ޖޫޑް ބެލިންހަމް

Jun 14, 2024, 10:20 AM
ޖޫޑް ބެލިންހަމް

ޖޫޑް ބެލިންހަމް

20 އަހަރު

މިޑްފީލްޑް

އިންގްލެންޑް/ ރެއާލް މެޑްރިޑް

މި ފަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑްގެ އުންމީދުތައް އެންމެ ބޮޑަށް ގުޅިފައި އޮންނާނެ އެއް ކުޅުންތެރިއަކީ، ރެއާލް މެޑްރިޑަށް ކުޅެމުން އަންނަ ތަރި، ޖޫޑް ބެލިންހަމް އަށެވެ.

ބާމިންހަމްގެ އެކެޑަމީން ފުޓްބޯޅަ ކެރިއަރު ފަށައި، ސީނިއާ ޓީމަށް ޕްރޮމޯޓްވި ބެލިންހަމް އަށް ގިނަ ޓީމުތަކެއްގެ ހުށަހެޅުން ލިބިފައިވަނިކޮށް، ޒުވާން އުމުރުގައި އޭނާ ވަނީ އިނގިރޭސި ފުޓްބޯޅަ ދޫކޮށް ޖަރުމަނުގެ ގަދަބާރު، ބޮރޫޝިއާ ޑޯޓްމަންޑަށް ބަދަލުވެފަ އެެވެ. ޑޯޓްމަންޑްގައި ބެލިންހަމް ކުރިއަރައިގެން ގޮސް، އޭނާ އަށް އިނގިރޭސި ގައުމީ ޓީމުން ފުރުސަތު ލިބެން ފެށި އެވެ.

ބެލިންހަމް، އެންމެ ފުރަތަމަ އިނގިރޭސި ގައުމީ ޓީމަށް މެޗެއް ކުޅެފައިވަނީ، 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެވެ. އަޔަލެންޑާ ދެކޮޅަށް ބަދަލަކަށް ކުޅެން އެރި، ބެލިންހަމް އަކީ އިނގިރޭސި ޓީމަށް ކުޅުނު ތިން ވަނަ އަށް އެންމެ ޒުވާން ކުޅުންތެރިޔާ އެވެ. އެއީ އުމުރުން 17 އަހަރުގަ އެވެ. ބެލިންހަމް އަށް ވުރެ ހަނގު އުމުރެއްގައި އިނގިރޭސި ޓީމަށް ކުޅުނީ، ވޭން ރޫނީ އާއި ތެއޯ ވޮލްކޮޓް އެވެ.

އެންމެ ފަހުން ބޭއްވި ޔޫރޯ ފުޓްބޯޅަ މުބާރާތާއި ފީފާ ވޯލްޑް ކަޕްގައި ބެލިންހަމް ވަނީ އިނގިރޭސި ޓީމުގައި ހިމެނިގެން މޮޅު ކުޅުމެއް ދައްކައިފަ އެވެ. އަދި މި ސީޒަނުގައި، ޑޯޓްމަންޑް ދޫކޮށް ރެއާލް މެޑްރިޑަށް ބަދަލުވުމަށް ފަހު، ބެލިންހަމް ހުރީ އާދަޔާހިލާފު ފޯމެއްގަ އެވެ. އެހެންވެ، މި ފަަހަރުގެ ޔޫރޯ ފުޓްބޯޅަ މުބާރާތުގައި އިންގްލެންޑުން ވަރަށް ބޮޑަށް ބެލިންހަމް އަށް ބަރޯސާވާނެ އެވެ.

ކޮމެންޓް

ފަހުގެ ޚަބަރު

ރަސްމާލެ ޕްރޮޖެކްޓާ ދެކޮޅު ހަދަން އެމްޑީޕީ އިން ފާސްކޮށްފި

ކޮލަމާފުށީ ދާއިރާގެ މެންބަރު މަހްފޫޒް ހުށަހެޅުއްވި އެ ގަރާރު ފާސްވީ ހާޒިރުވެވަޑައިގެންނެވި 58 މެންބަރުންގެ ތެރެއިން 57 މެންބަރުންގެ ވޯޓާއެކު އެވެ. ގަރާރާ އިދިކޮޅަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.

ރަސްމާލެ ޕްރޮޖެކްޓަށް ފުރިހަމައަށް ތާއީދު ކުރަން: ނަޝީދު

ކޮލަމާފުށީ ދާއިރާގެ ރައީސް މަހްފޫޒް ސައީދު ހުށަހެޅުއްވި އެ ގަރާރުގައި ގޮވާލާފައި ވަނީ ރަސްމާލެ މަޝްރޫއުއާމެދު ދެކޭ ގޮތް ބަލަން އާންމުންގެ މެދުގައި ވޯޓެއް ނެގުމަށާއި އެފަދަ ވޯޓަކަށް ސަރުކާރު އެއްބަސްނުވެއްޖެ ނަމަ މަޝްރޫއު ހުއްޓުވުމަށް މުޒާހަރާ ކުރުމަށެވެ.

ރިފަރެންޑަމަކަށް ނުދާނަމަ އިހުތިޖާޖުކުރަންޖެހޭ: ފައްޔާޒް

ރަސްމާލެ މަޝްރޫޢުގެ ދަށުން ފުށިދިއްގަރުފަޅުން ބައެއް ބޭރު ކުންފުންޏަކަށް ދޫކޮށްލުމާ ގުޅޭގޮތުން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓަކަށް ނުގޮސްފިނަމަ، މަގުތަކަށް ނުކުމެ އިހުތިޖާޖުކުރަން ޖެހޭނެ ކަމަށް ފައްޔާޒް ވިދާޅުވި. ފައްޔާޒް އޭނާ ވިދާޅުވީ މި ޑީލުގެ ސަބަބުން ރާއްޖޭގެ އިސްތިގުލާލަށާއި އިޖުތިމާއީ ފޭރާމަށް ނުރައްކާވާނެ ކަމަށް.

އިބްރާގެ ރައްދު ނަޝީދަށް: ރަސްމާލެ ޑީލުން ބައިބައިވުން އުފެދޭނެ

އީގަލް ހިލްސް މަޝްރޫއުގެ ސަބަބުން މުޖުތަމައުގައި ބައިބައިވުން ބޮޑުވެ، ގައުމުގެ މިނިވަންކަމަށް ނުރައްކާވެދާނެ ކަމަށް ވިދާޅުވެ އިބްރާ، ކުރީގެ ރައީސް ނަޝީދަށް ރައްދު ދެއްވި. އިބްރާ ވިދާޅުވީ އެމްޑީޕީގެ އަސާސަކީ ހަމަހަމަކަން ގާއިމުކުރުން ކަމަށާއި، ބޭރުގެ ފަރާތްތަކަށް ރާއްޖޭގައި ވަޒަންވެރިވުމުގެ ފުރުސަތު ދިނުމަކީ ޕާޓީގެ ސިޔާސަތެއް ނޫން ކަމަށް.

ރަސްމާލެ މަޝްރޫއު ހުއްޓާލަން ޝާހިދު ގޮވާލައްވައިފި

ޝާހިދު އެގޮތަށް ގޮވާލެއްވީ މިރޭ ކުރިއަށްދާ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ޖަލްސާއެއްގައި ވާހަކަ ދައްކަވަމުންނެވެ. ރަސްމާލޭ މަޝްރޫއުއަކީ ފެށުމުގައި ވެސް އޮޅުވާލުމެއް ކަމަށެވެ.

ބީއެމްއެލްގެ ސުކޫކަށް ސަރުކާރުން ގެރެންޓީ ދެނީ

ބީއެމްއެލް އިން ބޭރުގެ އިންވެސްޓަރުންނަށް ވިއްކާ 300 މިލިއަން ޑޮލަރުގެ ސުކޫކަށް ސޮވްރިން ގެރެންޓީ ދިނުމަށް ސަރުކާރުން ނިންމުމާ ގުޅިގެން، ދައުލަތުގެ ގެރެންޓީ ދަރަނީގެ އަމާޒުތައް ވަނީ މުރާޖައާކޮށްފަ. މި ފައިސާ މައިގަނޑު ގޮތެއްގައި ބޭނުންކުރުމަށް ހަމަޖެހިފައިވަނީ ރާއްޖޭގެ އުތުރުގައި ފަތުރުވެރިކަން ތަރައްގީކޮށް އިގުތިސޯދީ ފުރުސަތުތައް ފުޅާކުރުމަށް.

ޔޫއޭއީގެ އެމްބަސީއަށް ޑިފެންސް މިނިސްޓަރު ވަޑައިގެންފި

ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރަން އެ ބައްދަލުވުމުގައި ވާހަކަ މަޝްވަރާ ކުރެވުނު ކަމަށް ޔޫއޭއީ އެމްބަސީ އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވެ އެވެ.

Newsletter

Get the latest news delivered straight to your inbox