ޕްރެޝަރުގައި ހުރި ސައުތުގޭޓް ބުނަނީ އިންގްލެންޑަށް ފުރަތަމަ މެޗު ފަސޭހަނުވާނެ ކަމަށް

Jun 16, 2024, 4:38 AM
ޕްރެޝަރުގައި ހުރި ސައުތުގޭޓް ބުނަނީ އިންގްލެންޑަށް ފުރަތަމަ މެޗު ފަސޭހަނުވާނެ ކަމަށް

ގަލްސެންކާކަން (ޖޫން 16) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ގުރޫޕް ސީގައި މިރޭ ސާބިއާއާ ދެކޮޅަށް އިންގްލެންޑް ނުކުންނައިރު، ސާބިއާ އަކީ ބަަލިކުރަން ފަސޭހަ ޓީމަކަށް ނުވާނެ ކަމަށް އިންގްލެންޑްގެ ކޯޗު ގެރެތު ސައުތުގޭޓް ބުނެފި އެވެ.

މެޗުގެ ކުރިން އޮތް ނޫސްވެރިން ބައްދަލުވުމުގައި ވާހަކަދައްކަމުން ސައުތުގޭޓް ބުނީ ސާބިއާ އަކީ ވަރަށް ވަރުގަދަ ޓީމެއް ކަމަށާއި އެ ޓީމު ބަލިކުރަން ފަސޭހައެއް ނުވާނެ ކަމަށެވެ.

"އިންޑިވިޖިއުލް ހުނަރަށް ބަލާއިރު މޮޅެތި ކުޅުންތެރިން ސާބިއާގައި އެބަތިބި. އަދި އެ ޓީމުގައި ވަރުގަދަ ރޫހެއް އެބައޮތް،" ސައުތުގޭޓް ބުންޏެވެ.

"އަހަރަމެންނަށް އެނގޭ ފުރަތަމަ މެޗު އުނދަގޫވާނެކަން. މެޗުން މޮޅުވެވޭނީ އަހަރަމެންނަށް އެންމެ ރަނގަޅު ކުޅުން ދައްކައިގެން."

މި ގުރޫޕްގައި ދެން އޮތީ ސްލޮވީނިއާ އަދި ޑެންމާކެވެ.

ސައުތުގޭޓް ބުނީ އިންގްލެންޑަށް ގުރޫޕް ސްޓޭޖު ފަހަނައަޅައި ގޮސް، މުބާރާތުގައި އިތުރަށް ކުރިއަށް ދެވޭނީ "ވަރަށް ތަފާތު ކުޅުމެއް" ދައްކައިގެން ކަމަށެވެ.

"މި މުބާރާތުގައި އެބައޮތް ވަރަށް މޮޅެތި ޓީމުތައް. އަހަރަމެންނަށް ގުރޫޕް ސްޓޭޖު ފަހަނައަޅައި، އެއަށްވުރެ ދުރަށް ދެވޭނީ ވަރަށް ތަފާތުވެގެން،" ސައުތުގޭޓް ބުންޏެެވެ.

މިއީ ސައުތުގޭޓްގެ އިރުޝާދުގެ ދަށުން އިންގްލެންޑުން ބައިނަލްއަޤްވާމީ މުބާރާތަކަށް ނުކުންނަ ހަތަރު ވަނަ ފަހަރެވެ. އިންގްލެންޑްގެ ކޯޗުކަމާ 2016 ވަނަ އަހަރު ހަވާލުވި ސައުތުގޭޓް، 53، ވަނީ ވޯލްޑް ކަޕް 2018، ޔޫރޯ 2020 އަދި ވޯލްޑް ކަޕް 2022ގައި އިންގްލެންޑަށް އިރުޝާދު ދީފަ އެވެ. ޔޫރޯ 2020ގެ ފައިނަލްގައި އިންގްލެންޑް ވާދަކުރިއެވެ.

މުބާރާތުގެ ފުރަތަމަ މެޗަސް ނުކުންނައިރު އިންގްލެންޑްގެ ސްކޮޑުގައި އަނިޔާގެ މައްސަލައެއް ނެތް ކަމަށް ސައުތުގޭޓް ބުނެފައިވެ އެެވެ.

"އެންމެންވެސް ފިޓު. ލޫކް ޝޯ ބެންޗުގައި ޖަހާނީތޯ ނުވަތަ ނޫންތޯ ސަުވާލު އުފެދުނު ކަމަކަށް އޮތީ. އެކަމަކު ހުރިހާ ކުޅުންތެރިންވެސް ތިބީ ފިޓުކޮށް،" ސައުގުތުގޭޓް ބުންޏެވެ.

ޔޫރޯ އިންގްލެންޑަށް ކާމިޔާބު ނުވެއްޖެނަމަ އެ ޓީމުގެ ކޯޗުގެ މަގާމުގައި ދެމިނުހުރެވޭނެ ކަމަށް ކުރިން މީޑިއާއާ ވާހަކަދައްކަމުން ސައުތުގޭޓް ވަނީ ބުނެފަ އެވެ.

ސައުތުގޭޓް އިންގްލެންޑާ އެކު ހަދާފައިވާ ކޮންޓުރެކްޓް ޑިސެމްބަރު މަހަށް ހަމަވާނެ އެވެ. އެކަމަކު އިނގިރޭސި އެފްއޭ އިން 2026 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ނިޔަލަށް އޭނާ ކޯޗުގެ މަގާގަމުގައި ބަހައްޓަން ބޭނުންވާ ކަމަށް ރިޕޯޓްތަކުން ބުނެ އެވެ.

މި ފަހަރުގެ ޔޫރޯ އަށް ތައްޔާރުވާން އިންގްލެންޑުން ކުޅުނު ފަހު މެޗުން އައިސްލެންޑް އަތުން 1-0 އިން ބަލިވުމުން ގިނަ ބަޔެއްގެ ފާޑުކިޔުމާއި ޕްރެޝަރު ވަނީ އަމާޒުވެފަ އެވެ. އިންގްލެންޑާއި ސާބިއާ ކުޅޭ މެޗު ފަށާނީ މިރޭ 12 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox