އެންޓޯނިއޯ ސިލްވާ

Jun 14, 2024, 10:19 AM
އެންޓޯނިއޯ ސިލްވާ

އެންޓޯނިއޯ ސިލްވާ

20 އަހަރު

ޑިފެންޑަރު

Advertisement

ޕޯޗުގަލް/ ބެންފީކާ

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޒުވާން ޑިފެންޑަރުންނަށް ބަލާއިރު، ގިނަ ބަޔެއްގެ ސަމާލުކަން ހޯދާނެ ކަމަށް ބެލެވޭ އެއް ކުޅުންތެރިއަކީ، ޕޯޗުގަލްގެ 20 އަހަރުގެ ޑިފެންޑަރު، އެންޓޯނިއޯ ސިލްވާ އެވެ.

ބެންފީކާގެ ވަރުގަދަ ޔޫތު ސެޓަޕްގެ ތެރެއިން، ކުރިއެރުން ހޯދަމުން އައި އެންޓޯނިއޯ ސިލްވާ، އެންމެ ފުރަތަމަ ޕޯޗުގަލް ޓީމަށް މެޗެއް ކުޅެފައިވަނީ، 2022 ވަނަ އަހަރުގެ ނޮވެމްބަރު މަހުގަ އެވެ. އެއީ، ނައިޖީރިއާއާ ދެކޮޅަށް ކުޅުނު އެކުވެރިކަމުގެ މެޗެއްގަ އެވެ. އެ ފަހުން، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕްގައި ވާދަކުރި ޕޯޗުގަލް ޓީމުން ފުރުސަތު ހޯދައި، ގްރޫޕް ސްޓޭޖުގެ ފަހު މެޗުގައި ދެކުނު ކޮރެއާއާ ދެކޮޅަށް ސިލްވާ ވަނީ ކުޅެފަ އެވެ. އެ މެޗުގައި ކުޅުމާ އެކު، ސިލްވާ ވެފައިވަނީ ޕޯޗުގަލް އަށް ވޯލްޑް ކަޕެއްގައި ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ. އޭރު ސިލްވާގެ އުމުރަކީ، 19 އަހަރާއި އެއް މަސް އަދި ތިން ދުވަހެވެ.

ޕޯޗުގަލްގެ ކޯޗު ކަމަށް ރޮބާޓޯ މާޓީނޭޒް ހަވާލުވުމަށް ފަހު، ސިލްވާ އަށް އަންނަނީ ގިނަ ފުރުސަތުތަކެއް ދެމުންނެވެ. އެ ގޮތުން، ޕޯޗުގަލްގެ ފަހަތުގައި، ރުބެން ޑިއާސްއާ އެކު، ޕާޓްނާޝިޕެއް ހަދައި، ވަރުގަދަ ޓީމެއް އެކުލަވާލުމުގައި ސިލްވާގެ ބޭނުން ވަރަށް ރަނގަޅަށް ހިފި އެވެ.

މި ފަހަރުގެ ޔޫރޯ އަށް ފަހު އެންމެ ޑިމާންޑް ބޮޑުވާނެ ކުޅުންތެރިންގެ ލިސްޓުގެ ކުރިން ސިލްވާ ވަނީ ޖާގަ ހޯދައިފަ އެވެ. އޭނާ އަށް މިހާރު ވެސް ގިނަ ކްލަބްތަކެއް އޮފާ ވަނީ ލިބިފަ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox