ޖަރުމަނުގައި ތުުރުކީ އަށް ކުރެވެނީ "ހޯމް މެޗެއް"ގެ އިހުސާސް

Jun 18, 2024, 5:54 AM
ތުރުކީގެ ޕްރެކްޓިހެއް ބަލާލުމަށް އައި ސަޕޯޓަރުންނާ އެކު ކޯޗު މޮންޓެއްލާ ފޮޓޯ ނަގަނީ،---

ތުރުކީގެ ޕްރެކްޓިހެއް ބަލާލުމަށް އައި ސަޕޯޓަރުންނާ އެކު ކޯޗު މޮންޓެއްލާ ފޮޓޯ ނަގަނީ،---

ޑޯޓްމަންޑް (ޖޫން 18) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގްރޫޕް އެފްގައި މިރޭ ޖޯޖިއާއާ ދެކޮޅަށް ތުުރުކީ ނުކުންނައިރު، ތުރުކީގެ ސަޕޯޓަރުން މަޔޫސް ނުކުރާނެ ކަމަށް އެ ޓީމުގެ ކޯޗު، އިޓަލީގެ ވިންޗެންޒޯ މޮންޓެލާ ބުނެފި އެވެ.

ޖަރުމަންގައި ޔޫރޯ ކުޅޭތީ ގިނަ އަދަދެއްގެ ތުރުކީ ސަޕޯޓަރުުން ދަނޑަށް ވަންނާނެ ކަމަށް ބެލެވެ އެވެ. ޖަރުމަންގައި ތުރުކީގެ ގިނަ ރައްޔިތުންނާއި ތުުރުކީގެ ދަރިކޮޅު މީހުން ދިރިއުޅެއެވެ. އެހެންކަމުން ޖަރުމަންގައި ތުރުކީން ކުޅޭ މެޗުތަކަކީ އެ ޓީމުގެ ހޯމް މެޗުތަކެއްގެ ގޮތުގައިވެސް ސިފަކޮށްފައި އެބަހުއްޓެވެ.

ޑޯޓްމަންޑްގެ ސިގްނަލް އިޑޫނާ ޕާކުގައި މިރޭ ޖޯޖިއާއާ ދެކޮޅަށް ތުރުކީ ނުކުންނައިރު، ދަނޑުގައި ގިނަ އަދަދެއްގެ ސަޕޯޓަރުން ތިބޭނީ ތުރުކީ އަށް ހިތްވަރު ދިނުމަށް ކަމަށް މީޑިއާ އިން ސިފަކުރެ އެވެ.

ޖަރުމަންގައި ތުރުކީއަށް އޮންނަ ސަޕޯޓް ތުރުކީގެ ކޯޗު މޮންޓެލާ އަށް ވެސް ވަނީ ތަޖުރިބާކުރެވިފަ އެވެ. މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޖަރުމަންއާ ދެކޮޅަށް ބާލިންގައި ކުޅުނު އެކުވެރިކަމުގެ މެޗަށް ވެސް ތުރުކީގެ ގިނަ އަދަދެއްގެ ސަޕޯޓަރުން ވަނެވެ.

އިޓަލީ ގައުމީ ޓީމުގެ ކުރީގެ ފޯވާޑް މޮންޓެއްލާ: ތުރުކީގެ ފުޓްބޯޅަ ބަދަލުކޮށްލަން ވަނީ އަމާޒުހިފައިފައި.

މޮންޓެލާ ބުނީ ސަޕޯޓަރުންގެ ފަރާތުން ލިބޭ ތަރުހީބު ބަލައިގަންނަ ކަމަށާއި ސަޕޯޓަރުން މާޔޫސްނުކުރާނެ ކަމަށެވެ. އަދި މިރޭގެ މެޗަކީ ތުރުކީއަށް "ހޯމް މެޗެއް" ފަދަ ކަމަށެވެ.

"ދަނޑު ތިބި ސަޕޯޓަރުންވެސް އަދި ގައުމުގައި މެޗު ބަލަން ތިބި ސަޕޯޓަރުންވެސް މާޔޫސްނުކުރާނަން. އެންމެ ފަހުގެ ވަގުތާ ޖެހެންދެންވެސް ތުރުކީގެ ދިދައަށް އިހުތިރާމްކުރާނަން،" ކުރިން އިޓަލީގެ ގައުމީ ޓީމަށް ކުޅުނު މޮންޓެލާ ބުންޏެވެ.

އެންމެ ފަހުން ކުޅުނު ދެ ޔޫރޯގައި ވެސް ތުރުކީއަށް ގުރޫޕް ސްޓޭޖް ފަހަނައަޅައި ނުދެވުނެވެ. އެކަމަކު މި ފަހަރު މޮންޓެލާގެ އަމާޒަކީ އެކަން ބަދަލުކޮށްލުމެވެ.

"އަނިޔާގެ ބައެއް ކުޅުންތެރިންނަށް މި ފަހަރުގެ މުބާރާތް ނުކުޅެވުނު އެކަަމަކު މިހާރު ވިސްނަންވީ މިތަނަށް މި އައި ސްކޮޑާމެދު. މި އޮތީ ޒުވާން މޮޅެތި ކުޅުންތެރިންތަކާއެކު ތަޖުރިބާކާރު ކުޅުންތެރިން ހިމެނޭ ރަނގަޅު ސްކޮޑެއް. މި ފަހަރުގެ އަމާޒަކީ ދެވަނަ ބުރަށް ދިއުން،" މޮންޓެލާ ބުންޏެވެ.

ޖޯޖިއާ އާއި ތުރުކީ ފަސް ފަހަރެއްގެ މަތިން މީގެ ކުރިން ބައްދަލުކުރި އެވެ. ތިން މެޗުން ތުރުކީ މޮޅުވިއިރު، އެއް މެޗު ބަލި އަދި އެއް މެޗުން އެއްވަރުވެފައިވެ އެވެ.

ޖޯޖިއާ އާއި ތުރުކީ ބައްދަލުކުރާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox