ބްރެޒިލަށް ފާޑުކިޔުމަކީ ރޮނާލްޑީނިއޯ ކުޅުނު އިސްތިހާރެއް

Jun 16, 2024, 7:05 PM
ބްރެޒިލަށް ފާޑުކިޔުމަކީ ރޮނާލްޑީނިއޯ ކުޅުނު އިސްތިހާރެއް

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖޫން 16) - ބްރެޒިލްގައި މިހާރު އޮތް ފުޓްބޯޅަ ޓީމަށް އެ ޓީމުގެ ކުރީގެ ލެޖެންޑް، ރޮނާލްޑީނިއޯ ފާޑުކިޔާފައިވަނީ އިސްތިހާރެއްގެ ބައެއްގެ ގޮތުގައި ކަމަށް ބުނެފި އެވެ.

ބްރެޒިލްގެ ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގަޔާއި ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި، ރޮނާލްޑިނިއޯ، 44، ވަނީ ވަރަށް ބޮޑަށް ބްރެޒިލްގެ ގައުމީ ފުޓްބޯޅަ ޓީމާއި ކުޅުންތެރިންނަށް ފާޑުކިޔައިފަ އެވެ. އެކަމާ ބްރެޒިލްގެ މީޑިއާ އާއި ދުނިޔޭގެ އެކި މީޑިއާތަކުގެ ސަމާލުކަން ރޮނާލްޑީނިއޯ އަށް ހުއްޓުނެވެ.

ބްރެޒިލްގެ ގައުމީ ޓީމުގެ ކުޅުންތެރިން ވެސް ރޮނާލްޑީނިއޯގެ ވާހަކަތަކަށް ރައްދުދޭން ފެށުމާ އެކު، އިންސްޓަގްރާމްގައި ކުރި ޕޯސްޓެއްގައި ރޮނާލްޑީނިއޯ ބުނީ، ކުރިން ދެއްކި ވާހަކަތަކަކީ އިސްތިހާރަކާ ގުޅިގެން އާންމުކުރި ވާހަކަތަކެއް ކަމަށެވެ.

"އަހަރެން ދުވަަހަކު ވެސް ބްރެޒިލަށް ސަޕޯޓްކުރުން ހުއްޓައެއް ނުލާނަން، އަހަރެން ކުރިިން ޕޯސްޓްގައި ބްރެޒިލް މެޗުތައް ނުބަލާނެ ކަމަށް ބުނެފައިވަނީ، ސަޕޯޓަރުންގެ ޝުއޫރުތައް ހުންނާނެ ގޮތުގެ އިސްތިހާރެއް ކުޅެން ވެގެން، އެއީ ޑިއޯޑަރެންޓްގެ އިސްތިހާރެއްގެ ބައެއް. މުބާރާތެއްގެ ކުރިން މި ކަހަލަ ވާހަަކަތަކެއް ކުޅުންތެރިންނަށް އިވުމަކީ މޮޓިވޭޝަނަށް އަސަރުކުރާނެ ކަމެއް އަހަރެން އެ ފަދަ ކަމެއް ނުކުރާނަން،" ރޮނާލްޑީނިއޯ ބުންޏެވެ.

އޭނާ ބުނީ، ފުޓްބޯޅައިގައި ވެސް ކޮންމެ ކަމެއްގައި ވެސް އެންމެ އިސް ރޯލެއް ކުޅެނީ ސަޕޯޓަރުން ކަމަށެވެ.

ބްރެޒިލް ޓީމުގެ ކުޅުންތެރިޔާ، ރަފީނިއާ އަށް އަމާޒުވި ސުވާލެއްގެ ޖަވާބުގައި އޭނާ ބުނީ، ރޮނާލްޑީނިއޯ، ބްރެޒިލް ޓީމަށް ފާޑުކިޔުން އެއީ އިސްތިހާރެއްގެ ކަމަކަށް ވެދާނެ ކަމަށެވެ. އެއީ ދާދި ފަހުން، ރޮނާލްޑީނިއޯ ވަނީ މި ފަހަރުގެ ކޮޕަ އެމެރިކާގައި ބްރެޒިލް ކުޅޭ މެޗުތަކުގެ ޓިކެޓް ހޯދަން ވިނީޝިއުސް ޖޫނިއާ ކައިރީގައި ވާހަކަ ދައްކާފައިވާ ކަމަށް ރަފީނިއާ ބުނެފައިވެ އެވެ.

ބުރާސްފަތި ދުވަހު އެމެރިކާގައި ފަށާ، ކޮޕަ އެމެރިކާގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 25 ގައި ކުޅޭނީ ކޮސްޓަ ރިކާއާ އެެވެ. ދެ ވަނަ މެޗުގައި، މި މަހު 29 ގައި ޕެރަގުއޭއާ ކުޅުމަށް ފަހު، ގްރޫޕް ފަހު މެޗުގައި، އަންނަ މަހުގެ ތިން ވަނަ ދުވަހު، ކޮލަމްބިއާއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox