ފްރާންސަކީ ބޮޑު ފޭވަރިޓެއް، ކޯޗެއްގެ ގޮތުގައި ޑެޝޯމްޕްސް އަށް މަދުވަނީ ޔޫރޯ ތަށި

Jun 17, 2024, 10:36 AM
ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް: ޑެޝޯމްޕްސް އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ފްރާންސަށް ކޯޗުކޮށްދެމުން.

ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯމްޕްސް: ޑެޝޯމްޕްސް އަންނަނީ 2012 ވަނަ އަހަރުން ފެށިގެން ފްރާންސަށް ކޯޗުކޮށްދެމުން.

ފްރާންސްގެ ކެޕްޓަނެއްގެ ގޮތުގަޔާއި ކޯޗެއްގެ ގޮތުގައި ޑިޑިއޭ ޑެޝޯމްޕްސް ވަނީ ފީފާ ވޯލްޑް ކަޕް ކާމިޔާބުކޮށްފަ އެވެ. އެއީ، 1998 ވަނަ އަހަރުގެ ވޯލްޑް ކަޕާއި 2018 ވަނަ އަހަރުގެ ވޯލްޑް ކަޕް އެވެ. ކުޅުންތެރިއެއްގެ ގޮތުގައި ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ތަށި 2020 ވަނަ އަހަރު ހޯދި، ޑެޝޯމްޕްސް ކޯޗެއްގެ ގޮތުގައި 2016 ވަނަ އަހަރުގެ ޔޫރޯ ފައިނަލުގައި ވަނީ ބަލިވެފަ އެެވެ.

ކޯޗެއްގެ ގޮތުގައި، ޑެޝޯމްޕްސް އަށް މިހާރު ފްރާންސް ގޮވައިގެން މަދުވަނީ، ޔޫރޯގެ ތަށްޓެވެ. އަމިއްލަ ގައުމުގައި 2016 ވަނަ އަހަރު ހޯސްޓްކުރި ޔޫރޯ ފައިނަލުގައި ޕޯޗުގަލް އަތުން ހިތި ގޮތަކަށް ބަލިވި ހަނދާންތައް ޑެޝޯމްޕްސްގެ އެބަހުއްޓެވެ.

ޑެޝޯމްޕްސް މި ވަގުތު ކޮންޓްރެކްޓްގައި ހުރީ 2026 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގެ ނިޔަލަށެވެ. އެހެންކަމަށްވުމާ އެކު، ޑެޝޯމްޕްސް އަށް ފްރާންސާ އެކު ޔޫރޯ އެއް ކާމިޔާބުކުރަން ލިބޭ ފަހު ފުުރުސަތަކީ މި ފަހަރެވެ.

ތި އެތުލެޓިކް އަށް ދިން އިންޓަވިއުއެއްގައި ވާހަކަ ދައްކަމުން ޑެޝޯމްޕްސް ބުނީ، އެއްވެސް ކަމެއްގެ ވަކި ޕްރެޝަރެއް ނުނަގައި އޭނާ ބޭނުންވަނީ އަމިއްލަ ނަފްސަށް އޮންނަ އިތުބާރާ އެކު ރަނގަޅު މަސައްކަތެއް ކުރުމަށް ކަމަށެވެ.

"މިއީ ފަހަރުގައި ވެސް އަހަރެން ބޭނުންނުވާތީއެއް ނޫން. އަހަންނަށް ނޭނގޭ ތިއަށް ދޭނެ ޖަވާބެއް. އަހަރެން އަމިއްލަ ނަފްސަށް މާ ބައިވަރު ސުވާލުތަކެއް ނުކުރާނަން. މި ވަގުތު ގައުމީ ޓީމަކާ އެކު ހޯދެން މި އޮތީ ތިން ތަށި، ފީފާ ވޯލްޑް ކަޕް، ނޭޝަންސް ލީގު، ދެން ޔޫރޯ، މީގެއިން ދެ ތަށި ލިބިއްޖެ. އަހަރެން އަބަދުވެސް މަސައްކަތް ކުރަނީ ފްރާންސް އަބަދުވެސް ކާމިޔާބު ހޯދައިދޭން، ފްރާންސްގެ ހައްގު މަގާމުގައި އެ ޓީމު ބާއްވަން،" ޑެޝޯމްޕްސް ބުންޏެވެ.

ފްރާންސްގެ ކޯޗު ޑެޝޯމްޕްސް: މި ފަހަރުގެ ޔޫރޯގެ ކުރިން ތަށްޓާ އެކު ނަގާފައިވާ ފޮޓޯއެއް.

މި ފަހަރުގެ ޔޫރޯގެ އެންމެ ބޮޑު ފޭވަރިޓުންގެ ތެރޭގައި ފްރާންސްގެ ނަން ގުނުމަކީ، އެ ވާހަކަތަކަށް ޖަވާބު ނުދީ ދޫކޮށްލެވޭނެ ކަމެއް ނޫންކަން ޑެޝޯމްޕްސް ވެސް ގަބޫލުކުރެ އެވެ. އޭނާ ބުނީ، ފްރާންސަކީ ފޭވަރިޓެއްކަން އެއީ ގަބޫލުކުރަން ޖެހޭ ހަގީގަތެއް ކަމަށެވެ.

"އަހަރެމެންނަކީ 2018ގެ ވޯލްޑް ކަޕްގެ ޗެމްޕިއަނުން، 2022ގެ ވޯލްޑް ކަޕްގެ ރަނަރަޕް، އެހެންވީމަ، ޔަގީނުން ވެސް އަހަރެމެން ފޭވަރިޓުންގެ ގޮތުގައި ގުނާނެ،" ޑެޝޯމްޕްސް ބުންޏެވެ. "ދެން، ބަލަންޖެހޭ ހަގީގަތެއް އެއީ، ޔޫރޯގައި އެބަކުޅޭ ފީފާ ރޭންކިންގެ ގަދަ 10 ގެ ތެރެއިން އަށް ގައުމު، އެހެންވީމަ އެބަ އެނގޭ މި މުބާރާތުގެ އުނދަގޫކަން،" ޑެޝޯމްޕްސް ބުންޏެވެ.

އޭނާ ބުނީ މީގެ ކުރިން ޔޫރޯ ފުޓްބޯޅަ މުބާރާތްތައް ނަމަ، ފޯމަކަށް އެޅެން މެޗުތަކެއް ލިބިދާނެ ކަމަށެވެ. އެކަމަކު، މިހާރު ޔޫރަޕްގެ ފުޓްބޯޅަ އޮތް ލެވަލަށް ބަލާއިރު، ފުރަތަމަ މެޗުން ފެށިގެން ކަންކަން ރަނގަޅަށް ނުގޮސްފިނަަމަ އޭގެ ގެއްލުން، ޓީމަށް ކުރާނެ ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ.

މި ފަހަރުގެ ޔޫރޯގައި ފްރާންސް އިން އެންމެ ބޮޑަށް ބަރޯސާވާނެ ކުޅުންތެރިއަކީ ކީލިއަން އެމްބާޕޭ ކަމާ މެދު ސުވާލެއް ވެސް ނެތް ކަމަށް ޑެޝޯމްޕްސް ވަނީ ބުނެފަ އެވެ. އެމްބާޕޭ އަށް ފުޓްބޯޅަ ދުނިޔޭގެ ސަމާލުކަން މާ ބޮޑަށް ހުއްޓުމަކީ، ފްރާންސަށް ވެސް އޮތް ޕްރެޝަރެއްގެ ގޮތުގައި ގިނަ ބަޔަކު ފާހަގަކުރިޔަސް، ޑެޝޯމްޕްސް ބުނީ، އެ ހުރިހާ ކަމަކާ ކުރިމަތިލާނެ ފެންވަރު އެބަހުރި ކަމަށެވެ.

މި ފަހަރުގެ ޔޫރޯގައި ފްރާންސް ކުޅޭ ފުރަތަމަ މެޗުގައި މިރޭ 12 ޖަހާއިރު ބައްދަލުކުރާނީ އޮސްޓްރިއާއާ ދެކޮޅަށް ކަމަށެވެ. އެ ގްރޫޕްގައި ކުޅުނު ފުރަތަމަ މެޗުން ނެދަލެންޑްސް ވަނީ 2-1 އިން ޕޮލެންޑް ބަލިކޮށްފަ އެވެ.

އޮސްޓްރިއާ އާއި ފްރާންސް ވަނީ 25 ފަހަރު ބައްދަލުކޮށްފަ އެވެ. ފްރާންުސުން 13 މެޗު ކާމިޔާބުކުރިއިރު، އޮސްޓްރިއާ އިން ނުވަ މެޗުން މޮޅުވި އެވެ. އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox