މި އަހަރުގެ ދިރާގު އީދު ބޮނޑިބަތަށް އާންމުންގެ ބޮޑު ތަރުހީބެއް

ދިރާގުން އީދު ބޮނޑިބަތް މާލެ ސިޓީގައި ބެހުން -- ފޮޓޯ: ދިރާގު

ދިރާގުން އީދު ބޮނޑިބަތް މާލެ ސިޓީގައި ބެހުން -- ފޮޓޯ: ދިރާގު

މި އަހަރުގެ އަޟްހާ އީދު ފާހަގަކުރުމުގެ ގޮތުން ދިރާގުން މިއަދު ކުރިއަށް ގެންދިޔަ ދިރާގު އީދު ބޮނޑިބަތަށް އާންމުންގެ ބޮޑު ތަރުހީބެއް ލިބިއްޖެ އެވެ.

އީދު ނަމާދަށް ފަހު ކުރިއަށް ގެންދިޔަ "ދިރާގު އީދު ބޮނޑިބަތް" ހަރަކާތް ވަނީ މާލެ، ވިލިމާލެ އަދި ހުޅުމާލޭގައި ކުރިއަށްގެންގޮސްފަ އެވެ.

ހުޅުމާލޭގައި އީދު ބޮނޑިބަތް ހަރަކާތް ބޭއްވީ ހޮސްޓިން ޕަޓްނަރުގެ ގޮތުގައި އެޗްޑީސީއާ ގުޅިގެންނެވެ. އަދި މާލެ އާއި ވިލިމާލޭގައި އީދު ބޮނޑިބަތް ކުރިއަށްގެންދިޔައީ މާލެ ސިޓީ ކައުންސިލާއި ޑަބްލިއުޑީސީއާ ގުޅިގެންނެވެ.

މިއީ ދިރާގުން އީދު ބޮނޑިބަތް މާލެ ސަރަހައްދުގައި ކުރިއަށްގެންދިޔަ ދެވެނަ އަހަރެވެ.

ދިރާގުގެ މެނޭޖަރ ޕަބްލިކް ރިލޭޝަންސް ޖައިޝަން ހަމީދު ވިދާޅުވީ ދިރާގު އީދު ބޮނޑިބަތަށް މިފަހަރުވެސް އާންމުންގެ ފަރާތުން ލިބުނު ހޫނު ތަރުހީބަކީ ލިބޭ އުފަލެއް ކަމަށެވެ.

"އީދަކީ އަޅުގަނޑުމެންގެ މުޖުތަމައުތަކުގައި ވަރަށް ޚާއްސަ އިސްކަމެއްދީގެން އުފާފާޅުކުރުމުގެ ހަރަކާތްތަކެއް ކުރިއަށްގެންދާ ދުވަސްވަރަކަށް" ޖައިޝަން ހަމީދު ވިދާޅުވި އެވެ.

ދިރާގުން އެޗްޑީސީ އަދި މާލޭ ސިޓީ ކައުންސިލާއި ޑަބްލިއުޑީސީއާ ގުޅިގެން މިއަދާއި މާދަމާ މާލޭ ސިޓީ ސަރަހައްދުގައި އީދުގެ ގިނަ ހަރަކާތްތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

މީގެ އިތުރުން ދިރާގުން ވަނީ އެކި ރަށު ކައުންސިލްތަކާއި ޒުވާނުންގެ ޖަމިއްޔާތަކާ ގުޅިގެން މާލޭގެ ދެކުނުން ފެށިގެން އުތުރުގެ އެކި ރަށްރަށުގައި ތަފާތު އީދު ކުޅިވަރުތަށް ބޭއްވުމަށް އެއްބާރުލުންދީފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

އިއްތިހާދުގެ މައިލްސްއިން މޯލްޑިވިއަންގެ ޓިކެޓް ނެގޭގޮތް ހަދައިފި

އިއްތިހާދު އެއާވޭސްގެ "އިއްތިހާދު ގެސްޓް" މެމްބަރުންނަށް އެ މީހުން އެއްކޮށްފައިވާ މައިލްސް ބޭނުންކޮށްގެން މޯލްޑިވިއަންގެ ފްލައިޓްތަކުން ޓިކެޓް ނެގޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ.

މިދިޔަ މަހު މައްޗަށް ދިޔަ ޓޫރިސްޓު ނަމްބަރުތައް މި މަހު ދަށަށް

މިދިޔަ އޮކްޓޫބަރު މަހު ރާއްޖެއަށް ޓޫރިސްޓުން އައި އަދަދު މައްޗަށް ދިޔަ ނަމަވެސް، ނޮވެމްބަރު މަހު އެ އަދަދު ވަނީ މިދިޔަ އަހަރާ އަޅާބަލާއިރު 6.3 ޕަސެންޓު ދަށަށް ގޮސްފަ. މިއާއެކު މި އަހަރުގެ މިހާތަނަށް ރާއްޖެއަށް އައި ޖުމްލަ ފަތުރުވެރިންގެ އަދަދު ވެސް ވަނީ މިދިޔަ އަހަރަށް ވުރެ 3.7 ޕަސެންޓު މަދުވެފަ.

އައިކެއާގައި ފްލޭޝް ސޭލްއެއް

އައިކެއާ އޮޕްޓިކަލްސްގެ ފަރީދީމަގު ފިހާރައިގައި ނޮވެމްބަރު 28 އަދި 29 ގައި އަވިއައިނަށް ޚާއްޞަ ފްލޭޝް ސޭލެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި ސޭލުގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ އަވިއައިނުން 15 އިންސައްތައާއި 50 އިންސައްތައާ ދެމެދުގެ ބޮޑެތި ޑިސްކައުންޓްތަކެއް ލިބިގެންދާނެއެވެ.

ފަތަން ނޭނގޭ ކޮންމެ ދެ ޓޫރިސްޓަކަށް ގައިޑެއް މަޖުބޫރުކޮށްފި

މޫދު ކުޅިވަރުތަކުގައި ހަރަކާތްތެރިވާ ހުރިހާ ގައިޑުންނަކީ ފަސްޓްއެއިޑާއި ރެސްކިއު ސަނަދު އޮތް ބަޔަކަށް ހެދުމަށްޓަކައި އެއް އަހަރު ދުވަހުގެ މުހުލަތެއް މި ގަވާއިދުން ވަނީ ދީފަ. އަދި އެކްސްކާޝަންތަކަށް ދާއިރު ފަތަން ނޭނގޭ މީހުންނާއި ސްނޯކްލިން ހަރަކާތްތަކުގައި ބައިވެރިވާ ހުރިހާ ފަރާތްތަކުން ލައިފް ޖެކެޓް އެޅުން ވެސް މިހާރު ވަނީ ލާޒިމުކޮށްފަ.

މޫދު ކުޅިވަރާއި އެކްސްކާޝަންތަކަށް ގަވާއިދެއް ހަދައިފި

މި ގަވާއިދުގެ ދަށުން މިފަދަ ހިދުމަތްދޭ ހުރިހާ ތަނެއް މިނިސްޓްރީގައި ރަޖިސްޓްރީ ކުރުމާއި، ޕަބްލިކް ލައިބިލިޓީ އިންޝުއަރެންސް ނެގުމުގެ އިތުރުން މޫސުމީ ހަރުކަށި މިންގަނޑުތަކަކަށް އަމަލުކުރުން ލާޒިމުވާނެ. އަދި މި އުސޫލުތަކާ ހިލާފުވާ ފަރާތްތައް އެއް ލައްކަ ރުފިޔާއާ ހަމައަށް ޖޫރިމަނާކޮށް، ހުއްދަ ބާތިލުކުރުމުގެ ބާރު ވެސް މިނިސްޓްރީއަށް ވަނީ ދީފަ.

އާރުޑީސީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީއާ ހަވާލުކޮށްފި

މާލީ ބޮޑު ގެއްލުމަކާ އެކު އާރުޑީސީގެ ހާލަތު ދަށަށް ގޮސްފައި ވަނިކޮށް، ދައުލަތުގެ ހަރަދު ކުޑަކުރަން އެ ކުންފުނީގެ ހުރިހާ މަޝްރޫއުތަކެއް އެމްޓީސީސީގެ ދަށަށް މިއަދު ވަނީ ބަދަލުކޮށްފަ. އެމްޓީސީސީން އެ ހުރިހާ މަސައްކަތްތަކަކާ ހަވާލުވި ނަމަވެސް، އާރުޑީސީގެ މަޝްރޫއުތަކުގެ އަދަދާއި އެ ކުންފުނީގެ މުވައްޒަފުންނާ މެދު ނިންމި ގޮތެއް އަދި ހާމައެއް ނުކުރޭ.

ހުޅުމާލޭގެ ވޯޓާ ތީމް ޕާކު މަޝްރޫއު ސޮލެންޒާރާ ހޯލްޑިންގްސްއާ އެޗް

ހުޅުމާލޭގައި ހަދަން ފަށައި ނުވަ އަހަރު ވަންދެން ހުއްޓިފައި އޮތް ވޯޓާ ތީމް ޕާކު މަޝްރޫއު، އާ މާސްޓާ ޕްލޭނެއްގެ ދަށުން ހަވާލުކުރީ ހޮންކޮންގެ ކުންފުންޏަކުން ހިއްސާވާ ސޮލެންޒާރާ ހޯލްޑިންގްސްއާ. މި މަޝްރޫއުގެ ދަށުން 18 މަސްދުވަހުގެ ތެރޭގައި ވޯޓާ ޕާކަކާއި، 250 ކޮޓަރީގެ ހޮޓަލެއްގެ އިތުރުން އެޕާޓްމަންޓްތަކާއި ވިޔަފާރި ބްލޮކްތައް ތަރައްގީކުރާނެ.

Newsletter

Get the latest news delivered straight to your inbox