ޖޯޖިއާ ބޮޑު މުބާރާތަކަށް އަލަށް؛ ފަހަތުގައި އޮތީ ބުރަ މަސައްކަތް

Jun 18, 2024, 5:10 AM
ޖޯޖިއާ ބޮޑު މުބާރާތަކަށް އަލަށް؛ ފަހަތުގައި އޮތީ ބުރަ މަސައްކަތް

ޑޯޓްމަންޑް (ޖޫން 18) - ޔޫރޯ 2024 އަށް ކޮލިފައިވުމަކީ ޖޯޖިއާގެ ފުޓްބޯޅައިގައި މިހާތަނަށް ލިބުނު އެންމެ ބޮޑު ކާމިޔާބެވެ. މިއީ ބައިނަލްއަޤްވާމީ ބޮޑު މުބާރާތަކަށް ޖޯޖިއާ ކޮލިފައިވި ފުރަތަމަ ފަހަރެވެ. މިއީ މި ފަހަކަށްއައިސް ޖޯޖިއާ އިން ފުޓްބޯޅައިގައި ހޯދަމުންދާ ކުރިއެރުންތަކަށް އިތުރުވި ބޮޅެކެވެ. ފުޓްބޯޅަ ކުރިއެރުވުމަށް ޖޯޖިއާ އިން ގެންގުޅޭ ސްޓްރެޓަޖީ އާއި ޔުއޭފާ އިން ލިބެމުންދާ ސަޕޯޓްގެ ބޭނުން އެންމެ ހެޔޮ ގޮތުގައި ހިފައި، ޖޯޖިއާ އިން ވަނީ ނަތީޖާ ނެރެފަ އެވެ.

ޖޯޖިއާ މި އަހަރުގެ ޔޫރޯ އަށް ކޮލިފައިވުމަކީ ބައެއް މީހުންނަށް ހައިރާންކަމެއް ލިބުނު ކަމެކެވެ. އެކަމަކު ޖޯޖިއާގެ ފުޓްބޯޅައިގެ ހާލަތު އެނގޭ މީހަކަށް، މިއީ ހައިރާންވާންޖެހޭވަރުގެ ކަމެއް ނޫނެވެ. ފާއިތުވި އަހަރުތަކުގައި ފުޓްބޯޅަ ކުރިއެރުވުމަށް ޖޯޖިއާގެ ފުޓްބޯލް ފެޑަރޭޝަނުން ކުރި މަސައްކަތަށް ބަލާއިރު، މިއީ ޖޯޖިއާ އަށް ހައްގު ކާމިޔާބެކެވޭ ބުނެވިދާނެއެވެ.

ނޭޝަންސް ލީގުން ކުރި ފައިދާ

ޔޫރޯ ކޮލިފައިންގެ ޕްލޭއޮފް އިން ޖޯޖިއާ ޖާގަ ހޯދީ ނޭޝަންސް ލީގުގައި އެ ޓީމުން ނެރުނު ނަތީޖާތަކާ ގުޅިގެންނެވެ. ޔުއޭފާ ނޭޝަންސް ލީގު 2023 / 2022 މުބާރާތުގައި ޖޯޖިއާ އޮތް ގުރޫޕް އެއްވަނަ އެ ޓީމުން ހޯދިއެވެ.

ޖޯޖިއާފަދަ ކުޑަ ގައުމަކަށް، ނޭޝަންސް ލީގު ކަހަލަ މުބާރާތުން ވަރަށް ގިނަ ފައިދާތަކެއް ލިބުނެވެ. ނޭޝަންސް ލީގުގައި ވާދަވެރި މެޗުތަކެއް ކުޅެން ލިބުމަކޯ ޖޯޖިއާއަށް ލިބުނު ކުރިއެރުމެކެވެ. ޖޯޖިއާގެ ކުރިއެރުމުގައި ނޭޝަނަސް ލީގުން އަދާކުރި ދައުރު ބޮޑެވެ.

އަދި މިހާރު ނޭޝަންސް ލީގުގެ "ބީ ލީގު" އަށް ޖޯޖިއާ ކޮލިފައިވެފައި އޮތުމުން، މިހާރަށްވުރެ ވަރުގަދަ ޓީމުތަކާއެކު ނޭޝަންސް ލީގުގައި ވާދަކުރުމުގެ ފުރުސަތު އެ ޓީމަށް ލިބޭނެއެވެ.

ނޭޝަންސް ލީގު ފެށުމުގެ ކުރިން ޖޯޖިއާ ކަހަލަ ކުޑަ ގައުމަކަށް ވާދަވެރި މެޗުތަކެއް ލިބެނީ މަދުންނެވެ. އެކަމަކު ނޭޝަންސް ލީގާއެކު ޖޯޖިއާ އަށް ވަނީ ވާދަވެރި މެޗުތަކެއްް ކުޅުމުގެ މަގު ފަހިވެފައެވެ.

މުބާރާތްތައް ހޯސްޓްކުރުމުގެ ފައިދާ ނެގުން

ޖޯޖިއާގެ ޒުވާން ޓީމުތަކަށް މެޗުތަކެއް ހޯދައިދިނުމާއި އެ ގައުމުގައި ފުޓްބޯޅައިގެ ފޯރި އިތުރުކުރުމަށް، ޖޯޖިއާ އިން ޔުއޭފާ ޔޫތު ލެވަލް މުބާރާތްތައް ހޯސްޓްކުރިއެވެ. އެގޮތުން 2017 ވަނަ އަހަރުގެ ޖޯޖިއާ އިން 19 އަހަރުން ދަށުގެ ޔޫރޯ ހޯސްޓްކުރިއެވެ. އަދި މިދިޔަ އަހަރު ރޫމޭނިއާއާ ގުޅިގެން 21 އަހަރުން ދަށުގެ ވޯލްޑް ކަޕް ހޯސްޓްކުރިއެވެ.

މިފަދަ މުބާރާތް ހޯސްޓްކުރުމުން ޖޯޖިއާގެ ޒުވާން ޓީމުތަކަށް ވާދަވެރި މެޗުތަކެއް ލިބުމުގެ އިތުރުން، އެ ގައުމުގައި ފުޓްބޯޅައިގެ ފޯރިގަދަވިއެވެ. ޖޯޖިއާގެ ފުޓްބޯޅައަށް ސަޕޯޓަރުން އިތުރުވިއެވެ.

ޖޯޖިއާ އިން ޔޫތު ޑިވެލޮޕްމަންޓަށް ކުރި މަސައްކަތުގެ ނަތީޖާ ދަނޑުމަތިންވެސް ފެނުނެވެ. ޖޯޖިއާގެ ޓީމުން 21 އަހަރުން ދަށުގެ ޔޫރޯގެ ނޮކްއައުޓް ބުރަށް ދަތުރުކުރިއެވެ. އަދި ޖޯޖިއާގެ 17 އަހަރުން ދަށުގެ ޓީމާއި 19 އަހަރުން ދަށުގެ ޓީމު ވަނީ ފުރަތަމަ ފަހަރަށް ޔުއޭފާގެ އޭޖް ގުރޫޕް މުބާރާތްތަކުގެ އެލީޓް ބުރަށް ދަތުރުކޮށްފައެވެ.

ސްޓްރެޓީޖިކް ޑިވެލޮޕްމަންޓަށް ކުރެވުނު މަސައްކަތް

ޖޯޖިއާގެ އެލީޓް ޕޫލްގެ ކުޅުންތެރިން އަދަދު އިތުރުކުރުމަށް އެ ގައުމުގެ ފުޓްބޯލް ފެޑަރޭޝަން އިން އެންމެ ބޮޑު ސަމާލުކަމެއް ދިނީ ފުޓްބޯޅައިގެ މަޤްބޫލުކަން އިތުރުކޮށް، ފުޓްބޯޅަ ކުޅޭ މީހުންގެ އަދަދު އިތުރުކުރުމަށެވެ. މި މަސައްކަތުގައިވެސް ޖޯޖިއާގެ ފެޑަރޭޝަނުން ރަނގަޅު ނަތީޖާތަކެއް ނެރުނެވެ.

