ފްރާންސަށް އޮސްޓްރިއާ އިން އިހުތިރާމްކުރިޔަސް ޖެހިލުމެއް ނުވާނެ

Jun 17, 2024, 5:46 AM
ފްރާންސަށް އޮސްޓްރިއާ އިން އިހުތިރާމްކުރިޔަސް ޖެހިލުމެއް ނުވާނެ

ޑަސެލްޑޯފް (ޖޫން 17) - ފްރާންސަކީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ފޭވަރިޓުންގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ ޓީމެއް. އެހެންވެ އެ ޓީމަށް ދޭން ޖެހޭ އިހުތިރާމް ދޭނެ ކަމަށް އޮސްޓްރިއާ ކޯޗު ރަންގްނިކް ބުނެފި އެވެ.

އެހެން ނަމަވެސް، އޭނާ އޮސްޓްރިއާ ކޯޗުކަމާ މީގެ ދެ އަހަރު ކުރިން ހަވާލުވިއިރު ވެސް ޓާގްޓްތަކެއް ކަނޑައެޅި ކަމަށާއި އޭގެ ތެެރެއިން އެންމެ ބޮޑު ކަމަކީ މި ފަހަރުގެ ޔޫރޯގައި ނަތީޖާ ރަނގަޅުކުރުން ކަމަށްވާއިރު، އެ އަމާޒަށް ވާސިލްވާން ކުރާ މަސައްކަތުގައި އެއްވެސް ޓީމެއްގެ ދެކެ ޖެހިލުންނުވާނެ ކަމަށް ވަނީ ބުނެފަ އެވެ.

ބަޔާން މިއުނިކްގެ ކޯޗުކަން ރަންގްނިކް އަށް މިދިޔަ މަހު ހުށަހެޅި އެެވެ. އެހެން ނަމަވެސް، އޭނާ ނިންމީ އޮސްޓްރިއާ ކޯޗުގެ މަގާމުގައި ދެމިހުންނާށެވެ. އެއީ އެ ޓީމާ އެކު ފެށި ޕްރޮޖެކްޓާ މެދު އުންމީދު އޮތުމުންނެވެ.

"ވަރަށް ދިގު ކޮލިފައިން ބުރެއް ނިންމާލިއިރު، އަހަރެމެންނަށް ތިބެވުނީ ވަރަށް ހިތްހަމަޖެހޭ ހިސާބަކަށް އާދެވިފައި. ދެން އޮތީ، ޝައުގުވެރިކަމާ އެކު، ބުރަ މަސައްކަތެއް ކޮށްގެން އަހަރެމެން ދާން ބޭނުންވާ މިސްރާބަށް ދިއުން،" ރަންގްނިކް ބުންޏެވެ.

"އަމާޒަކީ ނޮކައުޓް ބުރަށް ދިއުން،"

ރަންގްނިކް ބުނީ، ފުރަތަމަ މެޗުގައި ފްރާންސާ ދެކޮޅަށް ކުޅެން ޖެހުމަކީ އެއްގޮތަކުން އެ ޓީމަށް ފައިދާއެއް ކަމަށެވެ. އެއީ މުބާރާތުގެ އެންމެ ބޮޑު އެއް ފޭވަރިޓާ ކުޅެެގެން، މުބާރާތް ފަށާއިރު ޓީމު ވަޒަންކޮށްލަން ލިބޭނެތީ އެވެ.

"ފްރާންސަށް އިހުތިރާމްކުރަން، އެ ޓީމަކީ އެންމެ ފަހުގެ ވޯލްޑް ކަޕްގެ ރަނަރަޕް، އެންމެ ވަރުގަދަ ފޯވާޑް ލައިނެއް އޮތް އެއް ޓީމު. މިއީ ހައްތަހާވެސް ފްރާންސަށް އޮތް އެޑްވާންޓޭޖް، އެކަަމަކު، އަހަރެމެން ޖެހިލުންވާން ޖެހޭ ސަބަބެއް ނޫން މިއީ. އަހަރެމެންނަށް ވެސް ޕްލޭނަކާ އެކު މަސައްކަތް ކުރެވިދާނެ،" ޖަރުމަނު ފުޓްބޯޅައިގައި ވެސް މަސައްކަތްކޮށްފައިވާ ރަންގްނިކް ބުންޏެވެ.

ރަންގްނިކް ވަނީ ފްރާންސް އިން ކްރިސްޓަލް ޕެލަސްގެ ވިންގް، މައިކަލް އޮލީސޭ ނުނެގުމުން އެކަމާ ސުވާލު އުފައްދައިފަ އެވެ. އޮސްޓްރިއާ އަށް އޮތް އެންމެ ބޮޑު ހީނަރުކަމަކީ، އެ ޓީމުގެ ތަރި ޑޭވިޑް އަލަބާ އަށް އަނިޔާގެ ސަބަބުން މި ފަހަރުގެ މުބާރާތް ގެއްލުމެވެ.

އޮސްޓްރިއާ އާއި ފްރާންސް ވަނީ 25 ފަހަރު ބައްދަލުކޮށްފަ އެވެ. ފްރާންުސުން 13 މެޗު ކާމިޔާބުކުރިއިރު، އޮސްޓްރިއާ އިން ނުވަ މެޗުން މޮޅުވި އެވެ. އަނެއް ތިން މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިރޭ މި ދެ ޓީމު ކުޅޭ މެޗު ފަށާނީ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

2030 ގެ ފީފާ ވޯލްޑް ކަޕްގެ ރައިޓްސްތަކެއް ނެޓްފްލިކްސް އަށް

2030 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް މެޗުތައް ސްޕެއިން އާއި އެންޑޯރާގައި ދެއްކުމުގެ ރައިޓްސް ނެޓްފްލިކްސް އިން ގަނެފި. މި އެއްބަސްވުމުގެ ދަށުން ކޮންމެ ދުވަހަކު އެއް މެޗު ހިލޭ ސްޓްރީމް ކުރާއިރު، އޭގެ ތެރޭގައި ސެމީ ފައިނަލާއި ފައިނަލް މެޗު ވެސް ހިމެނޭ.

ޗައިނާ މުބާރާތުގައި ވެސް ގައުމީ ފުޓްސަލް ޓީމަށް ކޯޗު ޒަކީރޯވް

އަންނަ މަހު ޗައިނާގައި ބާއްވާ އިންޓަނޭޝަނަލް ފުޓްސަލް މުބާރާތުގައި ވެސް ރާއްޖޭގެ ގައުމީ ޓީމަށް އިރުޝާދުދޭނީ ކޯޗު ފާރޫކް ޒަކީރޯވް ކަމަށް އެފްއޭއެމް އިން ވަނީ ހާމަކޮށްފައި. މި މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ރާއްޖޭގެ ޓީމުން މިހާރު ފަރިތަކުރުންތައް ފަށާފައިވާއިރު، ރާއްޖޭގެ އިތުރުން މި މުބާރާތުގައި ޗައިނާ، ހޮންގް ކޮންގް އަދި ދެކުނު ކޮރެއާ ވާދަކުރާނެ

ގައްދޫ ބަލިކޮށް ބުރު އަށް ސީޒަންގެ ފުރަތަމަ މޮޅު

ދިވެހި ޕްރިމިއާ ލީގުގައި ގދ. ގައްދޫ 2-0 އިން ބަލިކޮށް، ބުރު ސްޕޯޓްސް ކްލަބުން މި ސީޒަނުގެ ފުރަތަމަ މޮޅު ހޯދައިފި. މި މެޗުގެ ލަނޑުތައް ބުރު ސްޕޯޓްސްއަށް ކާމިޔާބުކޮށްދިނީ ޖުއާން އެޑުއާޑޯ ލެސްކާނޯ އާއި އިބްރާހިމް އުސާމާ ހަސަން މަޖީދު

ލަމްޕާޑް އެދުނީ ކަވެންޓްރީ އިން ހަމަބިމުގައި ތިބެން

ކޯޗު ފްރޭންކް ލަމްޕާޑްގެ އިރުޝާދުގެ ދަށުން ކަވެންޓްރީ ސިޓީން 25 އަހަރަށް ފަހު ޕްރިމިއާ ލީގުގައި އަމިއްލަ ދަނޑުގައި ފުރަތަމަ މޮޅު ހޯދައިފި. ނިއުކާސަލް އަތުން ލިބުނު މި ކާމިޔާބީއާއެކުވެސް، ލަމްޕާޑް ބާރުއެޅީ ޓީމުގެ ސަމާލުކަން ނުގެއްލުވައި ހަމަބިމުގައި ތިބެގެން ކުރިއަށް ދިއުމަށް

އެމެރިކާ އަކީ ފުޓްބޯޅައިގެ ގައުމެއް ނޫން: ޖިރޫ

އެމެރިކާގެ އެލްއޭ އެފްސީއަށް ކުޅުމަށްފަހު ފްރާންސްގެ ލިލް އަށް ބަދަލުވި އޮލިވިއޭ ޖިރޫ ބުނިގޮތުގައި، އެމެރިކާ އަކީ ޔޫރަޕާ އަޅާބަލާއިރު ފުޓްބޯޅައިގެ ޖޯޝާއި ފޯރި ކުޑަ، ހަމައެކަނި ފުޓްބޯޅައިގައި ހިމެނޭ ފައިސާއަށް އިސްކަންދޭ ގައުމެއް

ރާއްޖެ މެޗުގެ ކަންތަކާ ހެދި ލަންކާ ކޯޗު 5000 ޑޮލަރުން ޖޫރިމަނާ

އޭއެފްސީ 20 އަހަރުން ދަށުގެ ކޮލިފައިންގައި ރާއްޖެއާ ދެކޮޅަށް ކުޅުނު މެޗަށްފަހު، ދިވެހި ޓީމަށް ބޭއަދަބީ ބަހުން މުހާތަބުކުރި ލަންކާގެ އެސިސްޓަންޓް ކޯޗު މުހައްމަދު އިމްރާން 5000 ޑޮލަރުން އޭއެފްސީން ޖޫރިމަނާކޮށްފިއެވެ. މި މައްސަލައާ ގުޅިގެން ލަންކާ ފުޓްބޯޅަ ފެޑެރޭޝަނުން އޭނާ ވަގުތުން މަގާމުން ވަކިކޮށްފައިވާއިރު، ދެ އަހަރު ދުވަހުގެ ސަސްޕެންޝަނެއް ދިނުމަށްވެސް އެ ފެޑެރޭޝަނުން އަންނަނީ މަސައްކަތް ކުރަމުންނެވެ.

ގައްދޫން މި ބުރުގައި ހަ ޕޮއިންޓް ހޯދަންޖެހޭ: ނަޒީހު

ދިވެހި ޕްރިމިއާ ލީގުގައި މިހާތަނަށް ކުޅުނު ހަތަރު މެޗުން ބަލިވެފައިވާ ގައްދޫ ޓީމުން، މި ބުރުގައި ހަ ޕޮއިންޓް ހޯދަން ޖެހޭ ކަމަށް އެ ޓީމުގެ ކޯޗު މުހައްމަދު ނަޒީހު ބުނެފިއެވެ. ބަޖެޓާއި ތަޖުރިބާކާރު ކުޅުންތެރިންގެ ދަތިކަން ހުރި ނަމަވެސް، މިއަދު ބުރު ސްޕޯޓްސްއާ ދެކޮޅަށް ކުޅޭ މެޗަކީ ރަނގަޅު ނަތީޖާއެއް ނެރެން އުންމީދުކުރާ މެޗެއް ކަމަށް އޭނާ ފާހަގަކުރިއެވެ.

Newsletter

Get the latest news delivered straight to your inbox