ޕޯޗުގަލް އިން ޔޫރޯ އަށް ދިޔައީ ހަތް ޖާޒީ ހިފައިގެން

Jun 18, 2024, 5:30 AM
ޕޯޗުގަލް އިން ޔޫރޯ އަށް ދިޔައީ ހަތް ޖާޒީ ހިފައިގެން

ލައިޕްޒިގް (ޖޫން 18) - ޕޯޗުގަލް އިން މި ފަހަރުގެ ޔޫރޯ ފުޓުބޯޅަ މުބާރާތައް ދިޔައީ ހަތް ޖާޒީ ހިފައިގެން ފައިނަލް ކުޅުމުގެ އަޒުމުގައި ކަމަށާއި، މިރޭގެ މެޗަކީ އެ ޓީމުން ވި ތައްޔާރީތައް އާންމުންނަށް ދައްކާލާނެ މެޗު ކަމަށް ޕޯޗުގަލްގެ ކޯޗު ރޮބާޓޯ މާޓިނޭޒް ބުނެފި އެވެ.

މިރޭ ޗެކް ރިޕަބްލިކާ ދެކޮޅަށް ނުކުންނަ މެޗުގެ ކުރިން ޕޯޗުގަލްގެ ކޯޗު މާޓިނޭޒް ބުނީ, ޕޯޗުގަލް އިން މުބާރާތައް ނުކުންނަނީ, ބޮޑު ހުވަފެނެއް ދެކި އެ ކަން ހަގީގަތަކަށް ހެދުމަށް ކަމަށެވެ. އަދި ބޮޑުކޮށް ހުވަފެން ދެކިގެން ނޫނީ ކާމިޔާބު ނުވާނެ ކަމަށް މާޓިނޭޒް ގަބޫލުކުރެ އެވެ.

ކުރިން ބެލްޖިއަމްގެ ކޯޗަކަށް ހުރި، މާޓިނޭޒް ބުނީ ޕޯޗުގަލް ޓީމުން ޔޫރޯ އަށް ދިޔައީ ހަތް ޖާޒީ ހިފައިގެން ކަމަށެވެ. އެއީ ފައިނަލަށް ދިއުމަކީ، ޕޯޗުގަލް ޓީމުގެ ޓާގެޓް ކަމަށާއި, އެ ހިސާބައް ދިޔުމުގެ ފެންވަރު އޭނާގެ ޓީމުގައި އެބަހުރި ކަމަށެވެ.

Advertisement

"އަހަރެމެން ފޮށި ތަންމަތި ޕެކް ކުރީ ތިން ޖާޒީ ހިފައިގެންނެއް ނޫން. ހަތް ޖާޒީ ހިފައިގެން މުބާރާތައް މި ނުކުންނަނީ" މާޓިނޭޒް ބުންޏެވެ.

މާޓީނޭޒް އެ ފާހަގަކުރި ތިން ޖޯޒީގެ ވާހަކަ އަކީ ގްރޫޕް ސްޓޭޖުގައި ތިން މެޗު ކުޅެފައި ކަޓައިގެން ދިއުމަށް އުންމީދުނުކުރާކަން ދައްކުވައިދިނުމަށެވެ.

ޔޫރޯ ކޮޮލިފިކޭޝަނުގައި ޕޯޗުގަލް އަކީ އެންމެ ކާމިޔާބު ޓީމެވެ. އެ ޓީމުން ވަނީ ކޮލިފިކޭޝަނުގައި މެޗަކުން ބަލިނުވެ، ކޮލިފިކޭޝަން ނިންމާލައިފަ އެވެ. އަދި ކޮލިފިކޭޝަނުގައި އެ ޓީމުން ވަނީ 36 ގޯލު ޖަހައިފަ އެވެ. މިއީ، މި ފަހަރުގެ ކޮލިފިކޭޝަނުގައި ޓީމަކުން ކާމިޔާބުކުރި އެންމެ ގިނަ ގޯލުވެސް މެ އެވެ.

ޕޯޗުގަލް އިން މިފަހަރުގެ މުބާރާތައް ނުކުންނައިރު, އަދިވެސް އެ ޓީމުގެ ތަރިއަކީ ކްރިސްޓިއާނޯ ރޮނާލްޑޯ, 39 އެވެ.

ރޮނާލްޑޯ ވަނީ ކޮލިފިކޭޝަނުގައި އެކަނިވެސް 10 ގޯލު ޖަހައިފަ އެވެ. އެކަމަކު، ސައުދި އަރަބިއްޔާގައި ކުޅެމުން އަންނަ ރޮނާލްޑޯ އަށް ޕޯޗުގަލް ޓީމުން ފުރުސަތު ދިނުމުން އެކަމަށް ފާޑުކިޔުން ވަނީ އަމާޒުވެފަ އެވެ.

މި ކަމަށް ރައްދުދެމުން މާޓިނޭޒް ބުނީ ރޮނާލްޑޯ ޓީމަށް އެރީ ރަނގަޅު ޕާފޯމެންސް އެއް މި ސީޒަނުގައި ދައްކާފައިވާތީ ކަމަށެވެ. އެގޮތުން ރޮނާލްޑޯ ވަނީ މި ސީޒަނުގައި އެކަނިވެސް 51 ގޯލު ޖަހާފައި ކަމަށް މާޓިނޭޒް ބުންޏެވެ.

ޕޯޗުގަލް އިން ވަނީ އެންމެ ފަހުން ޗެކް ރިޕަބްލިކާ ދެކޮޅަށް ކުޅުނު ހަތަރު މެޗުން ވެސް މޮޅުވެފަ އެވެ. މިރޭގެ މެޗު ފަށާނީ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ލިވަޕޫލް ދަނޑުގައި މޮޅުވެ އާސެނަލަށް އެއް ވަނައިގައި ލީޑެއް

އިނގިރޭސި ޕްރިމިއާ ލީގުގައި ލިވަޕޫލް އަތުން 1-0 އިން މޮޅުވެ، އާސެނަލުން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް ނަގައިފި. ކައި ހަވާޓްޒް ކާމިޔާބުކުރި ލަނޑުން ހޯދި މި މޮޅަކީ ވޭތުވެދިޔަ 14 އަހަރު ތެރޭ ލިވަޕޫލްގެ ދަނޑުގައި އާސެނަލް ހޯދި ފުރަތަމަ މޮޅު

ވޯލްޑް ކަޕްގެ ތަޖުރިބާ، ރާއްޖޭގެ ފުޓްބޯޅަ އަށް ފުރުސަތުތަކެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖޭގެ ޓީމު ވާދަކުރުމަކީ ޒުވާން ކުޅުންތެރިންގެ ކުރިމަގަށް ލިބުނު މުހިންމު ތަޖުރިބާއެއް ކަމަށް ކޯޗު ޝާކިއްޓެ ވަނީ ބުނެފައި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގައި ރާއްޖެއިން 10 މެޗު ކުޅުނުއިރު، އެއް މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށް، މުޅި މުބާރާތުގެ 159 ވަނަ ވަނީ ހޯދާފައި

ބައެއް ހާލަތްތަކުގައި އަނގައިން ނުބުނުން ބުއްދިވެރި: މޮރީނިއޯ

ޗައިނާގެ ކުރީގެ ލީޑަރު މާއޯ ޒެޑެންގާ ބެހޭގޮތުން އެމްބާޕޭ ދެއްކި ވާހަކަތަކަކާ ގުޅިގެން، ޗައިނާގެ ކުންފުނިތަކުންނާއި މީޑިއާއިން އޭނާއާ ދެކޮޅަށް ފިޔަވަޅު އަޅަން ފަށައިފި. މި މައްސަލައިގައި ރެއާލް މެޑްރިޑާއި އެމްބާޕޭ މައާފަށް އެދިފައިވާއިރު، ކޯޗު މޮރީނިއޯ ބުނީ މިފަދަ ހާލަތްތަކުގައި އަނގައިން ނުބުނެ ހުރުމަކީ އެންމެ ބުއްދިވެރި ގޮތް ކަމަށް.

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިނާ މިހާރު ކުޅެފިނަމަ ބަލިކުރާނަން

ވޯލްޑް ކަޕް ފައިނަލުގައި ސްޕެއިން އަތުން ބަލިވި ނަމަވެސް، މިހާރު އެ ޓީމާ ކުޅެފިނަމަ ބަލިކުރާނެ ކަމަށް އާޖެންޓީނާގެ ކީޕަރު އެމިލިއާނޯ މާޓިނޭޒް ބުނެފިއެވެ. އޭނާ ފާހަގަކުރި ގޮތުގައި ސްޕެއިނަށް ވުރެ 2022 ވަނަ އަހަރުގެ ފައިނަލުގައި ބައްދަލުކުރި ފްރާންސް ޓީމު މާ ވަރުގަދައެވެ. އަދި މިފަހަރުގެ މުބާރާތުގެ ބޮޑުބައި އޭނާ ކުޅުނީ އިނގިލި ބިންދައިގެން ގޮސްފައި ހުރެގެން ކަމަށްވެސް މާޓިނޭޒް ހާމަކުރިއެވެ.

ކޭން އަތުން ޕެނަލްޓީ ނާކާމިޔާބު، ބަޔާނާއި ޑޯޓްމަންޑް އެއްވަރު

ޖަރުމަނު ލީގުގައި ބަޔާން މިއުނިކާއި ބޮރޫޝިއާ ޑޯޓްމަންޑް ބައްދަލުކުރި މެޗު 2-2 އިން އެއްވަރުވިއިރު، ބަޔާންގެ ހެރީ ކޭން އަތުން ވަނީ ޕެނަލްޓީއެއް ނާކާމިޔާބުވެފައި. މެޗުގެ ފަހު ވަގުތު ޑޯޓްމަންޑުން ލަނޑު ޖަހައި ނަތީޖާ އެއްވަރުކުރިއިރު، މި ނަތީޖާއާއެކު ދެ ޓީމަށް ވެސް 18 ޕޮއިންޓް ލިބިގެން ބަޔާން އޮތީ ތާވަލުގެ އެއްވަނައިގައި

މިލާން އަތުން ބަލިވެ އިންޓަ އަށް އެއް ވަނަ ގެއްލިއްޖެ

އިޓާލިއަން ލީގުގައި ރޭ ކުޅުނު މިލާން ޑާބީގައި އޭސީ މިލާން އަތުން 3-1 އިން ބަލިވެ، އިންޓަ މިލާނަށް ތާވަލުގެ އެއްވަނަ ގެއްލިއްޖެ. މި ނަތީޖާއާއެކު އިންޓަ ދެވަނައަށް ސޮއްސާލިއިރު، ލަނޑުގެ ތަފާތުން ލާޒިއޯ މިހާރު އޮތީ ތާވަލުގެ އެއްވަނައިގައި

އަލަވޭސް ބަލިކޮށް ބާސެލޯނާ އަލުން އެއް ވަނަ އަށް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުން ޑިޕޯޓިވޯ އަލަވޭސް 6-1 އިން ބަލިކޮށް، ބާސެލޯނާ އިން އަލުން ތާވަލުގެ އެއްވަނަ މަގާމު ހޯދައިފި. މި މޮޅާއެކު ބާސެލޯނާ އެއްވަނައިގައި އޮތީ 11 މެޗުން 30 ޕޮއިންޓް ހޯދައިގެން ކަމަށްވާއިރު، މި މެޗުގައި އެޓީމުގެ ލަމީން ޔަމާލް އަދި ރަފީނިއާ ވަނީ މޮޅު ކުޅުމެއް ދައްކާފައި

Newsletter

Get the latest news delivered straight to your inbox