ޖޯޖިއާގައި 2015 އާއި 2021 ޖޯޖިއާގައި ރަޖިސްޓްރީކޮށްފައިވާ ފިރިހެން ކުޅުންތެރިންގެ އަދަދު ވަނީ 14676 އިން 37،600 އަށް އިތުރުވެފައެވެ. އަދި އަންހެން ކުޅުންތެރިން އަދަދު އެތައް ގުނައެއް އިތުރުވިއެވެ.

ކުުޅުންތެރިން އިތުރުކުރުމުގައި ޖޯޖިއާގެ ފެޑަރޭޝަނުން ކުރަމުންދިޔަ މަސައްކަތަށް ޔުއޭފާ ގްރޯ ޕްރޮގްރާމްގެ އެހީތެރިކަން ލިބުނެވެ. ގްރޯ ޕްރޮގްރާމަކީ ފެޑަރޭޝަންތަކުގެ ސްޓްރެޓީޖިކް އަމާޒުތައް ހާސިލްކުރެވޭނެ ގޮތަށް ޑިވެލޮޕްމަންޓް ޕްރޮޖެކްޓްތައް ހިންގުމަށް ފަންނީ އެހީތެރިކަން ދޭ ޕްރޮގްރާމެކެވެ.

މީގެ އިތުރުން ޔުއޭފާ ހެޓްރިކް ފަންޑިންގް ޕްރޮގްރާމްގެ ތެރެއިން ޖޯޖިއާގެ ފުޓްބޯޅައިގެ އިންފްރާސްޓްރަކްޗާ އަށް ވަނީ ގިނަ ފަންޑިން ލިބިފައެވެ. މި ފަންޑްތައް ބޭނުންކޮށްގެން ޖޯޖިއާ އިން ވަނީ ސްޓޭޑިއަމްތައް މަރާމާތްކޮށް، އެކި ސަރަހައްދުގައި ޓްރެއިނިން ސެންޓަރުތައް ހަދައިފައެވެ.

އަދި މި ފަންޑްގެ އެހީތެރިކަމާއެކު 2014 ވަނަ އަހަރު އެކެޑަމީއެއް ހެދިއެވެ. ޖޯޖިއާ އަކީ ޔުއޭފާގެ އެލީޓް ޔޫތު ޕްލޭޔާ ޑިވެލޮޕްމަންޓް ޕްރޮގްރާމްގައި އެންމެ ފުރަތަމަ ބައިވެރިވި އެއް ގައުމެވެ.

ފުޓްބޯޅަ ކުރިއެރުވުމަށް ޖޯޖިއާ އިން ކުރަމުންދާ މަސައްކަތަކީ ކުރިއަރަމުން އަންނަ އެހެން ގައުމުތަކުން މިސާލަކަށް ބަލަންޖެހޭ މަސައްކަތެކެވެ. އަދި މިހާރު ޖޯޖިއާ އިން ކުރަމުންދާ މަސައްކަތަށް ބަލާއިރު، ކުރިއަށް އޮތް ތަނުގައި އިތުރު ކާމިޔާބީތަކެއް ހޯދުމަކީ ހައިރާންވާންޖެހޭ ކަމެއް ނޫނެވެ.

ޖޯޖިއާ އިން މިރޭ 9 ޖަހާއިރު، ތުރުކީއާ ދެކޮޅަށް ކުޅޭ މެޗަކީ އެ ގައުމުގެ ފުޓްބޯޅައިގައި ވަރަށް ހާއްސަ މެޗެކެވެ. މިއީ ބައިނަލްއަގުވާމީ ފުޓްބޯޅައިގައި ޖޯޖިއާގެ ފުރަތަމަ ފެނިލުމެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox