ޒަވީ ސިމޯންސް

Jun 14, 2024, 10:20 AM
ޒަވީ ސިމޯންސް

ޒަވީ ސިމޯންސް

21 އަހަރު

އެޓޭކިން މިޑްފީލްޑަރު

ނެދަލެންޑްސް/ އާރްބީ ލައިޕްޒިގު

ޔޫތު ކެރިއަރުގައި ބާސެލޯނާ އާއި ޕީއެސްޖީ އަށް ކުޅެފައިވާ ޒަވީ ސިމޯންސް، ގިނަ ބަޔެއްގެ ލޮލުގައި އަޅައިގަންނަން ފެށީ، 2022/2023 ވަނަ ސީޒަނުގައި ނެދަލެންޑްސްގެ ޕީއެސްވީ އަށް ކުޅުނުއިރު، އޭނާ ދެއްކި ތަފާތު މޮޅު ކުޅުމުންނެވެ. އެ ސީޒަނުގައި އޭނާ ވަނީ 19 ލަނޑު ޖަހައިފަ އެވެ. އެއާ އެކު، ޕީއެސްޖީން ވަނީ އޭނާ ޕީއެސްވީ އަށް ވިއްކާލިއިރު، ކޮންޓްރެކްޓްގައި ހިމެނި، ބައިބެކް ކްލޯސްގެ ބޭނުންހިފައި، އަލުން އޭނާ ގަނެފަ އެވެ.

ޕީއެސްޖީގެ ލޯން އެއްބަސްވުމެއްގެ ދަށުން ނިމިދިޔަ ސީޒަނުގައި ޖަރުމަނުގެ އާރްބީ ލައިޕްޒިގުގައި ވެސް މޮޅު ކުޅުމެއް ދެއްކި ޒަވީ ސިމޯންސް، ފުރަތަމަ ފަހަރަށް ނެދަލެންޑްސް ސީނިއާ ގައުމީ ޓީމުގައި ހިމެނީ، 2022 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕާ ދިމާކޮށް، ނެދަލެންޑްސްގެ އޭރުގެ ކޯޗު ލުއީ ވެން ހާލް ނެގި ސްކޮޑުންނެވެ. އެ މުބާރާތުގައި ޒަވީ ސިމޯންސް ވަނީ، ގަދަ 16 ބުރުގައި، ނެދަލެންޑްސް އިން އެމެރިކާ ބަލިކުރި މެޗުގައި ކުޅެފަ އެވެ. އެއާ އެކު، ޒަވީ ސިމޯންސް ވެފައިވަނީ، ވޯލްޑް ކަޕްގެ ނޮކައުޓް މެޗެއްގައި ނެދަލެންޑްސް އަށް ކުޅުނު އެންމެ ޒުވާން ކުޅުންތެރިޔާ އަށެވެ.

ނެދަލެންޑްސްގެ ހުރިހާ އުމުރުފުރާއެއްގެ ގައުމީ ޓީމަށް ކުޅެފައިވާ ޒަވީ ސިމޯންސް އަކީ، މި ފަހަރުގެ ޔޫރޯގައި ރޮނާލްޑް ކޫމަންގެ އިރުޝާދުގެ ދަށުން ތަފާތު ދައްކާނެ ކުޅުންތެރިއެއް ކަމަށް ގިނަ ބަޔަކު އެއްބަސްވެ އެވެ. މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި ޒަވީ ސިމޯންސް އަށް ގިނަ މެޗުތަކަކުން ފުރުސަތު ލިބޭނެ ކަމަށް ބެލެެވެނީ، މި ސީޒަނުގައި ލައިޕްޒިގުގެ މެޗުތަކުގައި އޭނާ ދައްކަމުން އައި ރަނގަޅު ކުޅުމުގެ ސަބަބުންނެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox