މުސްތަފާއަށް ޓަސްލާފައި ލިބުނު ޓެސްލާއާއެކު އުފާވެރިކަން

ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ދަށުން ޓެސްލާ ލިބުނު މުހައްމަދު މުސްތަފާ -- ފޮޓޯ: ފޭސްބުކް

ދިރާގު "ވިން އަ ޓެސްލާ" ޕްރޮމޯޝަންގެ ދަށުން ޓެސްލާ ލިބުނު މުހައްމަދު މުސްތަފާ -- ފޮޓޯ: ފޭސްބުކް

ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ދަށުން ދޭ ޓެސްލާ ކާރު ލިބުނު މުސްތަފާ މުހައްމަދު، 50, އަށް ކުރެވެނީ ވަރަށް އުފާވެރި އިހުސާސުތަކެއް ކަމަށް އޭނާ ބުނެފި އެވެ.

"އަދަދު" އާ ވާހަކަ ދައްކަމުން މުސްތަފާ ބުނީ ޓެސްލާ ލިބޭނެ ކަމުގެ އުންމީދު އޮތް ކަމަށާއި އެކަމަށް އުންމީދު ކަނޑާ ނުލާ ހުއްޓާ ލިބުމުން ވަކިން އުފާވި ކަމަށެވެ.

މީގެ ކުރިން އެއްވެސް ފަހަރަކު ލަކީޑްރޯއަކުން އިނާމެއް ލިބިފައި ނުވާ މުސްތަފާއަށް އުމުރުގައި ވެސް ލިބުނު ހަމައެކަނި މިފަދަ އިނާމަކަށް ވެގެން ގޮސްފައި ވަނީ ޓެސްލާ ކަމަށް އޭނާ ވަނީ ބުނެފަ އެވެ.

"ޓަސްލާފައި އެއްޗެއް ލިބުނީމަ ވަރަށް އެހެން ކަހަލަ އިހުސާސްތަކެއް ކުރެވުނު. ވަރަށް އުފާވި. ހެއްދެވި ފަރާތަށް ވަރަށް ޝުކުރުވެރިވަން މިފަދަ ނިއުމަތެއް އަޅުގަނޑަށް ދެއްވީތީ،" މުސްތަފާ ބުންޏެވެ.

މޯލްޑިވްސް ކަސްޓަމްސް ސާވިސްގައި މަސައްކަތް ކުރާ މުސްތަފާއަށް ޓެސްލާ ލިބުނުކަން އެނގުނީ އޭނާގެ ރަށް ތުލުސްދޫއަށް އޮފް ދުވަހަށް ގޮސް ހުއްޓަ އެވެ.

މުސްތަފާ ބުނީ އޭނާ ދައްތައެއްގެ ގޭގައި ސައިބޯން ހުއްޓާ ޓެސްލާގެ ގުރުން އޭނާ ހޮވިގެން ދިރާގުުން ގުޅުމުން ފުރަތަމަ ގަބޫލު ވެސް ނުކުރެވުނު ކަމަށެވެ. ނަމަވެސް ސޯޝަލް މީޑިއާއިން އެކަން ކަށަވަރު ކުރެވުނު ކަމަށް މުސްތަފާ ބުންޏެވެ.

"އަޅުގަނޑަށް ކުރިން ވެސް އެނގިފައި އޮތީ ދިރާގުން މެސެޖު ކުރީމަ ދިރާގު އީދު ޝޯގައި ޓެސްލާގެ ގުރު ނަގާކަން. ދައްތައެއް ގޭގައި ސައިބޯން ހުއްޓާ އެމީހުން ގުޅީ. ފުރަތަމަ ގަބޫލެއް ނުކުރަން. ނެޓުން އަޅުގަނޑަށް ޔަގީންވީ ކާރު އަޅުގަނޑަށް ލިބުނުކަން،" މުސްތަފާ ބުންޏެވެ.

ޓެސްލާއަށް ހަދާނެ ގޮތަކާމެދު ވިސްނާނީ އާއިލާއާ މަޝްވަރާ ކުރުމަށްފަހުކަން ފާހަގަކޮށް މުސްތަފާ ބުނީ އޭނާ އަތުގައި ކާރު އަދި ސައިކަލު ދުއްވުމުގެ ލައިސަންސް އޮތުމާއެކު، ކާރު ދުއްވުން ވެސް އެކަށީގެންވާ ކަމަށެވެ.

މުސްތަފާއަށް ލިބުނީ ޓެސްލާ މޮޑެލް ތިނެއްގެ ހުދު ކުލައިގެ އިލެކްޓްރިކް ކާރެކެވެ. އަދި މިއީ މިހާތަނަށް ރާއްޖޭގައި ހިންގި ޕްރޮމޯޝަނަކުން ލިބުނު އެންމެ އަގު ބޮޑު އިނާމެވެ.

ދިރާގުން މި ޕްރޮމޯޝަން ހިންގީ އެ ކުންފުނީގެ 35 ވަނަ އަހަރާ ދުވަހާ ގުޅުވާ ހިންގި ހާއްސަ ޕްރޮމޯޝަނެއްގެ ގޮތުގަ އެވެ. މި ޕްރޮމޯޝަނަށް ގިނަ ބަޔެއްގެ ތަރުހީބު ލިބުނު ކަމަށް ދިރާގުން ބުނެފައިވެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

Newsletter

Get the latest news delivered straight to your inbox