ސްކޮޓްލެންޑްގެ ޕޯޓެއުސްގެ އަދަބު ވީ ބޮޑު: މުބާރާތް ނިމުނީތަ؟

Jun 18, 2024, 5:24 AM
ސްކޮޓްލެންޑްގެ ޕޯޓެއުސްގެ އަދަބު ވީ ބޮޑު: މުބާރާތް ނިމުނީތަ؟

މިއުނިކް (ޖޫން 18) - މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުގައި ސްކޮޓްލެންޑްގެ ޑިފެންޑަރު ރިޔާން ޕޯޓެއުސް އަށް ސީދާ ރަތް ކާޑެއް ދެއްކިއިރު ޑިސިޕްލިނަރީ ކޮމިޓީން ބަލާފައި އޭނާގެ ސަސްޕެންޝަން ދެ މެޗަށް ބަދަލުކުރުމާ އެކު، ދެން މުބާރާތުގައި އޭނާ ފެނުމުގެ ފުރުސަތު ކުޑަވެއްޖެ ކަމަށް ރިޕޯޓްތައް ބުނެފި އެވެ.

ޖަރުމަނު އަތުން 5-1 އިން ސްކޮޓްލެންޑް ބަލިވި މެޗުގައި ޕޯޓެއުސް އަށް ފުރަތަމަ ހާފުގައި ރަތް ކާޑު ދެއްކީ އޭރިއާތެރެއިން ޖަރުމަނުގެ ކެޕްޓަން އިލްކާއި ގުންޑޮގާން އަށް ކުރި ނުރައްކާތެރި ފައުލަކަށެވެ.

މި ރަތް ކާޑު ދެއްކީ ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ވެސް ކަށަވަރުކުރުމަށް ފަހު އެވެ.

ޕޯޓެއުސް (ކ) ފުރަތަމަ މެޗުގައި ގުންޑޮގާން އަށް ކުރި ފައުލު.

އިނގިރޭސި ދެ ވަނަ ޑިވިޝަނުގެ ވަޓްފޯޑަށް ކުޅޭ ޕޯޓެއުސްގެ މި ފައުލުގެ ކަންކަން ޔުއެފާ ޑިސިޕްލިނަރީ ކޮމީޓީން ބެލުމަށް ފަހު، މިއީ ވަރަށް ނުރައްކާތެރި ފައުލެއް ކަމަށް ނިންމައި، ސަސްޕެންޝަން ބޮޑުކުރީ އެވެ.

މިއާ އެކު، ދެން މި ފަހަރުގެ ޔޫރޯގައި ޕޯޓެއުސް ފެނުމުގެ ފުރުސަތު ވަނީ ކުޑަވެފަ އެވެ. އެއީ ގްރޫޕް ސްޓޭޖުގެ ބާކީ ދެ މެޗަށެވެ. ޕޯޓެއުސް ދެން ފެންނާނީ ސްކޮޓްލެންޑަށް ގްރޫޕް ސްޓޭޖު ފަހަނައަޅައި ދެވިއްޖިއްޔާ އެކަންޏެވެ.

ސްކޮޓްލެންޑަށް އަދި އެ ގައުމުގެ ފުޓްބޯޅަ ތާރީހުގައި ބޮޑު މުބާރާތެއްގެ ގްރޫޕް ސްޓޭޖު ފަހަނައަޅައި ނުދެވެ އެވެ. އެހެންވެ، ޕޯޓެއުސް އަށް މިހާރު މުބާރާތް ނިމުނީ ކަމަށް ދެކޭ މީހުން ގިނަ އެވެ.

ސްކޮޓްލެންޑް ބޮޑު ތަފާތަކުން ފުރަތަމަ މެޗުން ބަލިވިއިރު، ދެން އެ ޓީމުން ކުޅެން ޖެހޭނީ، މި ގްރޫޕްގެ ދެ ވަނަ މެޗުން ހަންގޭރީ ބަލިކުރި ސްވިޒަލެންޑާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox