އެމްބާޕޭގެ އަނިޔާ ސީރިއަސް، މާސްކެއް އަޅައިގެން ކުޅެން ޖެހިދާނެ

Jun 18, 2024, 5:42 AM
އެމްބާޕޭގެ އަނިޔާ ސީރިއަސް، މާސްކެއް އަޅައިގެން ކުޅެން ޖެހިދާނެ

ޑަސެލްޑޯފް (ޖޫން 18) - ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ރޭ ފްރާންސުން ކުޅުނު މެޗުގައި އެ ޓީމުގެ ކެޕްޓަން، ކީލިއަން އެމްބާޕޭގެ ނޭފަތް ފަޅައިގެން ގޮސް ލިބުނު އަނިޔާ ހީކުރި ވަރަށް ވުރެ ސީރިއަސް ކަމަށް އެ ޓީމުން ބުނެފި އެވެ.

ފްރާންސްގެ ބައެއް މީޑިއާ ރިޕޯޓްތައް ބުނާގޮތުގައި، ދެން މުބާރާތުގައި އޭނާ ކުޅެން ޖެހޭނީ މޫނުގައި މާސްކެއް އަޅައިގެންނެވެ.

އޮސްޓްރިއާ އަތުން 1-0 އިން ފްރާންސް މޮޅުވި މެޗުގެ ދެ ވަނަ ހާުފުގައި އެމްބާޕޭ ބޮލުން ޖަހަން އެރި ބޯޅައެއްގައި އޮސްޓްރިއާގެ ކުޅުންތެރިއެއްގެ ކޮނޑުގައި ނޭފަތް ޖެހި ވަރަށް ބޮޑަށް ފަޅައިގެންދިޔަ އެވެ. ފަރުވާ އަށް ދަނޑުން، އެމްބާޕޭ ބޭލުވިއިރު، ރެފްރީގެ ހުއްދަ ނުހޯދައި އަލުން ދަނޑަށް އަރައި، އޭނާ ދަނޑުމަތީގައި އިށީނުމުން ރީނދޫ ކާޑެއް ވެސް ދެއްކި އެވެ. އެމްބާޕޭ ފަހުން ބަަދަލުވެސް ވަނީ ކޮށްފަ އެވެ.

މެޗަށް ފަހު ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯޕްސް ގާތުގައި އެމްބާޕޭގެ ހާލަތު އޮޅުންފިލުވަން ކުރި ސުވާލުތަކަށް ދިން ޖަވާބުގައި އޭނާ ބުނީ، ސީދާކޮށް އަދި އެއްޗެއް ބުނަން ނޭނގޭނެ ކަމަށާއި އެކަމަކު، ހީކުރި ވަރަށް ވުރެ އަނިޔާ ސީރިއަސް ކަމަށެވެ.

"ވަރަށް ބޮޑަށް ނޭފަތުގައި ޖެހިފައި ހުރީ. ދެން މެޑިކަލް ޓީމުން އެ އަންނަނީ ވަރަށް ރަނގަޅަށް ކަންކަން ބަލަމުން، މަަސާޖު ޓޭބަލްގައި ހުރެ، ފަރުވާ ހޯދަނިކޮށް އަހަރެން އެމްބާޕޭ ދުށިން، ވަރަށް ތަދުވެފައި އޭނަ ހުރީ، މިއީ އަހަރެމެންނަށް ވަރަށް ދެރަކޮށް ދިމާވި ކަމެއް،" ޑެޝޯމްޕްސް ބުންޏެވެ.

އެމްބާޕޭ ކުރި އެޓޭކެއްގައި އޮސްޓްރިއާގެ މެކްސިމިލިއަން ވޮބާ ޖެހި ބައި ގޯލުން ރޭ ފްރާންސް މޮޅުވިއިރު، ދެން އެ ޓީމު ކުޅޭ މެޗުގައި ބައްދަލުކުރާނީ ނެދަލެންޑްސްއާ އެވެ. އެ މެޗުގައި އެމްބާޕޭ އަށް ކުޅެވޭނެތޯ ނޫސްވެރިއަކު ކުރި ސުވާލަށް ދިން ޖަވާބުގައި ޑެޝޯމްޕްސް ބުނީ އެ ވާހަކަ ދައްކަން އަދި އަވަސް ކަމަށެވެ.

"ފްރާންސް އަބަދުވެސް ވަރުގަދަވާނީ ކީލިއަން (އެމްބާޕޭ)އާ އެކު، ދެން، އޭނަ ނެތިއްޖެ ހާލަތެއްގެ ވާހަކަ ދައްކާނީ އެ ކަމެއް އައުމުން،" ޑެޝޯމްޕްސް ބުންޏެވެ.

ފީފާ ވޯލްޑް ކަޕްގައި އެމްބާޕޭ 12 ގޯލު ޖަހާފައިވީ ނަމަވެސް، އަދި އޭނާ އަށް ޔޫރޯއެއްގައި ގޯލެއް ނުޖެހެ އެވެ. ދާދި ފަހުން ރެއާލް މެޑްރިޑަށް ބަދަލުވި އެމްބާޕޭ ވަނީ ފްރާންސަށް ކުޅުނު 80 މެޗުން 47 ލަނޑު ޖަހައިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox