އިންގްލެންޑް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލައެއް

Jun 18, 2024, 6:58 AM
އިންގްލެންޑް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލައެއް

މިއުނިކް (ޖޫން 18) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން ކުޅުނު ފުރަތަމަ މެޗުގައި ސާބިއާ އަތުން 1-0 އިން މޮޅުވިއިރު، އެ މެޗުގެ ތެރެއިން އިންގްލެންޑް ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކުރި މައްސަލައެއް ބަލަމުން އަންނަ ކަމަށް ޔުއެފާ އިން ހާމަކޮށްފި އެވެ.

ރިޕޯޓްތައް ބުނާގޮތުން، ޔުއެފާ އަށް މި މައްސަަލަ ހުށަހެޅީ އިންގްލެންޑުންނެއް ނޫނެވެ. ޔުއެފާ އިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ، ހުށަހެޅިފައިވާ، ސާބިއާ ސަޕޯޓަރުންނާ ގުޅޭ ނަސްލީ ތަފާތުކުރުމަށް ހިތްވަރުދޭ މައްސަލައެއް ބަލަން ފަށައިފައިވާ ކަމަށެވެ.

މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތް ކުރިއަށްދާއިރު، ޔުއެފާ އިން ވަނީ ދަނޑުތަކުގައި އަހުލާގީ އެކި މައްސަލަތައް ރިޕޯޓްކުރަން އޮބްޒާވަރުން ބަހައްޓައިފަ އެވެ. އެ ގޮތުން، އިންގްލެންޑާ ދެކޮޅަށް ސާބިއާ އިން ކުޅުނު މެޗުގައި އެ ޓީމުގެ ސަޕޯޓަރުން ތިބި ސަރަހައްދުން ވަނީ، އިނގިރޭސި ކުޅުންތެރިންނާ ނަސްލީ ގޮތުން ދިމާކޮށްފަ އެެެވެ.

އެ މައްސަަލަ ޔުއެފާގެ ޑިސިލްޕިނަރީ ކޮމީޓީން އަންނަނީ ވަރަށް ފުޅާދާއިރާއެއްގައި ތަހުގީގު ކުރަމުންނެވެ.

މީގެ އިތުރުން، ޔުއެފާ އިން ވަނީ ސާބިއާ ފުޓްބޯޅަ ފެޑެރޭޝަން ޖޫރިމަނާކޮށްފަ އެވެ. އެއީ، އެ މެޗުގެ ތެރެއިން ދަނޑަށް އެއްޗެހި އުކާފައިވާތީ އެވެ.

އިންގްލެންޑާއި ސާބިއާ ކުޅުނު މެޗުގެ ކުރިން ދެ ޓީމުގެ ސަޕޯޓަރުންގެ މެދުގައި މާރާމާރީއެއް ވެސް ހިނގި އެވެ. އެހެންވެ، ޖަރުމަނު ފުލުހުން ވަނީ ހަތް މީހަކު ހިފަހައްޓައިފަ އެެވެ. އޭގެ ތެެެރެއިން ހަތް މީހަކު ނިސްބަތްވަނީ ސާބިއާ އަށެވެ.

އިޓަލީން ފަހަތުން އަރައި، އަލްބޭނިއާ އަތުން މޮޅުވި މެޗުގައި، އެ ޓީމުގެ ސަޕޯޓަރުން ވެސް ނަސްލީ ތަފާތު ކުރުމަށް ހިތްވަރުދޭ ގޮތަށް ޝުއޫރުފާޅުކުރި މަައްސަލައެއް ޔުއެފާ އިން އަންނަނީ ބަލަމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox