ގަމު ކައުންސިލް ގޮނޑި އެމްޑީޕީއަށް، ތިން ގޮނޑިއަށް ވާދަކޮށް ޕީއެންސީއަށް ނެގުނީ އެއް ގޮނޑި

އިންތިހާބެއްގައި އެމްޑީޕީން ކެމްޕޭން ކުރުމަށް ދަމާފައިވާ ދިދަފަތިތަކެއް. ގަމު ކައުންސިލް ގޮނޑި އެ ޕާޓީން ވަނީ ދިފާއުކޮށްފައި --- ފޮޓޯ: އަދަދު ފައިލް

އިންތިހާބެއްގައި އެމްޑީޕީން ކެމްޕޭން ކުރުމަށް ދަމާފައިވާ ދިދަފަތިތަކެއް. ގަމު ކައުންސިލް ގޮނޑި އެ ޕާޓީން ވަނީ ދިފާއުކޮށްފައި --- ފޮޓޯ: އަދަދު ފައިލް

އިއްޔެ ބޭއްވި ލ. ގަމު ކައުންސިލް މެންބަރުކަމުގެ ގޮނޑި އިދިކޮޅު މައި ޕާޓީ މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ (އެމްޑީޕީ) އިން ކާމިޔާބުކުރިއިރު ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންްސީ) އިން ވާދަކުރި ތިން ގޮނޑީގެ ތެރެއިން ދެ ގޮނޑި އެ ޕާޓީއަށް ގެއްލިއްޖެ އެވެ.

އިއްޔެ ބޭއްވީ ގަމު ކައުންސިލް މެންބަރު ކަމާއި, މ. މުލަކު ކައުންސިލްގެ އަންހެން މެންބަރު ކަމާއި, ކުޑަހުވަދޫ ކައުންސިލް ރައީސްގެ މަގާމަށް ބޭފުޅުން އިންތިހާބު ކުރުމުގެ އިންތިހާބެވެ. މި ތިން އިންތިހާބަށް ވެސް ޕީއެންސީން ނުކުތްއިރު އެމްޑީޕީން ވާދަކުރީ ކުޑަހުވަދޫ އަދި ގަމު ކައުންސިލަށެވެ.

ގަމު ކައުންސިލް މެންބަރު ކަމަށް ވާދަކުރި އެމްޑީޕީގެ ކެންޑިޑޭޓު އަފްސަލް ޖައުފަރު އިންތިހާބު ކާމިޔާބުކުރީ 250 ވޯޓުގެ ތަފާތުންނެވެ. އޭނާއަށް 894 ވޯޓު ލިބުނުއިރު ޕީއެންސީގެ ކެންޑިޑޭޓު އަލީ ނަޝީދަށް ލިބުނީ 644 ވޯޓެވެ.

މުލަކު ކައުންސިލްގެ އަންހެން މެންބަރުކަން ކާމިޔާބުކުރީ 336 ވޯޓާއެކު އަމިއްލަ ގޮތުން ވާދަކުރި ރީމާ ހުސައިން އެވެ. އޭނާއަކީ ޖުމްހޫރީ ޕާޓީގެ އަންހެނުންގެ ރޫހުގެ ރައީސް އެވެ. އޭނާއާ ދެކޮޅަށް ވާދަކުރި ޕީއެންސީގެ ކެންޑިޑޭޓު މިޒްނާ ތައުފީގަށް ލިބުނީ 282 ވޯޓެވެ.

ކުޑަހުވަދޫ ކައުންސިލްގެ ރައީސްގެ ގޮނޑި ޕީއެންސީގެ ޖާދުالله ހަމީދު ކާމިޔާބުކުރީ 826 ވޯޓުންނެވެ. އެމްޑީޕީން ވާދަކުރި އަބްދުالله ޖަމީލް 624 ވޯޓު ހޯދި އެވެ. ކުޑަހުވަދޫ ކައުންސިލުގައި ކުރިން ހުންނެވީ ޕީޕީއެމްއަށް ނިސްބަތްވާ ރައީސެކެވެ.

މި ކައުންސިލުތަކުގެ ބައި-އިލެކްޝަން ބާއްވަން ޖެހުނީ އޭގެ ތެރެއިން ބައެއް މެންބަރުން އިސްތިއުފާ ދިނުމާއި އެހެން މަގާމުތަކަށް ވަޑައިގަތުމުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ނަޝީދު ލިޔުއްވި ކުރުވާހަކަ ފޮތް، "80ގެ ކުރީކޮޅު" ނެރެފި

ކުރީގެ ރައީސް މުހައްމަދު ނަޝީދު ލިޔުއްވި ފަސް ކުރުވާހަކައެއްގެ މައްޗަށް އެކުލެވޭ "80ގެ ކުރީކޮޅު" ފޮތް ރަސްމީކޮށް ނެރެފިއެވެ. މި ފޮތަކީ 1990ގެ ކުރީކޮޅު އެމަނިކުފާނު ގޭބަންދުގައި ހުންނެވި ދުވަސްވަރު ލިޔުއްވާފައިވާ ވާހަކަތަކެއްގެ މައްޗަށް ތައްޔާރުކޮށްފައިވާ، 250 ރުފިޔާއަށް ވިއްކާ ފޮތެކެވެ.

އެތެރޭގެ ދަރަނި ސަތޭކަ ބިލިއަން ރުފިޔާއަށް އަރަނީ

މި އަހަރު ނިމޭއިރު ރާއްޖޭގެ އެތެރޭގެ ދަރަނި 101.3 ބިލިއަން ރުފިޔާއަށް އަރާނެ ކަމަށް ފިނޭންސް މިނިސްޓްރީގެ ބަޖެޓު އަންދާޒާތަކުން ދައްކައިފި. މި އަދަދު އިތުރުވެފައި ވަނީ ސަރުކާރުގެ ފައިނޭންސިން ބޭނުންތަކަށް އެތެރޭގެ ބާޒާރަށް ބަރޯސާވާ މިންވަރު އިތުރުވުމާ ގުޅިގެން. މި ސަރުކާރުން ވަނީ އެތެރޭގެ ބާޒާރުން 27.2 ބިލިއަން ރުފިޔާ ނަގާފައި.

ބެންކަށް ގެރެންޓީ ދޭން ޝަފީގު ކައިރީ ނޭދެން: ފައްޔާޒު

ވިޔަފާރިވެރިޔާ މުހައްމަދު ޝަފީގު ބޭންކަށް ގެރެންޓީއެއް ދިނީ ފައްޔާޒް އިސްމާއިލް އެދިގެން ކަމަށް ބުނާ ވާހަކަތައް އޭނާ ދޮގުކުރެއްވި. ފައްޔާޒް ވިދާޅުވީ އެ ގެރެންޓީއަކީ ޝަފީގުގެ ގާތް ބޭފުޅަކު ހިންގި ރިސޯޓް މަޝްރޫއަކަށް ދިން އެއްޗެއް ކަމަށާއި، ޝަފީގު އެފަދަ ވާހަކައެއް ދެއްކެވީ ހަނދާނުން ކައްސާލުމުން ކަމަށް ބެލެވޭ ކަމަށް.

އާންމު އުނދަގޫ ކުރާ މީހާ އެންޑީއޭގެ މަރުކަޒުން ފިލައިފި

މަސްތުގެ ހާލުގައި ހުރެ އާންމުންނަށް އުނދަގޫކުރާތީ ހައްޔަރުކުރި އަހުމަދު ފައިރިޝް، ފަރުވާއަށް ހިންމަފުށީ އެންޑީއޭ މަރުކަޒަށް ބަދަލުކުރުމުން އެތަނުން ވަނީ ފިލާފައެވެ. އޭނާއަކީ މީގެ ކުރިންވެސް މަރުގެ އިންޒާރު ދިން މައްސަލައެއްގައި ހައްޔަރުކޮށްފައިވާ މީހަކަށްވާއިރު، ފުލުހުން މިހާރު ދަނީ އޭނާ ހޯދުމުގެ މަސައްކަތް ކުރަމުންނެވެ.

އެލްޖީއޭގެ ބޯޑުގެ ދެ ގޮނޑި ވެސް ޕީއެންސީއަށް

އެލްޖީއޭގެ ބޯޑަށް ކައުންސިލަރުންނާއި ޑަބްލިއުޑީސީގެ ރައީސުންގެ ތެރެއިން މެންބަރުން ހޮވުމަށް ބޭއްވި އިންތިހާބުގެ ދެ ގޮނޑި ވެސް ސަރުކާރު ހިންގާ ޕީއެންސީން ކާމިޔާބުކޮށްފިއެވެ. މި އިންތިހާބުގައި ކައުންސިލަރުންގެ ފަރާތުން ފ. ނިލަންދޫ ކައުންސިލްގެ ރައީސް އަލީ އަހްމަދު ހޮވުނުއިރު، ޑަބްލިއުޑީސީތަކުގެ ފަރާތުން ހޮވުނީ ށ. ފުނަދޫ ޑަބްލިއުޑީސީގެ ރައީސް މަރްޔަމް ޒީނާއެވެ.

ވޯޓަށް ކައުންސިލަރުން ދާން އޮތް ހދ. ގެ ފެރީތައް ކެންސަލްކޮށްފި

އެލްޖީއޭ ބޯޑު އިންތިހާބުގެ ވޯޓުލުން މިއަދު ކުރިއަށްދަނިކޮށް، ހދ، ށ އަދި ހއ އަތޮޅުގެ އާރްޓީއެލް ފެރީ ދަތުރުތައް ކުއްލި ގޮތަކަށް ވަނީ ކެންސަލްކޮށްފައެވެ. މިއީ ކައުންސިލަރުން ވޯޓުލާން ދިއުމަށް ހުރަސްއަޅައި، ސިޔާސީ މަންފާއެއް ހޯދުމަށް ސަރުކާރުން ކުރި ކަމެއް ކަމަށް ބައެއް ކައުންސިލަރުން ތުހުމަތު ކުރެއެވެ.

އެލްޖީއޭ ބޯޑަށް މެންބަރުން އިންތިހާބުކުރުމުގެ ވޯޓުލުން ކުރިއަށް

ލޯކަލް ގަވަމަންޓް އޮތޯރިޓީ (އެލްޖީއޭ) ގެ ބޯޑަށް ކައުންސިލަރުންނާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ ރައީސުން އިންތިހާބު ކުރުމަށް ބާއްވާ ވޯޓުލުން މިއަދު ވަނީ ފަށާފައި. މި އިންތިހާބުގައި ޕީއެންސީ އަދި އެމްޑީޕީގެ ކެންޑިޑޭޓުން ވާދަކުރާއިރު، ޖުމްލަ 807 މީހަކަށް ވޯޓުލުމުގެ ހައްގު ލިބިގެން.

Newsletter

Get the latest news delivered straight to your inbox