ސްޕެއިން އަކީ ވަރުގަދަ ޓީމެއް، ތައްޓަށް ވާދަކުރެވޭނެ

Jun 15, 2024, 5:45 AM
ސްޕެއިން އަކީ ވަރުގަދަ ޓީމެއް، ތައްޓަށް ވާދަކުރެވޭނެ

މިއުނިކް (ޖޫން 15) - މި ފަހަރުގެ ޔޫރޯގައިވެސް ސްޕެއިން ގުަނަންޖެހޭނީ ވަރުގަދަ ޓީމެއްގެ ގޮތުގައި ކަމަށާއި ސްޕެއިންއަކީ ތައްޓަށް ވާދަކުރަ ވަރުގެ ޓީމެއް ކަމަށް އެ ޓީމުގެ ކޯޗު ލުއިސް ޑެލަ ފުއެންޓޭ ބުނެފިއެވެ.

މި އަހަރުގެ ޔޫރޯގެ ގުރޫޕް ބީގައި ކުޅޭ ފުރަތަމަ މެޗުގައި މިރޭ ކްރޮއޭޝިއާއާ ދެކޮޅަށް ސްޕެއިން ނުކުންނާނެއެވެ.

ސްޕެއިން އަކީ ޔޫރޯގެ އެންމެ ކާމިޔާބު އެއް ޓީމެވެ، މީގެ ކުރިން ތިން ފަހަރު ސްޕެއިން އިން ވަނީ ޔޫރޯ ކާމިޔާބުކޮށްފައެވެ. އެއީ 1964، 2008 އަދި 2012 އެވެ.

މި އަހަރުގެ މުބާރާތް ސްޕެއިންއަކީ މުބާރާތުގެ ތަށި ހޯދާނެ ކަމަށް ބެލެވެ ފޭވަރިޓުންގެ ލިސްޓުގެ ކުރީގައި އޮތް ޓީމެއް ނޫނެވެ.

އެކަމަކު މެޗުގެ ކުރިން މީޑިއާއާ ވާހަކަދައްކަމުން ޑެލަ ފުއެންޓޭ ބުނީ ސްޕެއިން މި ފަހަރުގައި ތައްޓަށް ވާދަކުރާ އެއް ޓީމަށް ވާނެ ކަމަށެވެ.

"އަހަރަމެންނަށް ތައްޓަށް ވާދަކުރެވޭނެ. އެކަމަކު އެންމެ ޓީމަކަށް ތަށި ލިބޭނީ. ވަރަށް ރަނގަޅު ޓީމުތަކެއް މުބާރާތުގައި އެބައޮތް،" ޑެލަ ފުއެންޓޭ ބުންޏެވެ.

ގުރޫޕް ބީގައި ސްޕެއިން އާއި ކްރޮއޭޝިއާއާއެކު ދެން އޮތީ އެންމެ ފަހުގެ ޗެމްޕިއަން ޢިޓަލީ އަދި އަލްބޭނިއާއެވެ.

ކްރޮއޭޝިއާއާ ދެކޮޅަށް ނިކުތުމުގެ ކުރިން ޑެލަ ފުއެންޓޭ ވަނީ ކްރޮއޭޝިއާގެ ޓީމަށް ތައުރީފްކޮށްފަ އެވެ.

"ކްރޮއޭޝިއާގެ ގައުމީ ޓީމަކީ އެއްބައިވަންތަ، ޤައުމީ ލޯބީގައި ކުޅޭ ޓީމެއް،" ޑެލަ ފުއެންޓޭ ބުންޏެވެ.

ސްޕެއިންގެ ޑިފެންޑަރު އެއުމެރިކް ލަޕޯޓް މި މެޗަށް ފިޓުވިޔަސް، މިރޭގެ މެޗުގައި އޭނާ ބޭނުންނުކުރާނެ ކަމަށް ޑެލަ ފުއެންޓޭ ބުންޏެވެ. ވަކި ސަބަބެއް ޑެ ލަ ފުއެންޓޭ ނުބުނެ އެވެ.

ސްޕެއިނާއި ކްރޮއޭޝިއާ މެޗު ފަށާނީ މިރޭ 9 ޖަހާއިރު އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ޓީސީ ބަލިކޮށް އީގަލްސް ދިވެހި ޕްރިމިއާ ލީގުގެ އެއް ވަނަ އަށް

ޓީސީ ސްޕޯޓްސް ކްލަބް 3-0 އިން ބަލިކޮށް، ކުޅުނު ތިން މެޗުން ވެސް މޮޅުވެގެން ކްލަބް އީގަލްސް އިން ދިވެހި ޕްރިމިއާ ލީގުގެ އެއްވަނައަށް ޖެހިލައިފި. އީގަލްސް 9 ޕޮއިންޓާއެކު ތާވަލުގެ ކުރީގައި އޮތްއިރު، ދެވަނައިގައި އޮތް ވިކްޓަރީ އާއި ތިން ވަނައިގައި އޮތް ނިއު ރޭޑިއަންޓަށް ލިބިފައިވަނީ 7 ޕޮއިންޓު

ޑޮކޫ މެޗު ބަދަލުކޮށްލައި ލިވަޕޫލް އަތުން ސިޓީ މޮޅުކޮށްދީފި

ޖެރެމީ ޑޮކޫގެ މޮޅު ކުޅުމާ އެކު ލިވަޕޫލް 3-0 އިން ބަލިކޮށް، މެންޗެސްޓާ ސިޓީން ތާވަލުގެ އެއްވަނައިގައި ތިން ޕޮއިންޓުގެ ލީޑެއް އަލުން ނަގައިފި. ލިވަޕޫލްގެ ގްރަވެންބާކަށް ރަތް ކާޑު ދެއްކި މި މެޗުގައި ސިޓީގެ ލަނޑުތައް ކާމިޔާބުކޮށްދިނީ ހާލަންޑް، ޑޮކޫ އަދި ރަޔާން ޗާކީ.

ދީނާ އާއި ޝާޒް، ރާއްޖޭގެ ޕޫލް ބިލިއާޑްގެ ތާރީހު ލިޔެފި

އިންޑިއާގައި ބޭއްވި ކޮމަންވެލްތު ކިއު ސްޕޯޓްސް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ހަސަން ޝާޒް މުހައްމަދު އާއި ދީނާ އަހުމަދު ކުއާޓާ ފައިނަލަށް ދަތުރުކޮށް، ރާއްޖޭގެ ބިލިއާޑް ތާރީހުގައި ބޮޑު ކާމިޔާބީއެއް ވަނީ ހޯދައިފައި.

ބާސެލޯނާ އިން ފޯމުގައި ކުރިއަށް، ރެއާލަށް މޮޅެއް

ސްޕެނިޝް ލީގުގައި ރޭ ކުޅުނު މެޗުތަކުން ބާސެލޯނާ އާއި ރެއާލް މެޑްރިޑް މޮޅުވިއިރު، ބާސެލޯނާ އޮތީ ކުޅުނު ހުރިހާ މެޗަކުން މޮޅުވެ ތާވަލުގެ އެއް ވަނައިގައި. ބާސެލޯނާ އިން ގެޓަފޭ އަތުން 3-0 އިން ކުރިހޯދިއިރު، ރެއާލް މެޑްރިޑް މޮޅުވީ ވިނީޝިއުސް އަށް ރަތް ކާޑު ދެއްކި މެޗުގައި ވިޔަރެއާލް އަތުން 1-0 އިން

އާސެނަލާއި ޗެލްސީ އަށް މޮޅެއް، ޔުނައިޓެޑާއި ޓޮޓެންހަމާ އެއްވަރު

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭ ކުޅުނު މެޗުތަކުން އާސެނަލާއި ޗެލްސީ މޮޅުވިއިރު، މެންޗެސްޓާ ޔުނައިޓެޑާއި ޓޮޓެންހަމް ބައްދަލުކުރި މެޗު ނިމުނީ އެއްވަރުވެގެން. އާސެނަލުން ލީޑްސް ޔުނައިޓެޑްގެ މައްޗަށް 2-1 އިން ކުރިހޯދިއިރު، ޗެލްސީން ވަނީ 5-1 ގެ ބޮޑު ތަފާތަކުން ބޯންމައުތު ބަލިކޮށްފައި

އޮއުގްސްބާގަށް އެއްވަރުވެ ބަޔާނުން ފުރުސަތު ނަގާލައިފި

ޖަރުމަނު ލީގުގައި އޮއުގްސްބާގާ 2-2 އިން އެއްވަރުވުމުން، ތާވަލުގެ އެއްވަނައަށް ޖެހިލަން ބަޔާން މިއުނިކަށް ލިބުނު ފުރުސަތު ވަނީ ގެއްލިފައެވެ. މި ނަތީޖާއާއެކު ބަޔާން އަދިވެސް އޮތީ އެއްވަނައިގައި އޮތް ޑޯޓްމަންޑަށް ވުރެ ދެ ޕޮއިންޓް ފަހަތުގައެވެ. މި މެޗުގައި އޮއުގްސްބާގުން ލީގުގެ ތާރީޚީ ރެކޯޑަކާއެކު އަވަސް ލަނޑެއް ޖެހިއިރު، ބަޔާނުން ދެ ފަހަރަށް ނަތީޖާ ހަމަހަމަކުރި ނަމަވެސް މޮޅެއް ނުހޯދުނެވެ.

ދިރާގު ޖޫނިއާ އޯޕަން 13 ޑިސެންބަރުގައި

9 އަހަރާއި 19 އަހަރާ ދެމެދުގެ އުމުރުފުރާތަކަށް ބަހާލައިގެން ކުރިއަށްގެންދާ މި މުބާރާތުގެދިރާގު މޯލްޑިވްސް ޖޫނިއާ އޯޕަން ބެޑްމިންޓަން މުބާރާތް 2026 ޑިސެންބަރު 13 އިން 19 އަށް ބޭއްވުމަށް ހަމަޖެހިފައިވާއިރު، މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ނޮވެންބަރު 25 ގެ ނިޔަލަށް ވަނީ ހުޅުވާލާފަ.

Newsletter

Get the latest news delivered straight to your inbox