ރޮނާލްޑީނިއޯ، ލަދުގަންނަން ޖެހޭތީ ކޮޕަ އެމެރިކާގައި ބްރެޒިލް ކުޅޭ މެޗުތައް ނުބަލާނެ

Jun 15, 2024, 8:29 PM
ރޮނާލްޑީނިއޯ، ލަދުގަންނަން ޖެހޭތީ ކޮޕަ އެމެރިކާގައި ބްރެޒިލް ކުޅޭ މެޗުތައް ނުބަލާނެ

ރިއޯ ޑި ޖަނެއިރޯ، ބްރެޒިލް (ޖޫން 16) - އަންނަ ބުރާސްފަތި ދުވަހު އެމެެރިކާގައި ފަށާ ކޮޕަ އެމެރިކާ ފުޓްބޯޅަ މުބާރާތުގައި ބްރެޒިލް ކުޅޭ އެއްވެސް މެޗެއް ނުބަލާނެ ކަމަށް އެ ގައުމުގެ ފުޓްބޯޅަ ލެޖެންޑް ރޮނާލްޑީނިއޯ ބުނެފި އެވެ.

ބްރެޒިލުން 2019 ވަނަ އަހަރުގެ ކޮޕަ އެމެރިކާ ކާމިޔާބުކުރި ފަހުން، އެ ޓީމަށް އަދި ބައިނަލްއަގުވާމީ މުބާރާތެއްގެ ތަށީގައި އަތްނުލެވެ އެވެ. ކޮޕަ އެމެރިކާ އަށް ތައްޔާރުވާން ބްރެޒިލުން އެންމެ ފަހުން ކުޅުނު މެޗުން އެމެރިކާއާ 1-1 އިން އެއްވަރުވިއިރު، އެ ނަތީޖާއާ އެކު، ބްރެޒިލް ޓީމަށް ގިނަ ބަޔަކުގެ ފާޑުކިޔުން އަމާޒުވި އެވެ.

ދާދިފަހުން ބްރެޒިލްގެ ޔޫޓިއުބް ޗެނަލަކަށް ދިން އިންޓަވިއުއެއްގައި ރޮނާލްޑީނިއޯ، 44، ބުނީ ކޮޕަ އެމެރިކާ ނުބަލާނެ ކަމަށެެވެ.

"އަހަރެން އެ މީހުންގެ (ބްރެޒިލްގެ) އެންމެ މެޗެއް ވެސް ނުބަލާނަން، އެ މީހުންގެ ކިބައިގައި (ބްރެޒިލްގެ) އެއްވެސް ކަމެއް ނެތް. ބްރެޒިލްގެ ފުރިހަމަކަމާ އެކު ރީތި ފުޓްބޯޅައެއް އެ މީހުން ނުކުޅޭ. އަހަރެން ބްރެޒިލްގެ މެޗުތައް ބެލުން ހުއްޓާލައިފިން. ކަންތައްތައް ދަނީ ރަނގަޅަކަށް ނޫން، ޓީމުގެ ކިބައިގައި ބޭނުންވާ ކަންކަން ފުރިހަމައެއް ވެސް ނޫން،" ހިތްހަމަނުޖެހިފައި ހުރި ރޮނާލްޑީނިއޯ ބުންޏެވެ.

ބްރެޒިލާ އެކު، ކޮޕަ އެމެރިކާ، ފީފާ ވޯލްޑް ކަޕް އަދި ފީފާ ކޮންފެޑެރޭޝަން ކަޕް ކާމިޔާބުކުރި ރޮނާލްޑީނިއޯ، ފަހުން ވަނީ ސޯޝަލް މީޑިއާގައި ވެސް ބްރެޒިލްގެ މިހާރުގެ ފުޓްބޯޅަ އަށް ފާޑުކިޔައިފަ އެވެ.

ރޮނާލްޑީނިއޯ ބުނީ ބްރެޒިލް ފުޓްބޯޅަ މިހާރު އޮތީ ހީނުކުރާހާ ދަށް ލެވަލަކަށް ވެއްޓިފައި ކަމަށާއި ޒަމާނުއްސުރެ އޮތް ވަރުގަދަ، ހުނަރުވެރި ބްރެޒިލް ޓީމެއް މިހާރު ނުފެންނަ ކަމަށެވެ. އަދި ބްރެޒިލްގެ ލެވަލް ކުޅުންތެރިން ގައުމީ ޓީމުގައި ވެސް މަދު ކަމަށާއި ބައެއް ކުޅުންތެރިންގެ ކިބައިގައި ލީޑަޝިޕް ވެސް ނެތް ކަމަށް ރޮނާލްޑީނިއޯ ބުނެފައިވެ އެވެ.

ބްރެޒިލުން ކޮޕަ އެމެރިކާގައި ހޯދާ އެއްވެސް މޮޅެއްގައި އުފާފާޅުނުކުރާނެކަން ފާހަގަކޮށް ރޮނާލްޑީނިއޯ ބުނީ، ބްރެޒިލް ފުޓްބޯޅަ މިހާރު އެ ވެއްޓެމުންދާ ހާލަތާ މެދު ކަންބޮޑުވެ، ލަދުގަންނަ ކަމަށެވެ.

ރޮނާލްޑީނިއޯގެ މި ވާހަކަތަކާ ހެދި ގިނަ ނޫސްވެރިން އަންނަނީ ބްރެޒިލްގެ މި ވަގުތުގެ ސްކޮޑުގައި ތިބި ކުޅުންތެރިން ދެކޭ ގޮތް އޮޅުންފިލުވަމުންނެވެ.

އެ ގޮތުން، މީޑިއާ އިން ކުރި ސުވާލަކަށް ދިން ޖަވާބުގައި ބްރެޒިލްގެ ވިންގް، ރަފީނިއާ ބުނީ، ރޮނާލްޑީނިއޯ އަކީ އަބަދުވެސް ޓީމަށް ހިތްވަރު ދެމުން އަންނަ ލެޖެންޑެއް ކަމަށާއި ބްރެޒިލްގެ ގިނަ ކުޅުންތެރިން ދެކެނީ އެއީ އައިޑަލްއެއްގެ ގޮތުގައި ކަމަށެވެ. އަދި އެ ފަދަ ލެޖެންޑެއްގެ ފަރާތުން ބްރެޒިލްގެ މިހާރުގެ ޓީމާ ބެހޭގޮތުން، އެ އިވުނު ވާހަކަތަކާ އެކު، ޓީމުގެ ކުޅުންތެރިންނަށް ޝޮކެއް ލިބިފައިވާ ކަމަށް ރަފީނިއާ ވަނީ ބުނެފަ އެވެ.

ކޮޕަ އެމެރިކާގައި ބްރެޒިލް ކުޅޭ ފުރަތަމަ މެޗުގައި މި މަހު 25 ގައި ކުޅޭނީ ކޮސްޓަ ރިކާއާ އެެވެ. ދެ ވަނަ މެޗުގައި، މި މަހު 29 ގައި ޕެރަގުއޭއާ ކުޅުމަށް ފަހު، ގްރޫޕް ފަހު މެޗުގައި، އަންނަ މަހުގެ ތިން ވަނަ ދުވަހު، ކޮލަމްބިއާއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ބްރައިޓަން އިން މި ފަހަރު މެންޗެސްޓާ ސިޓީ އަށް ލަނޑުދީފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުން މެންޗެސްޓާ ސިޓީގެ މައްޗަށް 1-0 އިން ކުރިހޯދައި ބްރައިޓަން އިން މުހިންމު މޮޅެއް ހޯދައިފި. މިއީ ލީގުގައި ސިޓީ ޖެހިޖެހިގެން ބަލިވި ދެވަނަ މެޗަށް ވާއިރު، މި ނަތީޖާއާއެކު ތާވަލުގެ އެއްވަނައިގައި އޮތް ސިޓީއަށް މަގާމު ދިފާއުކުރުމުގެ ފުރުސަތު ވަނީ ހަނިވެފައި

ޗެލްސީ އަތުން ބަލިވެ ޔުނައިޓެޑްގެ ހާލަތު އިތުރަށް ގޯސް

އިނގިރޭސި ޕްރިމިއާ ލީގުގައި ޗެލްސީ އަތުން 2-0 އިން ބަލިވެ، މެންޗެސްޓާ ޔުނައިޓެޑް ތާވަލުގެ 16 ވަނައަށް ވެއްޓި އެ ޓީމުގެ ހާލަތު ވަރަށް ބޮޑަށް ގޯސްވެއްޖެ. މިއީ ފާއިތުވި 40 އަހަރު ތެރޭގައި ޔުނައިޓެޑުން ލީގު ފެށި އެންމެ ދަށް ފެށުން ކަމަށްވާއިރު، މި ނަތީޖާއާއެކު ޗެލްސީ ވަނީ ތާވަލުގެ ހަތަރުވަނައަށް ކުރިއަށް ޖެހިލާފައި

15 އަހަރުން ދަށުގެ ވޯލްޑް ކަޕްގައި ރާއްޖެ އަށް ތާރީހީ މޮޅެއް

އަޒަރުބައިޖާންގައި ބޭއްވި 15 އަހަރުން ދަށުގެ ވޯލްޑް ކަޕްގެ ޗެމްޕިއަންކަން ސްޕެއިނުން ހޯދިއިރު، ރާއްޖެއިން ބްރިޓިޝް ވާޖިން އައިލެންޑްސް ބަލިކޮށް ވޯލްޑް ކަޕް ލެވަލްގެ މުބާރާތެއްގައި ފުރަތަމަ ފަހަރަށް ތާރީޚީ މޮޅެއް ހޯދައިފި. ޖުމްލަ 189 ޓީމު ވާދަކުރި މި މުބާރާތުގެ 159 ވަނަ ރާއްޖެއަށް ލިބުނު

އިންޓަނޭޝަަނަލް މާސްޓާސް ޓީޓީ މުބާރާތް އަންނަ އަހަރު ކެޔޮދޫގައި

އިހާ ޓޭބަލް ޓެނިސް އެކަޑަމީ އާއި ކެޔޮދޫ ކައުންސިލް ގުޅިގެން ބާއްވާ "މޯލްޑިވްސް އިންޓަނޭޝަނަލް މާސްޓާސް ޓީޓީ މުބާރާތް 2027" އަންނަ އަހަރުގެ ސެޕްޓެމްބަރު މަހު ވ. ކެޔޮދޫގައި ބޭއްވުމަށް ނިންމައިފިއެވެ. 40 އަހަރުން މަތީގެ ކުޅުންތެރިންނަށް އަމާޒުކޮށްގެން ބާއްވާ މި މުބާރާތުގައި 120 ކުޅުންތެރިން ބައިވެރިވާނެ ކަމަށް ލަފާކުރެވޭއިރު، މީގެ ސަބަބުން ރާއްޖޭގެ ސްޕޯޓްސް ޓޫރިޒަމަށާއި ކެޔޮދޫގެ އިގްތިސާދަށް ބޮޑު ފައިދާއެއް ކުރާނެއެވެ.

ލިވަޕޫލުން އަރައުހޯގެ އެއްބަސްވުން ދާއިމީ ކުރަނީ

ލޯނު އެއްބަސްވުމެއްގެ ދަށުން ލިވަޕޫލަށް ކުޅެމުންދާ ބާސެލޯނާގެ ޑިފެންޑަރު ރޮނާލްޑް އަރައުހޯގެ ކޮންޓްރެކްޓް ދާއިމީކުރުމަށް އެ ދެ ކްލަބުން މިހާރު އަންނަނީ މަޝްވަރާ ކުރަމުން. ލިވަޕޫލްގައި މޮޅު ކުޅުމެއް ދައްކަމުން އަންނަ އަރައުހޯ ގަތުމަށް 60 މިލިއަން ޑޮލަރު ހޭދަވާނެ ކަމަށް ބެލެވޭއިރު، ބާސެލޯނާއިން ބޭނުންވަނީ މި ޑީލް އަވަހަށް ނިންމަން

ހުރާ ބަލިކޮށް އެމްޓީސީސީ އަށް ފައިނަލުގެ ފަހު ޖާގަ

ގައުމީ އަންހެން ވޮލީބޯޅަ މުބާރާތުގެ ތިން ވަނަ ސެމީގައި ހުރާ ކޮމިއުނިޓީ ކްލަބް 3-2 ސެޓުން ބަލިކޮށް، ކްލަބް އެމްޓީސީސީން ފައިނަލުގެ ފަހު ޖާގަ ކަށަވަރުކޮށްފި. ފޯރިގަދަ ކުޅުމަކަށްފަހު ހޯދި މި މޮޅާއެކު، މާދަމާރޭ ކުޅޭ ފައިނަލް މެޗުގައި އެމްޓީސީސީ ނުކުންނާނީ ކްލަބް ވެމްކޯއާ ދެކޮޅަށް

ހަކީމީގެ ފަސް ތަރީގެ ކުޅުމަކުން ޕީއެސްޖީ މޮޅުކޮށްދީފި

ފްރެންޗް ލީގުގައި ރޭ ލެ ހާވްރޭ އަތުން 5-1 އިން ޕީއެސްޖީ މޮޅުވިއިރު، އަޝްރަފް ހަކީމީ ވަނީ އޭނާގެ ފުރަތަމަ ހެޓްރިކް ފުރިހަމަކޮށް އިތުރު ދެ ލަނޑު ޖަހަން ފުރުސަތު ތަނަވަސްކޮށްދީފައި. މި މޮޅާއެކު ޕީއެސްޖީ ތާވަލުގެ އެއްވަނައިގައި އޮތްއިރު، ކޯޗު ލުއިސް އެންރީކޭ ވަނީ އެ ކްލަބުގެ ތާރީހުގައި އެންމެ ގިނަ މެޗުން މޮޅުވި ކޯޗުގެ ޝަރަފް ހޯދާފައި

Newsletter

Get the latest news delivered straight to your inbox