގުލާ އަކީ ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ފަހު، ޔޫރޯގައި ކުޅުނު ފުރަތަމަ މެޗުން ލަނޑު ޖެހި 20 އަހަރުން ދަށުގެ ކުޅުންތެރިޔާ އެވެ. ރޮނާލްޑޯ، ވަނީ 2004 ވަނަ އަހަރު ޔޫރޯގައި އަލަށް ކުޅެ ފުރަތަމަ މެޗުގައި ގްރީސް ކޮޅަށް ލަނޑު ޖަހައިފަ އެވެ.

މެޗުގެ 69 ވަަނަ މިނިޓްގައި ތުރުކީގެ ލީޑުފުޅާކޮށްދޭން އޭރިއާތެރެއިން އެ ޓީމުގެ އޯކުން ކޮޗްކޫ އަށް ލިބުނު ފުރުސަތުގައި ރަނގަޅަށް ބޯޅަ ފޮނުވާނުލެވުނެވެ. އޭގެ ދެ މިނިޓް ފަހުން، ޖޯޖިއާ އިން އަނެއްކާ ވެސް ނަތީޖާ ހަމަހަމަކުރުމާ ގާތަށް ޖެހިލި އެވެ. އޭރިއާތެެރެއިން ޖޯޖިއާގެ ކޮޗޮރަޝްވިލީ ޖެހި ބޯޅަ އަމާޒުވީ ގޯލުގެ ދަނޑިއަށެވެ.

ތުރުކީން ބަދަލަކަށް ކުޅެން އެރި ޔޫސުފް ޔަޒީޗީ ވަނީ މެޗުގެ 87 ވަނަ މިނިޓްގައި ރަނގަޅު ހަމަލާއެއް ފޮނުވާލައިފަ އެވެ. އެ ގޮތުން، އޭރިއާތެރެއިން ޔަޒީޗީ ބޮލުން ޖެހި ބޯޅަ ޖޯޖިއާ ކީޕަރު މަމަޑަޝްވިލީ ވަނީ މަތަކޮށްފަ އެވެ.

ޖޯޖިއާ އިން ފަހު ވަގުތު ގިނަ ކުޅުންތެރިންތަކެއް އެޓޭކަށް ފޮނުވައިގެން ގޯލެއް ޖެހޭތޯ ބެލި އެވެ. އެ ގޮތުން ކްރަވަޝްކޭލިއާ ހިލޭޖެހުމަކުން ޖެހި ބޯޅައެއް ވަނީ ދަނޑިއަށް އަމާޒުވެފަ އެވެ. އަދި ރީބައުންސަކުން ޖޯޖިއާގެ ބުޑޫ ޒިޑްޒިވާޑްޒޭ ޖެހި ޝޮޓް ތުރުކީގެ ސަމިތު އަކައިދިން ވަނީ ބްލޮކްކޮށްފަ އެވެ.

އޭގެ ފަހުން ވެސް، މެޗުގެ އިތުރު ވަގުުތުގައި ލަނޑެއް ޖަހައި، ޖޯޖިއާ އިން އެއްވަރުކުރަން ކުރި މަސައްކަތުގައި، އެ ޓީމުގެ ކީޕަރު މަމަޑަޝްވިލީ ވެސް ކުރިއަށް ޖެހި ހުރި ވަގުތެއްގައި ކުރި އެޓޭކުގައި ތުރުކީގެ ކަރީމް އަކްތުރުކޮގްލޫ ވަނީ ހުސްކޮށް އޮތް ގޯލަށް ބޯޅަ ފޮނުވާލައި ތުރުކީ އަށް ތިން ޕޮއިންޓް ޔަގީންކޮށްދީފަ އެވެ.

މި ގްރޫޕްގައި ދެން އޮތް ޗެކް ރިޕަބްލިކާއި ޕޯޗުގަލް އިން މިރޭ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox