ދިރާގުގެ "ވިން އަ ޓެސްލާ" ޕްރޮމޯޝަނުގެ ދަށުން ދޭ ޓެސްލާ ކާރުގެ ނަސީބުވެރިޔާ މިރޭ ހޮވައިފި އެވެ.
ދިރާގު ޕޯސްޓްޕެއިޑް 450 ނުވަތަ ފައިބަރ ބްރޯޑްބޭންޑް 30M އިން މަތީގެ ޕެކޭޖްތަކަށް ސަބްސްކްރައިބް ކުރާ ކަސްޓަމަރުން ބައިވެރިކޮށްގެން ހިނގި މި ޕްރޮމޯޝަނުގެ ދަށުން ދިން ކާރު ލިބުނީ 7743350 ނަމްބަރުގެ ވެރިފަރާތަށެވެ.
ދިރާގުގެ އީ-ޑިރެކްޓަރީއިން ދައްކާ ގޮތުގައި މި ނަމްބަރު ރަޖިސްޓްރީކޮށްފައި ވަނީ ކ. ތުލުސްދޫއަށް ނިސްބަތްވާ މުހައްމަދު މުސްތަފާގެ ނަން މަތީގަ އެވެ. އޭނާއަށް ލިބޭނީ ޓެސްލާ މޮޑެލް ތިނެއްގެ ހުދު ކުލައިގެ އިލެކްޓްރިކް ކާރެކެވެ.
މިއީ މިހާތަނަށް ރާއްޖޭގައި ހިންގި ޕްރޮމޯޝަނަކުން ލިބުނު އެންމެ އަގު ބޮޑު އިނާމެވެ. ދިރާގުން މި ޕްރޮމޯޝަން ހިންގީ އެ ކުންފުނީގެ 35 ވަނަ އަހަރާ ދުވަހާ ގުޅުވާ ހިންގި ހާއްސަ ޕްރޮމޯޝަނެއްގެ ގޮތުގަ އެވެ. މި ޕްރޮމޯޝަނަށް ގިނަ ބަޔެއްގެ ތަރުހީބު ލިބުނު ކަމަށް ދިރާގުން ބުނެފައިވެ އެވެ.
ދިރާގުގެ 35 ވަނަ އަހަރު ފާހަގަކުރަމުންދާއިރު އެކުންފުނިން ދަނީ ރާއްޖޭގެ ޑިޖިޓަލް ޓްރާންސްފޯމޭޝަން ދަތުރުގައި އިސްކޮށް ހަރަކާތްތެރިވެ، ކަސްޓަމަރުންނަށް އެންމެ ރަނގަޅު ފެންވަރުގެ ހިދުމަތް ފޯރުކޮށްދީ، ޑިޖިޓަލް ރައްޖޭގައި ކުރިއެރުމަށް މަގުފަހިކޮށްދެމުންނެވެ.









