ލަމީން ޔަމާލް

Jun 14, 2024, 10:19 AM
ލަމީން ޔަމާލް

ލަމީން ޔަމާލް

16 އަހަރު

ފޯވާޑް

ސްޕެއިން/ ބާސެލޯނާ

ސްޕެއިން ގައުމީ ފުޓްބޯޅަ ޓީމާއި ބާސެލޯނާގެ ޒަމީންވީ ފުޓްބޯޅަ ތާރީހުގައި ގޯލެއް ޖެހި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ހޯލްޑަރު، ލަމީން ޔަމާލް، އޭނާގެ 17 ވަނަ އުފަން ދުވަސް ފާހަގަކުރާނީ މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާުތުގެ ފައިނަލް މެޗުގެ އެއް ދުވަސް ކުރިންނެވެ.

ބާސެލޯނާގައި ޒުވާން އުމުރުގައި ކުޅެން ލިބުނު ފުރުސަތުތަކުގެ ބޭނުންހިފައި، ޔަމާލް ވަނީ ވަރަށް ބޮޑު ކުރިއެރުންތަކެއް ހޯދައިފަ އެވެ. ސްޕެއިނުގެ ކޯޗު، ޑެ ލަ ފުއެންޓޭ، ދިން އިންޓަވިއުއެއްގައި ބުނެފައިވަނީ، ކޮންމެ މެޗެއްގައި ވެސް ޔަމާލް އާ ކަންތައްތަކެއް ދަސްކުރަމުން އަންނަ ކަމަށާއި، ކޮންމެ ތަޖުރިބާއަކާ އެކު، އޭނާ އަކީ މޮޅު ކުޅުންތެރިއަކަށްވާނެ ކަމަށެވެ.

ޔަމާލް، އަށް މިހާތަނަށް ސްޕެއިނުން ދިން ކޮންމެ ފުރުސަތެއްގެ ވެސް ބޭނުން ވަނީ ހިފައިފަ އެވެ. އެޓޭކިން ހާފުގެ އެކި މަގާމުތަކަށް ޔަމާލް ބޭނުންކުރެވުމަކީ، ސްޕެއިނަށް އޭގެ ފައިދާ ނެގޭނެ ކަމެކެވެ. ސްޕެއިނުގެ ކޯޗު، ފުއެންޓޭ ވަނީ ވަރަށް ބޮޑަށް ޔަމާލް ބޭނުންކުރުމުގައި ސަމާލުވާނެ ކަމަށް ބުނެފަ އެެވެ.

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް ވަނީ، ޒުވާން އުމުރުގައި، ލީޑަޝިޕް ނަގައިގެން، ކުޅެން ޔަމާލް ދަސްކުރަމުން އަންނާތީ، އެއީ ސްޕެއިނުގެ ފުޓްބޯޅަ އަށް ވެސް ރަނގަޅު ކަމެއްގެ ގޮތުގައި ފާހަގަކޮށްފަ އެވެ.

މިހާތަނަށް ސްޕެއިނަށް ކުޅެދިން ހަ މެޗުން ޔަމާލް ވަނީ ދެ ގޯލު ޖަހައިފަ އެވެ. މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތަކީ، ޔަމާލަށް ބައިނަލްއަގުވާމީ ލެވަލްގައި ސްޕެއިނަށް ކުޅެލަން ލިބޭ ފުރަތަމަ ބޮޑު މުބާރާތެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox