650،000 ޑޮލަރުގެ ޗުއްޓީއެއްގައި ހުއްޓައި ޔޫރޯ ސްކޮޑަށް

Jun 15, 2024, 7:39 AM
650،000 ޑޮލަރުގެ ޗުއްޓީއެއްގައި ހުއްޓައި ޔޫރޯ ސްކޮޑަށް

މި ސީޒަނުގައި ބޮރޫޝިއާ ޑޯޓްމަންޑަށް މޮޅު ކުޅުމެއް ދެއްކި ފުލްބެކް، އިއަން މާޓްސެން، ގްރީސްގެ މައިކޯނޯސްގެ ޔޮޓެއްގައި ޗުއްޓީ ހޭދަކުރަމުން ދަނިކޮށް، އޭނާ އަށް ނެދަލެންޑްސްގެ ޔޫރޯ ސްކޮޑުން ޖާގަ ލިބުނުކަން ބުނަން ފޯނުން ގުޅީ ނެދަލެންޑްސް ކޯޗު ރޮނާލްޑް ކޫމަން އެވެ.

އުމުރުން 22 އަހަރުގެ މާޓްސެން، ހަ މަސް ދުވަހުގެ ލޯނެއްގެ ދަށުން ޑޯޓްމަންޑަށް ބަދަލުވެ، އެ ޓީމުގައި ތަފާތު މޮޅު ކުޅުމެއް ދެއްކި އެވެ.

ނެދަލެންޑްސް އިން ޔޫރޯ އަށް ނެގި ސްކޮޑުގައި މާޓްސެން ނެތްކަން އޭނާ އަށް އެނގުނީ ޔުއެފާ ޗެމްޕިއަންސް ލީގުގެ ފައިނަލުގައި ރެއާލް މެޑްރިޑާ ދެކޮޅަށް ކުޅެން ތައްޔާރުވަމުން އަންނަނިކޮށެވެ.

ޗެލްސީގެ ކޮންޓްރެކްޓްގައި ހުރި މާޓްސެން، ޔޫރޯ ސްކޮޑަށް ނޭރުމާއި ޗެމްޕިއަންސް ލީގުގެ ފައިނަލުން ބަލިވުމުގެ މާޔޫސްކަމުން އަރައިގަންނަން، ޗުއްޓީއެއް ހޭދަކުރުމުގެ ގޮތުން ލޯބިވެރިޔާ ގޮވައިގެން ދިޔައީ، ގްރީސްގެ މައިކޯނޯސް އަށެވެ. އަދި އެ ތަނުގައި، އެންމެ އަގުބޮޑު ޕެކޭޖްތަކުގެ ތެރެއިން ޗުއްޓީ ހަމަޖައްސައިގެން މާޓްސެން ހުރިއިރު، އޭނާ ނެގި ޕެކޭޖްގެ އަގު، 650،000 ޑޮލަރަށް އަރާ ކަމަށް ނޫސްތަކުން ރިޕޯޓްކޮށްފައިވެ އެވެ.

ޗުއްޓީ ހޭދަކުރަން ގޮސް ހުއްޓައި، މާޓްސެން އަށް ނެދަލެންޑްސްގެ ޔޫރޯ ސްކޮޑުން ފުރުސަތު ލިބިފައިވާކަން އެންގީ އެ ޓީމުގެ ކޯޗު، ކޫމަން އެވެ. މާޓްސެން ޓީމަށް އެރޭގޮތްވީ، ނެދަލެންޑްސް ޓީމަށް ކުޅޭ ޓެއުމް ކޫޕްމައިނާސްގެ އުކުޅުވަޅަށް ލިބުނު އަނިޔާއަކާ ހެދި ޓީމުން ވަކިވާން ޖެހުމުންނެވެ.

ޔޫތު ލެވަލްގައި ނެދަލެންޑްސްގެ ގިނަ ޓީމުތަކަށް ކުޅެފައިވާ މާޓްސެން އަށް ޔޫރޯގައި ކުޅެލަން ލިބުނު މި ފުރުސަތުގެ ބޭނުންހިފަން އޭނާ ހުރީ ތައްޔާރުވެގެންނެވެ.

ޑޯޓްމަންޑްގައި މާޓްސެން ދެއްކި ކުޅުމަށް ބަލާފައި، ޗެލްސީން ވަނީ އަންނަ ސީޒަނުގައި އެ ޓީމުގެ ޕްލޭން ތެރޭގައި އޭނާ ހިމަނަން ނިންމައިފަ އެވެ. އަދި މި ފަހަރުގެ ޔޫރޯގައި މާޓްސެން އަށް ރަނގަޅު ކުޅުމެއް ދެއްކިއްޖެނަަމަ، ޗެލްސީގެ އާ ކޯޗު އެންޒޯ މަރެސްކާ، މާޓްސެން އަށް ޓީމުގެ ފުރަތަމަ އެގާރައިން ޖާގަ ދިނުމުގތެ ފުރުސަތު ވެސް އެބައޮތެވެ.

ޗެލްސީން 2019 ވަނަ އަހަރު މާޓްސެން ގަތީ ނެދަލެންޑްސްގެ ފެޔަނޫޑް ދޫކޮށެވެ. އޭނާ ވަނީ އެ އަހަރު، ލީގު ކަޕް މެޗެއްގައި ޗެލްސީ އަށް ކުޅެފަ އެވެ. އޭގެ ފަހުން، މާޓްސެން ވަނީ ލޯން ޑީލުތަކެއްގައި އެކި ޓީމުތަކަށް ކުޅެފަ އެވެ. އޭގެ ތެރޭގައި ޗާލްޓަން އެތުލެޓިކް، ކަވެންޓްރީ ސިޓީ، ބާންލީ އަދި ޑޯޓްމަންޑް ހިމެނެ އެވެ.

ޖެނުއަރީ މަހު ޑޯޓްމަންޑަށް ދިއުމުގެ ކުރިން މާޓްސެން ވަނީ ޗެލްސީގެ ކޮންޓްރެކްޓް، 2026 ޖޫންގެ ނިޔަލަށް އާ ކޮށްފަ އެވެ.

މާޓްސެން ވަނީ ނެދަލެންޑްސްގެ 15، 16، 17، 19 އަދި 21 އަހަރުން ދަށުގެ ގައުމީ ޓީމަށް ކުޅެފަ އެވެ.

ނެދަލެންޑްސް އިން މި ފަހަރުގެ ޔޫރޯގައި ކުޅޭ ފުރަތަމަ މެޗުގައި މާދަމާ 6 ޖަހާއިރު ކުޅޭނީ، ޕޮލެންޑާ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox