އުރީދޫގެ ދައުވަތަށް ރާއްޖެ އަންނަ ޕީއެސްޖީ ލެޖެންޑް ޖޭ ޖޭ އޮކޯޗާ ގެ ތައާރަފެއް

އުރީދޫގެ ދައުވަތަށް ރާއްޖެ އަންނަ ޕީއެސްޖީ ލެޖެންޑް ޖޭ ޖޭ އޮކޯޗާ ގެ ތައާރަފެއް

އުރީދޫ މޯލްޑިވްސްގެ ދައުވަތަކަށް ރާއްޖެ އަންނަ އޮގަސްޓީން އަޒުކާ "ޖޭ ޖޭ" އޮކޯޗާ، 50 އަކީ މަޝްހޫރު ކްލަބްތަކަށް ކުޅުނު ނައިޖީރިއާގެ އެޓޭކިން މިޑްފިލްޑަރެކެވެ.

ޖުލައި 1، އިން ޖުލައި 6، ގެ ނިޔަލަށް ރާއްޖެ އަންނަ ޖޭ ޖޭ އޮކޯޗާ ރާއްޖެ އަންނަނީ އުރީދޫގެ ޕްރީމިއަމް ޕާޓްނަރު ޕީއެސްޖީއާ އޮތް ޕާޓްނާޝިޕްގެ ދަށުންނެވެ.

އެފްރިކާގެ އިތުރުން ނައިޖީރިއާގައި ވެސް އުފެދުނު އެންމެ މޮޅު އެއް ކުޅުންތެރިޔާގެ ލަގަބު ހޯދާފައިވާ ޖޭ ޖޭ އޮކޯޗާ ވަނީ 2003 އަދި 2004 ގައި ބީބީސީގެ އެފްރިކާގެ އެންމެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދާފަ އެވެ.

Advertisement

ނައިޖީރިއާގެ އެންމެ މޮޅު ފުޓުބޯޅަ ކުޅުންތެރިޔާގެ މަގާމު ހަތް ފަހަރު ހޯދާފައިވާ ޖޭ ޖޭ އޮކޯޗާ ވަނީ ގައުމީ ޓީމަށް 73 މެޗު ކުޅެ 14 ލަނޑު ކާމިޔާބުކޮށް، 1994 ގެ އެފްރިކަން ކަޕް އޮފް ނޭޝަންސް އަދި 1996 ގެ ސަމާ އޮލިމްޕިކްސް ނައިޖީރީއާ ކާމިޔާބުކުރި ނައިޖީރިއާ ޓީމުގައި ހިމެނިފަ އެވެ.

ޖޭޖޭ އޮކޯޗާ ޕީއެސްޖީއަށް ސޮއިކުރުން
ޖޭޖޭ އޮކޯޗާ ޕީއެސްޖީއަށް ސޮއިކުރުން

ޖޭޖޭ އޮކޯޗާ ޕީއެސްޖީއަށް ސޮއިކުރުން

ޖަރުމަނުގެ ބްރޫޝިއާ ނޮއިންކިރްޗެންއިން 1990 ގައި ކްލަބު ކެރިއަރު ފެށި ޖޭޖޭ އޮކޯޗާ ވަނީ ފްރެންކްފާޓްގެ އިތުރުން ތުރުކީގެ ފެނަބާޗޭއަށް ކުޅެ ކާމިޔާބީތައް ހޯދާފަ އެވެ.

ޖޭޖޭ އޮކޯޗާ އެންމެ ބޮޑަށް ވިދާލާފައި ވަނީ ފްރާންސުގެ ޕީއެސްޖީއަށް ބަދަލުވި ފަހުންނެވެ. އޭނާ ވަނީ އެ ކްލަބަށް 112 މެޗު ކުޅެ، 20 ލަނޑު ކާމިޔާބުކުރުމުގެ އިތުރުން އެ ކްލަބާއެކު ދެ ތަށި ކާމިޔާބުކޮށްފަ އެވެ.

ޕީއެސްޖީއަށް ކުޅުމަށްފަހު ޖޭޖޭ އޮކޯޗާ ބަދަލުވީ އިނގިރޭސި ކްލަބް ބޮލްޓަންއަށެވެ. އެ ކްލަބާއެކު ހަތަރު ސީޒަން ހޭދަކުރުމަށްފަހު، ގަތަރު ސްޕޯޓްސް ކަލްބުގެ އިތުރުން ހަލް ސިޓީގައި ވެސް އޭނާ ވަނީ ސީޒަނެއް ހޭދަކޮށްފަ އެވެ.

ޖޭޖޭ އޮކޯޗާ
ޖޭޖޭ އޮކޯޗާ

ޖޭޖޭ އޮކޯޗާ

އުރީދޫއިން ކަސްޓަމަރުންނަށް އަމާޒުކޮށްގެން ޖޭޖޭ އޮކޯޗާ އަންނަ މުއްދަތުގައި ކުރާ ކަންކަން:

އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު: ޖޭ-ޖޭ އޮކޯޗާއާއެކު ފުޓްސަލް ކުޅުމުގެ ފުރުސަތު ހޯދުމަށް ކަސްޓަމަރުންނަށް އަމާޒުކޮށްގެން ކުރިއަށްގެންދާ ސޯޝަލް މީޑިއާ ކޮންޓެސްޓުގައި PSGLegendin# ހޭޝްޓެގް ބޭނުންކޮށްގެން ބައިވެރިވެވެ އެވެ.

މި ކޮންޓެސްޓުގައި ޖޫން 10, ހަމައަށް ބައިވެރިވެވޭއިރު، ކޮންޓެސްޓުގައި ބައިވެރިވާ ފަރާތްތަކުގެ މެދުގައި ނެގޭ ގުރުއަތަކުން ހޮވޭ ފަސް ފަރާތަށް ޖޭ-ޖޭ އޮކޯޗާ އާއެކު ފުޓްސަލް މެޗެއް ކުޅުމުގެ ފުރުސަތު ލިބެ އެވެ.

ޕީއެސްޖީ އެކަޑަމީ ސެޝަންސް: ޒުވާން ފުޓުބޯޅަ ކުޅުންތެރިންނަށް އަދި ކުޑަކުދިންނަށް ހާއްސަކޮށްގެން ޕީއެސްޖީ އެކަޑަމީގެ ދެ ޓްރެއިނިން ސެޝަނެއް މާލެ ސަރަހައްދުގައި ކުރިއަށްދާއިރު، މި ސެޝަންތައް ކުރިއަށް ދާނީ ޕީއެސްޖީ އެކަޑަމީގެ ދެ ކޯޗުންނާ އެކުގަ އެވެ.

ވިން އަ ޓްރިޕް ޓު ލާމު: ސުޕަނެޓް، ފަސޭހަ ބްރޯޑްބޭންޑް، 5ޖީ އެއަފައިބާ އަދި ޕޯސްޓްޕެއިޑް، ޕްރީޕެއިޑް ޕްލޭން ލަކީޑްރޯ ހުޅުވާލެވިފައިވާ މުއްދަތުގެ ތެރޭގައި އަޕްގްރޭޑް ކުރާ ފަރާތްތަކަށް މި ލަކީ ޑްރޯގެ އޮޓޮމެޓިކުން ބައިވެރި ވެވޭނެ އެވެ. މި ޕްރޮމޯޝަން ކުރިއަށް ދާ މުއްދަތުގައި އުރީދޫއާ އަލަށް ގުޅޭ ކޮންމެ ކަސްޓަމަރަކަށް ވެސް ލަކީ ޑްރޯގައި އޮޓަމެޓިކުން ބައިވެރިވެވޭނެ އެވެ. ގުރުވަތުން ހޮވޭ ދެ ނަސީބުވެރިންނަށް އުރީދޫ ފަން ރަންގައި ބައިވެރިވެ، ޖޭ-ޖޭ އޮކޯޗާއާ ބައްދަލުކުރުމަށް ލ. އަތޮޅަށް ދިއުމުގެ ފުރުސަތު ލިބެ އެވެ.

އުރީދޫ ފަން ރަން - ލާމު އެޑިޝަން: ޖޭ ޖޭ އޮކޯޗާ ޖުލައި 5، ގައި ލ. ގަމުގައި ބާއްވާ އުރީދޫ ފަން ރަންގައި ބައިވެރިވާނެ އެވެ.

ޕީއެސްޖީއަކީ 2013 ވަނަ އަހަރުން ފެށިގެން އުރީދޫ ގްރޫޕްގެ ޕްރިމިއަމް ޕާޓްނަރެއްގެ އިތުރުން ގްލޯބަލް ބްރޭންޑް އެމްބެސެޑަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ ކްލަބެކެވެ.

މި ޕާޓްނަރޝިޕްގެ ދަށުން އުރީދޫ ޕެރިސް ސެއިންޓް ޖާމަން އެކަޑަމީ އާއި ޕެރިސް ސެއިންޓް ޖާމަން ހޭންޑްބޯލް އެކަޑަމީ ފަދަ ހަރަކާތްތަކުގެ ތެރެއިން ގުޅިގެން މެދުއިރުމައްޗާއި އުތުރު އެފްރިކާ އަދި ދެކުނު އިރުމަތީ އޭޝިއާގެ ޒުވާނުންގެ ކުރިއެރުމަށް ގިނަ މަސައްކަތްތަކެއް ދަނީ ކުރެވެމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އެމްއައިބީން ފުނަދޫގައި ސޭލްސް ސެންޓަރާއި އޭޓީއެމް ހުޅުވައިފި

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން ށ. ފުނަދޫގައި ސޭލްސް ސެންޓަރަކާއި އޭޓީއެމްގެ ހިދުމަތް ރަސްމީކޮށް މިއަދު ވަނީ ފަށާފައެވެ. މި ހިދުމަތުގެ ސަބަބުން އެ ރަށުގެ ރައްޔިތުންނާއި ވިޔަފާރިވެރިންނަށް ފަސޭހަކަމާއެކު ފައިސާ ނެގުމާއި ޖަމާކުރުމުގެ އިތުރުން ބޭންކިންގގެ އެހެނިހެން މާލީ މުއާމަލާތްތައް ކުރެވޭނެ މަގު ފަހިވެގެންދާނެއެވެ.

ޗިޕްތަކުގެ ޑިމާންޑާއެކު ސެމްސަންގްގެ ފައިދާ ނުވަ ގުނަ އިތުރު

އޭއައި ޗިޕްތަކަށް އޮތް ޑިމާންޑު ބޮޑުވުމާ ގުޅިގެން، ސެމްސަންގް ކުންފުނީގެ މިދިޔަ ކުއާޓަރުގެ ފައިދާ ނުވަ ގުނަ އިތުރުވެ 80 ބިލިއަން ޑޮލަރަށް އަރާނެ ކަމަށް އެ ކުންފުނިން އަންދާޒާކުރެއެވެ. މިއީ އެ ކުންފުނިން ޖެހިޖެހިގެން ރެކޯޑް ފައިދާއެއް ހޯދި ހަތަރުވަނަ ކުއާޓަރަށް ވާއިރު، ޗިޕްތަކުގެ އިތުރުން އަލަށް ބާޒާރަށް ނެރުނު ފަތްޖަހާލެވޭ ފޯނުތަކުގެ ސަބަބުން ވެސް ކުންފުންޏަށް ބޮޑު ކުރިއެރުމެއް ވަނީ ލިބިފައެވެ.

ޓީޖީއެސްޓީ ދަށް ވެއްޖެ، މިއީ ޓޫރިސްޓުން މަދުވުމުގެ އަސަރު

ޓޫރިސްޓުން މަދުވުމުން ދައުލަތަށް ޓީޖީއެސްޓީގެ ގޮތުގައި ލިބުނު އާމްދަނީ 110.5 މިލިއަން ރުފިޔާ ދަށް. މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ދަތުރުފަތުރަށް އައި ބަދަލުތަކުގެ ސަބަބުން ޓޫރިޒަމުގެ ދުވެލި މަޑުޖެހިފައިވާއިރު، މި އަހަރުގެ ބަޖެޓުގައި އަންދާޒާކުރި އަމާޒަށް ވާސިލުވުމުގެ ފުރުސަތު އަންނަނީ ކުޑަވަމުން.

ވިއެޓްޖެޓުން ރާއްޖެއަށް ދަތުރުތައް ފަށަނީ

ވިއެޓްނާމްގެ ވިއެޓްޖެޓް އެއާލައިނުން އަންނަ ޑިސެމްބަރު މަހު ހޯޗީމިން ސިޓީއާއި ރާއްޖެއާ ދެމެދު ހަފުތާއަކު ތިން ސީދާ ދަތުރު ފެށުމަށް ވަނީ ނިންމާފަ. މި ދަތުރުތައް ފެށުމާ ގުޅިގެން ޓިކެޓުގެ އަގު ހެޔޮ ޕްރޮމޯޝަންތަކެއް އިއުލާންކޮށްފައިވާއިރު، މީގެ ސަބަބުން ވިއެޓްނާމުން ރާއްޖެއަށް އަންނަ ފަތުރުވެރިންގެ އަދަދު އިތުރުވާނެ ކަމަށް ބެލެވޭ.

ދަރަވަންދޫގައި ފަރުތައް އާލާކުރަން ދިރާގުން އެހީ

ދިރާގާއި ސޮނެވާ ސީއެސްއެމް ގުޅިގެން ބ. ދަރަވަންދޫގެ ފަރުތައް އާލާކުރުމަށް "ދިރުން ކޮމިއުނިޓީ ކޮރަލް ރީޖެނެރޭޝަން ޕްރޮގްރާމް" ފެށުމަށް ގުޅިއްޖެ. މި މަޝްރޫއުގެ ދަށުން އެ ރަށުގައި މުރަކަ ނާސަރީއެއް ގާއިމުކޮށް، ފަރުތައް ބެލެހެއްޓުމުގެ ފަންނީ ތަމްރީނާއި ހޭލުންތެރިކުރުވުމުގެ ހަރަކާތްތައް ޒުވާނުންނާއި އާންމުންނަށް އަމާޒުކޮށްގެން ކުރިއަށް ގެންދާނެ.

ލޯނު ނުދެއްކުމުން މާލޭގެ ދެ ގެއެއް ސީބީއެމްއިން ވިއްކާލަނީ

ކޮމާޝަލް ބޭންކް އޮފް މޯލްޑިވްސް (ސީބީއެމް) އަށް ދައްކަންޖެހޭ ފައިސާ ނުދައްކައިގެން މާލޭގެ ދެ އިމާރާތެއް ނީލަމުގައި ވިއްކާލަން އެ ބޭންކުން ވަނީ އިޢުލާނުކޮށްފަ. މި ބިޑްތައް ފެށޭ އަގަކީ ހަތަރު މިލިއަން ރުފިޔާ ކަމަށްވާއިރު، މި މަހުގެ 14 ވަނަ ދުވަހުގެ ކުރިން ދަރަނި ހަލާސްނުކޮށްފިނަމަ މި މުދާ ވިއްކާލުމުގެ މަސައްކަތް ކުރިއަށް ދާނެ.

ޓީޖީއެސްޓީ މައްސަލައިގައި ޓޫރިޒަމް އިންޑަސްަޓްރީއާ ބައްދަލުކޮށްފި

ބޭރުގެ ޓުއާ އޮޕަރޭޓަރުންނާއި ބުކިން ޕްލެޓްފޯމްތަކުން ޓީޖީއެސްޓީ ނެގުމަށް ގާނޫނަށް ގެނައި ބަދަލުތަކާ ގުޅޭގޮތުން ސަރުކާރުގެ ވަޒީރުންނާއި ޓޫރިޒަމް ދާއިރާގެ އިސްވެރިން މަޝްވަރާކޮށްފި. މި ބައްދަލުވުމުގައި ދާއިރާގެ ގޮންޖެހުންތަކަށް ހައްލު ހޯދުމަށާއި މުހިންމު ލަނޑުދަނޑިތަކަކަށް އެއްބަސްވެވުނު ނަމަވެސް، ގާނޫނަށް ގެންނަ ބަދަލުތަކުގެ ތަފްސީލު ހިއްސާނުކުރޭ.

Newsletter

Get the latest news delivered straight to your inbox