ފްލޯރިއަން ވާޓްޒް

Jun 14, 2024, 10:20 AM
ފްލޯރިއަން ވާޓްޒް

ފްލޯރިއަން ވާޓްޒް

20 އަހަރު

ވިންގް ފޯވާޑް

ޖަރުމަނު/ ބަޔާ ލެވަކޫސަން

ޔޫރަޕް ފުޓްބޯޅައިގައި މި ސީޒަނުގައި އެންމެ ނަން ހިނގި އެއް ކްލަބަކީ ބަޔާ ލެވަކޫސަން އެވެ. އެ ޓީމުން ވަނީ ބަލިނުވެ، 51 މެޗު ހަމަކޮށްފަ އެވެ. ފުރަތަމަ ފަހަރަށް ބަލިވީ، ޔޫރޮޕާ ލީގުގެ ފައިނަލުގަ އެވެ. ޖަރުމަނު ލީގުގެ ޗެމްޕިއަންކަން، މެޗަކުން ބަލިނުވެ، ލެވަކޫސަނުން ހޯދިއިރު، އެންމެ ތަފާތު ކުޅުމެއް ދެއްކި އެއް ކުޅުންތެރިއަކީ، ފްލޯރިއަން ވާޓްޒް އެވެ. އޭނާ ވަނީ ލީގުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ވެސް ހޯދައިފަ އެވެ.

ޒަބީ އަަލޮންސޯގެ ކޯޗުކަމުގައި، ލެވަކޫސަނުގައި އެންމެ އާދަޔާހިލާފު ކުޅުމެއް ދައްކަމުން އަންނަ އެއް ކުޅުންތެރިއަކީ ވާޓްޒް އެވެ. ގޯލު ޖެހުމާއި ގޯލު ޖަހަން ފުރުސަތު ތަނަވަސްކޮށްދިނުމަށް ބެލިޔަސް، ވާޓްޒް ފެންނަނީ މުހިންމު ކުޅުންތެރިއެއްގެ ގޮތުގަ އެެވެ. ޔޫރަޕްގެ ވަރުގަދަ ފަސް ލީގަށް ބަލާއިރު، މި ސީޒަނުގައި ލަނޑު ޖަހަން އެންމެ ގިނަ ފުރުސަތު ތަަނަވަސްކޮށްދިން ކުޅުންތެރިއަކީ ވާޓްޒް އެވެ.

ޖަރުމަނު ގައުމީ ޓީމަށް ވާޓްޒް ފުރަތަމަ ފަހަރަށް މެޗެއް ކުޅުނީ، 2021 ވަނަ އަހަރުގެ މާޗް މަހު، ފީފާ ވޯލްޑް ކަޕް ކޮލިފައިން މެޗެއްގަ އެެވެ. ކަކުލަށް ލިބުނު އަނިޔާއެއްގެ ސަބަބުން ވާޓްޒް އަށް 2022 ވަނަ އަހަރުގެ ވޯލްޑް ކަޕްގެ ފުރުސަތު ގެއްލުނެވެ. އެއީ، އޭނާ ޖަރުމަނު ސްކޮޑުގައި ހިމަނަން އޭރުގެ ކޯޗު ހަންސީ ފްލިކް، ޝައުގުވެރިކަން ފާޅުކޮށްފައިވަނިކޮށެވެ. މި ސީޒަނުގައި ތަފާތު ފޯމެއްގައި ހުރި ވާޓްޒް ދާދި ފަހުން ވަނީ އެކުވެރިކަމުގެ މެޗެއްގައި ފްރާންސް ކޮޅަށް ހަތް ސިކުންތު ތެރޭގައި ލަނޑެއް ޖަހައި، ދުނިޔޭގެ ފުޓްބޯޅައިގައި ދެ ވަނަ އަށް އެންމެ އަވަސް ލަނޑު ޖަހައިފަ އެވެ. މިހާރު ވާޓްޒް ހުރި ފޯމަށް ބަލާއިރު، ޔޫރޯގައި ގިނަ ޓީމުތަކަށް އޭނާގެ ނުރައްކާ ބޮޑުވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox