ކްރޮއޭޝިއާ ބަލިކޮށް ސްޕެއިނަށް ވަރުގަދަ ފެށުމެއް

Jun 15, 2024, 5:56 PM
ސްޕެއިނުގެ ރުއީޒް (ވ) ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ މޮރާޓާއާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ސްޕެއިނުގެ ރުއީޒް (ވ) ލަނޑު ޖެހުމަށް ފަހު އެ ޓީމުގެ މޮރާޓާއާ އެކު އުފާފާޅުކުރަނީ.--- ފޮޓޯ: ގެޓީއިމޭޖަސް

ބާލިން (ޖޫން 15) - ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޗެމްޕިއަންކަން ތިން ފަހަރު ހޯދާފައިވާ ސްޕެއިނުން މި ފަހަރުގެ މުބާރާތުގައި ކުޅުނު ފުރަތަމަ މެޗުން ކްރޮއޭޝިއާ އަތުން 3-0 އިން މޮޅުވެ، ފެންވަރު ދައްކާލައިފި އެވެ.

މަޝްހޫރު ބާލިން އޮލިމްޕިކް ސްޓޭޑިއަމްގައި ކުޅުނު މިރޭގެ މެޗު ފަށައިގެން ކްރޮއޭޝިއާ އިން ރަނގަޅަށް މެޗުގެ ތެރެއަށް ވަދެގެން ކުޅެން ފެށިތަނާ ސްޕެއިނުން ވަނީ ލަނޑު ޖަހައި ލީޑުނަގައިފަ އެވެ.

މެޗުގެ 29 ވަނަ މިނިޓްގައި ސްޕެއިނުގެ ފުރަތަމަ ލަނޑު ޖެހީ، ކެޕްޓަން އަލްވާރޯ މޮރާޓާ އެވެ. މިއީ، ފަބިއަން ރުއީޒް ދިން ބޯޅައެއް ހިފައިގެން އޭރިއާތެރެއަށް ވަދެ ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލައިގެން މޮރާޓާ ޖެހި ގޯލެކެވެ. މިއީ މޮރާޓާ، ޔޫރޯ ފުޓްބޯޅަ މުބާރާތްތަކުގައި ޖެހި ހަތް ވަނަ ލަނޑެވެ. ދެން، ހަތް ލަނޑު ޖަހާފައިވަނީ، އިނގިރޭސި ކުރީގެ ފޯވާޑް އެލަން ޝިއަރާ އާއި ފްރާންސްގެ ތަރި އެންޓޮއިން ގްރީޒްމަން އެވެ.

އެ އަށް ވުރެ ގިނައިން ގޯލު ޖަހާފައިވަނީ، ނުވަ ގޯލު ޖެހި ފްރާންސްގެ ކުރީގެ ތަރި، މިޝޭލް ޕްލަޓީނީ އާއި ޕޯޗުގަލްގެ ކެޕްޓަން ކްރިސްޓިއާނޯ ރޮނާލްޑޯ އެވެ. ރޮނާލްޑޯ ވަނީ ޔޫރޯތަކުގައި 14 ގޯލު ޖަހައިފަ އެވެ.

ޔަމާލް (ވ) ކްރޮއޭޝިއާގެ ބްރޮޒޮވިޗް ކައިރިން ބޯޅަ ހިފައިގެންދަނީ.

ސްޕެއިނުން ލީޑުނެގިތާ އިރުކޮޅެއްގެ ތެރޭގައި ކްރޮއޭޝިއާ އަށް އެއްވަރުކޮށްދޭން، މަޓެއޯ ކޮވަސިޗް ޖެހި ބޯޅައެއް ސްޕެއިންގެ ކީޕަރު އުނާއި ސިމޯން ވަނީ މަތަކޮށްފަ އެވެ.

ލީޑުފުޅާކުރަން ސްޕެއިނުން މާ ގިނައިރެއް ނުނަގަ އެވެ. މެޗުގެ 32 ވަނަ މިނިޓްގައި ފަބިއަން ރުއީޒް ވަނީ އޭރިއާ ރޮނގުކައިިރިން ކްރޮއޭޝިއާގެ ދެ ކުޅުންތެރިން ކައިިރިން ދެމިގަތުމަށް ފަހު، ކައިރީ ކަނަށް ބޯޅަ ފޮނުވާލައި ސްޕެއިނުގެ ދެ ވަނަ ލަނޑު ޖަހައިދީފަ އެވެ.

އޭގެ ފަހުން, ކްރޮއޭޝިއާ އަަށް ލަނޑެއް ޖަހައިދޭން، މާކޯ ބްރޮޒޮވިޗް ޖެހި ބޯޅައެއް ކީޕަރު ސިމޯން މަތަކުރުމުން ރީބައުންސަށް އަރައި، ލޮވްރޯ މާޔާ ޖެހި ބޯޅަ އަމާޒުވީ އަރިމަތީ ދާގަނޑަށެވެ. އަދި ކްރޮއޭޝިއާގެ ޖޮސްކޯ ގްވާޑިއޯލް ނެގި ބޯޅަ ޖަހަން އެ ޓީމުގެ ކުޅުންތެރިއަކަށް ނޭރުނެވެ.

ސްޕެއިނުގެ އުމުރުން 16 އަހަރުގެ ލަމީން ޔަމާލް، ޔޫރޯއެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހެދި މި މެޗުގައި އޭނާ ވަނީ ފުރަތަމަ ހާފު ނިމުމުގެ ކުރިން ސްޕެއިނުގެ ތިން ވަނަ ލަނޑު ޖަހައިދޭން އެހީތެރިވެދީފަ އެވެ. ޔަމާލް ނެގި ހުރަހަކުން މި ލަނޑު ޖެހީ ޑެނީ ކާވަހާލް އެވެ. މިއީ ކާވަހާލް، ސްޕެއިނަށް ޖަހައިިދިން ފުރަަތަމަ ގޯލެވެ.

ޔަމާލް (ވ) ދިން ބޯޅައަކުން ލަނޑު ޖެހުމަށް ފަހު، ކާވަހާލް އުފާފާޅުކުރަނީ.

ދެ ވަނަ ހާފު ފަށައިގެން ސްޕެއިނަށް ހަތަރު ވަނަ ލަނޑެއް ޖަހައިދޭން ޔަމާލް ފޮނުވާލި ބޯޅަ ކްރޮއޭޝިއާގެ ކީޕަރު ޑޮމިނިކް ލިވާކޮވިޗް ވަނީ މަތަކޮށްފަ އެވެ.

ކްރޮއޭޝިއާ އަށް ލަނޑެއް ޖަހައިދޭން ދެ ވަނަ ހާފުގައި، ކްރޮއޭޝިއާގެ ޖޯސިފް ސްޓަނިސިޗް ޖެހި ބޯޅަ ގޯލު ރޮނގުކައިިރިން ސަލާމަތްކުރީ ޖޯސިޕް ސްޓަނިސިޗް އެވެ.

މެޗުގެ 80 ވަނަ މިނިޓްގައި ކްރޮއޭޝިއާގެ ބްރޫނޯ ޕެޓްކޮވިޗް ލަނޑެއް ޖެހި އެވެ. މިއީ ޕެނަލްޓީ އަކުން ޕެޓްކޮވިޗް ޖެހި ބޯޅައެއް ސްޕެއިނުގެ ކީޕަރު ސިމޯން މަތަކުރުމުން، ރީބައުންސް ބޯޅައިގައި، އީވާން ޕެރިސިޗް ހުރަސްކޮށްލި ބޯޅައަކުން ޕެޓްކޮވިޗް ޖެހި ލަނޑެކެވެ. އެކަމަކު، މި ލަނޑު ޖެހި ފަހުން، ވީޑިއޯ އެސިސްޓަންޓް ރެފްރީ (ވީއޭއާރް) އިން ބެލި ބެލުމުގައި، ޕެޓްކޮވިޗް ޕެނަލްޓީ ފޮނުވާލުމުގެ ކުރިން، ކްރޮއޭޝިއާ ކުޅުންތެރިން އޭރިއާ އަށް ވަނުމުން ނިންމީ ފައުލެއް ކަމަށެވެ.

މި މެޗުން މޮޅުވުމުން، މަރުގެ ގްރޫޕްގެ ގޮތުގައި މަޝްހޫރުވެފައި އޮތް ގްރޫޕް ބީގައި ސްޕެއިން މި ވަނީ މޮޅަކުން ފަށައިފަ އެވެ. މި ގްރޫޕްގެ އަނެއް މެޗުގައި މިރޭ އެންމެ ފަހުގެ ޗެމްޕިއަން، އިޓަލީން އަލްބޭނިއާއާ ބައްދަލުކުރާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox