ހަނގުރާމައިގައި އޮތް ޔޫކްރެއިނުން އެދެނީ ޔޫރޯގައި ވެސް ފުރިހަމަ ސަޕޯޓަކަށް

Jun 17, 2024, 4:52 AM
ހަނގުރާމައިގައި އޮތް ޔޫކްރެއިނުން އެދެނީ ޔޫރޯގައި ވެސް ފުރިހަމަ ސަޕޯޓަކަށް

މިއުނިކް (ޖޫން 17) - މިހާރު ކުރިއަށްދާ ޔުއެފާ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޔޫކްރެއިން އިން ކުޅޭ ފުރަތަމަ މެޗުގައި ރުމޭނިއާ އާއި ދެކޮޅަށް ނުކުންނައިރު ޔޫކްރެއިނުން އެދެނީ އެ ގައުމަށް މިހާރު ވެސް ލިބެމުން އަންނަ ސަޕޯޓް ތަކުރާރުވުމަށް ކަމަށް ސާހޭއި ރެބްރޯވް ބުނެފި އެވެ.

ރެބްރޯވް ބުނީ މި މުބާރާތައް ޔޫކްރެއިނުން ނުކުންނައިރު، އެ ގައުމު އޮތީ ވަރަށް ހާލުގައި ކަމަށެވެ. ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައިގެ ސަބަބުން ޓީމުގެ ހާލަތު އެންމެ ރަނގަޅު ނޫން ކަމަށް ރެބްރޯވް ވަނީ ބުނެފަ އެވެ.

"އަހަރެން އެދެނީ މި މެޗަށް ޔޫކްރެއިން ނުކުންނައިރު, ރަޝިއާ އާއި ޔޫކްރެއިން ހަނގުރާމައިގައި މުޅި ޔޫރަޕުން ޔޫކްރެއިން އަށް އެ ދޭ ސަޕޯޓް މި މެޗުގައި ވެސް ފެނުމަށް. އަހަރެންގެ ކުޅުންތެރިން މި ވަގުތު މި ތިބީ އެންމެ ރަނގަޅަކަށް ނޫން." ރެބްރޯވް ބުންޏެވެ.

އެންމެ ފަހުގެ ޔޫރޯގައި ޔޫކްރެއިން ވަނީ ކުއާޓާ ފައިނަލްގައި ކުޅެފަ އެވެ. އެއީ ޔޫކްރެއިން ތާރީހުގައި ވެސް އެ ޓީމުން ޔޫރޯގައި ހޯދި އެންމެ ބޮޑު ކާމިޔާބީ އެވެ.

"މި ފަހަރުގެ ޔޫރޯ އަށް އަހަރެމެން ނުކުންނައިރު، އަހަރެންގެ ކުޅުންތެރިން މުޅިން މި މުބާރާތައް ފޯކަސް އެއް ނޫން. ހެނދުނު ހޭލާ ގޮތައް މި ބެލެނީ ޔޫކްރެއިން ރަޝިއާ ހަނގުރާމައިގެ ހާލަތު. ކުޅުންތެރިންގެ އާއިލާ މީހަކަށް އަނިޔާވިތޯ ނޫނީ އާއިލާ ހާލަތު ރަނގަޅުތޯ މި ބެލެނީ" ރެބްރޯވް ބުންޏެވެ.

ހާލަތު ކޮންމެ ގޮތަކަށް އޮތް ނަމަވެސް ޔޫކްރެއިން ކުޅުންތެރިން ރުމޭނިއާ އާއި ދެކޮޅަށް ނުކުންނާނީ މެޗުން މޮޅުވެ, މޮޅަކާ އެކު ޔޫރޯ ފެށުމަށް ކަމަށް ރެބްރޯވް ވަނީ ބުނެފަ އެވެ.

ޔޫކްރެއިން ގައުމީ ޓީމަށް ކުރިން ކުޅުނު ރެބްރޯވް ބުނީ، މިހާތަނަށް ކުރެވުނު މަސައްކަތުގައި ސްކޮޑު އެކުލަވާލައި ރަނގަޅު ފަރިތަކުރުންތަކެއް ކުރެވިއްޖެ ކަމަށެވެ. އަދި މި ވަގުތު ހުރިހާ ކުޅުންތެރިންވެސް ކުރިއަށް އޮތް މެޗަށް ފޯކަސް ކުރުމަށް އިރުޝާދުދީފައިވާނެ ކަމަށް އޭނާ ބުނެފައިވެ އެވެ.

މިއީ ބައިނަލްއަގުވާމީ ބޮޑު މުބާރާތެއްގައި ޔޫކްރެއިނާއި ރުމޭނިއާގެ ފުރަތަމަ ކުރިމަތިލުމެވެ. މި ދެ ޓީމުން މީގެ ކުރިން ކުޅުނު އެކުވެރިކަމުގެ މެޗުތަަކަށް ބަލާއިރު، ހަ މެޗު ކުޅުނުއިރު، ތިން މެޗުން ރުމޭނިއާ މޮޅުވެފައިވެ އެވެ. ޔޫކްރެއިން ދެ މެޗުން މޮޅުވިއިރު، އެއް މެޗު ނިމުނީ އެއްވަރުވެގެންނެވެ.

މިރޭ މި ދެ ޓީމު ކުޅޭ މެޗު ފަށާނީ 6 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox